މުޒާހަރާ ކުރާތީ ނުރުހި، އިދިކޮޅުގައި ތިބީ ދީނާ ދުރު ބަޔެއް ކަމަށް މުއިއްޒު ސިފަކޮށްފި

ރަސްދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އަދި، ކުޅިވަރު މިނިސްޓަރު، އަބްދުالله ރާފިއު -- ފޮޓޯ: ޕީއެންސީ

ރަސްދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އަދި، ކުޅިވަރު މިނިސްޓަރު، އަބްދުالله ރާފިއު -- ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްނުވާ އިންތިހާބީ ކެންޑިޑޭޓުންނަކީ ދީނެއް މިއްލަތެއް އިސްކުރާ ބައެއް ނޫންކަމަށް ވިދާޅުވެ، މުޒާހަރާ ކުރުމަކީ އަހުލާގީ ފެންވަރު ދަށް ކަމެއްކަމަށް ރައީސް މުަހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.

އޭޕްރިލް 4، ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިޑީސީ އިންތިހާބުގެ އިތުރުން، ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓަށްފަހު، ފުރަތަމަ ފަހަރަށް ސިޔާސީ ޕޯޑިއަމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ރޭ ވިދާޅުވީ އިންތިހާބުގައި ކާމިޔާބު ހޯދި ޕީއެންސީއަށް ނިސްބަތް ނުވާ ފަރާތްތަކުން ދީނީ މިންގަނޑުން ބޭރުން އަހުލާގީ ފެންވަރު ދަށް އަމަލުތައް ހިންގަމުންދާ ކަމަށެވެ.

"އިންތިހާބުވާ މަގާމާ ހަވާލުނުވެ، އެކަމަކުވެސް އަޅުގަނޑުމެންނަށް މިފެންނަނީ މާލޭގެ މަގުމަތިން މިފެނިގެންދަނީ މި ހޮވިފައިތިބި އިންތިހާބީ ކެންޑިޑޭޓުން މުޒާހަރާކުރަމުންދާތަން. މަގުމަތީ ހަލަބޮލިކުރަމުންދާތަން. ހަޑިހުތުރު ބަސްތައް ބޭނުންކުރަމުންދާތަން. ދީނީ މިންގަނޑުން ބޭރު ވަރަށް އަހްލާގީ ފެންވަރުދަށް އަމަލުތައް ހިންގަމުންދާތަން މިހޮވުނު ކެންޑިޑޭޓުން." މުއިއްޒު ވިދާޅުވި އެވެ.

ރޭ އޮތް ޖަލްސާގައި މުއިއްޒު ވާހަކަދައްކަވަނީ؛ އެމަނިކުފާނު ވަނީ ފެންނަ ނުފެންނަ ވޯޓުން ބަލިވުމުގެ ޒިންމާ ޕީއެންސީ ކެމްޕޭން ޓީމުތަކުގެ ބޮލުގައި އަޅުއްވާފައި

ރައްޔިތުން އެ މީހުންނަށް ވޯޓު ދިނީ މުޒާހަރާ ކުރަން ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި، އެމީހުންގެ ކިބައިން ރައްޔިތުން އުއްމީދު ކޮށްފައި އޮންނާނީ ވެސް އަހުލާގީ ރީތި މިސާލުތައް ދައްކައިދޭން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، ޕީއެންސީއަށް ނިސްބަތްނުވާ އިންތިހާބީ ކެންޑިޑޭޓުންގެ ފަރާތުން ފެންނަނީ ދީނާ ދުރު އަމަލުތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ފެނިގެން މި ދަނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުންގެ ކިބައިން ހަމަ އަބަދުވެސް ފެންނަ މަންޒަރު. ގައުމެއް އިސްކުރަނީކީ ނޫން، ދީނެއް މިއްލަތެއް އިސްކުރަނީކީ ނޫން، މުޅިން އެހެންގޮތަކަށް އުޅޭތަން." މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ ހަމަވިސްނޭ ރައްޔިތުން. އަދުލު އިންސާފު ގަބޫލުކުރާ ދީންދެކެ ލޯބިވާ ރައްޔިތުން ވިސްނަން އެބަޖެހޭ. އަޅުގަނޑުމެން އިސްކުރަންޖެހޭނީ ގައުމުކަން."

މުއިއްޒު މި މޭރުމުން ވާހަކަދައްކަވާފައި މި ވަނީ އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފްއިން ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މުޒާހަރާތަކުގައި ރާއްޖޭގެ އެކި ކައުންސިލްތަކަށް އިންތިހާބުވި ބައެއް ބޭފުޅުންނާއި ޑަބްލިއުޑީސީތަކަށް އިންތިހާބުވި ބައެއް ބޭފުޅުން ބައިވެރިވެ އެވެ.

އެމްޑީޕީން މުޒާހަރާ ކުރަމުން ދަނީ ސަރުކާރަށް 12 ޑިމާންޑެއް ކުރުމަށްފަހު އެވެ. ނަމަވެސް، އެއިން އެއްވެސް ޑިމާންޑަކަށް ސަރުކާރުން މިހައިތަނަށް އިޖާބަދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox