އިންތިހާބުން ބަލިވި ޕީއެންސީއަށް ތޮއްޑޫ އާއި ރަސްދޫ ކައުންސިލް ލިބުން ފާހަގަ ކުރަން ހަވާ އަރުވައިފި

އއ. ރަސްދޫގައި ޕީއެންސީން ބޭއްވި ޖަލްސާއަށްފަހު ހަވާއެރުވުން: ހަވާ އެރުވިއިރު މުޅި އިންތިހާބުން ޕީއެންސީ ވަނީ ބަލިވެފައި -- ފޮޓޯ: ޕީއެންސީ

އއ. ރަސްދޫގައި ޕީއެންސީން ބޭއްވި ޖަލްސާއަށްފަހު ހަވާއެރުވުން: ހަވާ އެރުވިއިރު މުޅި އިންތިހާބުން ޕީއެންސީ ވަނީ ބަލިވެފައި -- ފޮޓޯ: ޕީއެންސީ

މިދިޔަ އޭޕްރީލް 4، ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ބަލިވި ނަމަވެސް، އއ. ތޮއްޑޫ އާއި އއ. ރަސްދޫ ކައުންސިލުގެ މެޖޯރިޓީ އެ ޕާޓީއަށް ލިބުން ފާހަގަ ކުރަން ހަވާއަރުވައިފި އެވެ. 

ތޮއްޑޫ ދާއިރާގައި ހިމެނޭ އއ. ތޮއްޑޫ އާއި އއ. ރަސްދޫ އަދި އއ. އުކުޅަސް އިން ޕީއެންސީއަށް ގިނަ ގޮނޑި ލިބުމާ ގުޅިގެން އުފާފާޅުކުރުމަށް ހަވާ އެރުވީ ރަސްދޫގައި ޕީއެންސީން ބޭއްވި ޖަލްސާ ނިންމާލުމަށްފަހު އެވެ. 

މި ޖަލްސާގައި މުހައްމަދު މުއިއްޒު ވަނީ މުޅި ރާއްޖެއިން ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ގިނަ ގޮނޑިތައް ލިބިފައިވާ ކަމަށް ސިފަކުރައްވާފަ އެވެ. ނަމަވެސް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށްވުރެ ގިނަ ގޮނޑި ލިބިފައިވަނީ އެމްޑީޕީއަށެވެ. 

މުއިއްޒު ވިދާޅުވީ ރަސްދޫ އާއި ތޮއްޑޫ ދާއިރާގެ ތިން ރަށުން ވެސް ލިބިގެންދިޔައީ ވަރަށް ތާރީހީ ވަރަށް ތާރީހީ ވަރުގަދަ ކާމިޔާބެއް ގޮތުގައި ސިފަކުރައްވާފަ އެވެ. ތޮއްޑޫ ދާއިރާގެ މެޖޯރިޓީ ކުރިން ހޯދަމުންދިޔައީ އިދިކޮޅު އެމްޑީޕީންނެވެ. 

"މި މުޅި ރާއްޖޭން އަޅުގަނޑުމެންނަށް ވަނީ ގިނަ ގޮނޑިތައް ލިބިފައި އަދި ނުލިބިދިޔަ ވަރަށް ގިނަ ގޮނޑިތައްވެސް އެބަހުރި. އެހެންވީމާ ކާމިޔާބީ ގިނައީ. ވަރަށް ބޮޑެތި ކާމިޔާބީތައް ހާއްސަކޮށް މި ދާއިރާ ކަހަލަ ދާއިރަތަކުން ލިބިގެން ގޮސްފައިވަނީ،" މުއިއްޒު ވިދާޅުވި އެވެ. 

ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީން ޕީއެންސީ ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާފަ އެވެ. އެގޮތުން ސިޓީ ކައުންސިލްތަކުގެ 52 ގޮނޑީގެ ތެރެއިން 46 ގޮނޑި އެމްޑީޕީއަށް ލިބުނުއިރު، ޕީއެންސީއަށް ލިބުނީ އެންމެ ހަ ގޮނޑި އެވެ. ސިޓީތަކުގެ ޖުމްލަ ވޯޓު ވެސް އެންމެ ގިނައިން ލިބިފައިވަނީ އެމްޑީޕީއަށެވެ. 

ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ގިނަ ގޮނޑިތައް ލިބުނީ ޕީއެންސީއަށެވެ. 

މީގެއިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ވަނީ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފަ އެވެ. އެ އިންތިހާބުގައި 148،859 މީހުން ނޫނެކޭ ބުނެފައިވާއިރު، އާނއެކޭ ބުނީ 67،680 މީހުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox