ކޮންވެންޝަން ސެންޓަރު އަޅާ އަތަމަނަ ފަރަށް ތެޔޮ އުފުލާ ބޯޓެއް އަރައިފި

އަތަމަނަ (ގަލުފަޅު) ފަރަށް އަރާފައިވާ ބޯޓު: މިއދީ -- ފޮޓޯ: އަދަދު

އަތަމަނަ (ގަލުފަޅު) ފަރަށް އަރާފައިވާ ބޯޓު: މިއދީ -- ފޮޓޯ: އަދަދު

ޒަމާނީ ކޮންވެންޝަން ސެންޓަރެއް ހިމެނޭ ގޮތަށް، އިވެންޓު ސެންޓަރެއް ތަރައްގީކުރަން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ އަތަމަނަ (ކުރިން ގަލުފަޅު) ފަރަށް ތެޔޮ އުފުލާ ބޯޓެއް އަރައިފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި މާލޭގެ ހުޅަނގުއުތުރުން 2.5 ކިލޯމީޓަރު ދުރުމިނުގައި އޮންނަ އަތަމަނައަށް އުރުނު ބޯޓާ ގުޅިގެން މިހާތަނަށް ފުލުހުންނާއި އެމްއެންއެންޑީއެފް އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.

މާލޭގައި ހުންނަ ދަރުބާރުގޭގެ ބަދަލުގައި އިވެންޓުތަކާއި ޖަލްސާތަކާއި އެހެނިހެން ބައްދަލުވުންތައް ބާއްވަނެ ތަނެއް ގާއިމުކުރުމުގެ މަގުސަދުގައި ތަރައްގީކުރާ އަތަމަނައަކީ ބިންވެރިޔާ ސްކީމަށް ހުޅުމާލޭން ގޯތި ދޭން ޖެހުމާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލުގެ ގޮތުގައި ދީފައި އޮތް ފަޅެކެވެ.

ނަމަވެސް މި ފަހުން ސަރުކާރުން ވަނީ އަތަމަނަގައި އެޗްޑީސީން ހިންގަން އުޅުނު އިވެންޓު ސެންޓަރު ޕްރޮޖެކްޓާ ހަވާލުވެ، ފިނޭންސުގެ ބެލުމުގެ ދަށުން މަސައްކަތް ފަށާފަ އެވެ. ސަރުކާރުން ވެސް މި ފަޅު ތަރައްގީކުރަނީ، އެޗްޑީސީން 2024 ވަނަ އަހަރު ދައްކާލި ޓްރާންސްފޯމިން ޓުމޯރޯ ޕްލޭންގެ ތެރެއިން ދައްކާލި، "ނޫވިލު" ޕްރޮޖެކްޓުގައި ދައްކާލި ކޮންސެޕްޓަށެވެ.

މި ފަޅުގެ ޑިވެލޮޕްމަންޓު ޕްލޭންގައިވާ ގޮތުން، މެދަށް ފުންކޮށް އޮންނަ 60 ހެކްޓަރުގެ ގަލުފަޅުގެ ވަށައިގެން އޮންނަ ތިލަ ސަރަހައްދުން ހިއްކަނީ 19.8 ހެކްޓަރެވެ.

މި ފަޅު ހިއްކާ ނިމުމުން ކުރިން ހުޅުމާލޭ އާބަން އައިލްގައި އަޅަން ބުނި އިންޓަނޭޝަލް ފައިނޭންޝަލް ސެންޓަރު މި ތަނުގައި ތަރައްގީކުރަން ވިސްނަމުންދާ ކަމަށް ވެސް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް، ރަސްމީ މަސްދަރަކުން މި ކަން ކަށަވަރުކުރެވޭ ގޮތެއް އަދި ނުވެ އެވެ. 

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox