ޗެއާޕާސަންގެ މަގާމަށް ވާދަ ކުރަނީ ވަކި މީހެއްގެ މަސްލަހަތު ހިމާޔަތް ކުރުމަކަށް ނޫން: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް.

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރަން ނިންމީ ވަކި މީހެއްގެ މަސްލަހަތު ހިމާޔަަތް ކުރުމަށް ނޫން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ. 

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއިލް ވަނީ އޭނާގެ "އިތުބާރު" ކެމްޕޭން ލޯންޗުކޮށްފަ އެވެ. އޭނާ ވާދަކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު،އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އަދި އެމްޑީޕީ ޕީޖީގެ ގިނަ މެންބަރުންގެ ތާއިދާ އެކު ކަމަށް މީކާއިލް މިއަދު ވިދާޅުވި އެވެ.

"ހަމަހަމަކަމާއެކު ވަކި މީހެއްގެ މަސްލަހަތަށް ނުބަލައި އެ ބޭފުޅުންގެ މެދުގައި ކަންކަން ނިންމައިދޭނެ ކަމުގެ އިތުބާރު އަޅުގަނޑުގެ މައްޗަށް އޮތީމައި، އެ ބޭފުޅުންގެ ވެސް ހިޔާލުތައް ހިމަނައިގެން އެންމެން އެކުއެކީ 2028 އާ ހަމައަށް ގެންގޮސް އަޅުގަނޑުގެ ޗެއާޕާސަން ކަމުގައި 2028 ކާމިޔާބު ކޮށްދޭނެ ކަމުގެ އިތުބާރު އަޅުގަނޑުގެ މައްޗަށް އޮތީމައި އެ ތިއްބެވީ،" މީކާއިލް ވިދާޅުވި އެވެ. 

ޗެއާޕާސަންގެ އިންތިހާބުގައި ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެ ޕާޓީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީ އެވެ. އޭގެ ތެރެއިން ނަޝީދު ވަނީ 2028 ގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ތާއިދު ކުރައްވާކަން ހާމަކުރައްވާފަ އެވެ. 

"އަޅުގަނޑުގެ ވިސްނުމެއް ނޫން މީގައި މުހިންމީ. މީގައި މުހިންމީ ޕާޓީގެ އާންމު މެންބަރުންގެ ވިސްނުން، އާންމު މެންބަރުންގެ މަސްލަހަތު. އަޅުގަނޑުމެން އެބަޖެހޭ އެ މީހުންގެ ގާތަށް ދާން އެނގޭތޯ، ތި ބޭފުޅުން ބޭނުންވަނީ ކޮން ގޮތެއްތޯ އަހަން،" މީކާއިލް މިއަދު ވިދާޅުވި އެވެ. 

އެމްޑީޕީ ހިންގަން ޖެހޭނީ އާންމު މެންބަރުން ބޭނުންވާ ގޮތަށް ކަމަށާއި އޭނާގެ ޗެއާޕާސަން ކަމުގައި މަޝްވަރާ ކުރުން ކުޑަވެގެން އެ ޕާޓީގެ ތެރޭގައި އޮތް އެއްބައިވަންތަކަން ގެއްލުމަށް ފުރުސަތު ނުދެއްވާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އަޅުގަނޑު މި ހުރީ އެމްޑީޕީގެ ޗެއާޕާސަނެއްގެ ހައިސިއްޔަތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިކަން ހުރި ހުރިހާ ބޭފުޅުންގެ މެދުގައި ވެސް އިންސާފުވެރިކަމާއެކު ހަމަހަމަކަމާއެކު، އެ ބޭފުޅުންނަށް ގަބޫލުކުރެއްވޭނޭ އިތުބާރު ކުރެވޭ، ޕްރައިމަރީއެއް ބާއްވައިދޭން ތައްޔާރަށޭ، އަޅުގަނޑު މި ހުރީ ވަކި ބޭފުޅަކާ އެކުގައި ނޫނޭ، މި ހުރީ އެމްޑީޕީގެ އާންމު މެންބަރުންނާ އެކުގައި."

ރައްޔިތުންގެ މަޖިލީހަށް ދެވަނަ ދައުރަކަށް 2024 ގައި އިންތިހާބުވި އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރުންގެ ތެރެއިން މީކާއިލްއަކީ އެކަކެވެ. އެންމެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި މީކާއިލް ދިފާއުކުރެއްވި އެވެ.

މީކާއިލް އެމްޑީޕިއާ ގުޅުނީ 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގެވި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަގާވާތަކުން ވައްޓާލުމާ ގުޅިގެންނެވެ. އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަން ވެސް މީކާއިލް ކުރެއްވި އެވެ. އަދި މިވަގުތު ވެސް އޭނާއަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox