މިނިސްޓަރު އަލީ ޝަރީފް ސޯޝަލް މީޑިއާގައި ޝާއިއު ކުރެއްވި ހުތުރު ޕޯސްޓުތަކެއް އާންމުވެއްޖެ

Apr 16, 2026, 11:56 AM
ކްލައިމެޓް ޗޭންޖް މިނިސްޓަރު އަލީ ޝަރީފް

ކްލައިމެޓް ޗޭންޖް މިނިސްޓަރު އަލީ ޝަރީފް

ކްލައިމެޓް ޗޭންޖް މިނިސްޓަރުގެ މަގާމަށް އަންގާރަ ދުވަހު އައްޔަން ކުރި އަލީ ޝަރީފުގެ ސޯޝަލް މީޑިއާގައި ޝާއިއު ކުރެއްވި ހުތުރު ޕޯސްޓުތަކެއް އާންމުވެ، ދައުރުވާން ފަށައިފި އެވެ.

އާންމުވެފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އަލީ ޝަރީފު މީގެ ކުރިން ކުރައްވާފައިވާ ޕޯސްޓުތަކެކެވެ. އެއީ އޭނާ އެކައުންޓުކަން އަދަދު އިން ވާނީ ކަށަވަރުކޮށްފަ އެވެ.

އަލީ ޝަރީފު ކުރައްވާފައި ހުރި ޕޯސްޓުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ގެ ނުކުޅެދުންތެރިކަމަށް ހަޖޫޖަހާފައި ހުރި ޕޯސްޓަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ކާފަރެއް ކަމަށް ބުނެފައިވާ ޕޯސްޓަކާއި ބުރުގާ ނާޅާ އަންހެނުން އަމިއްލައަށް ފުރައްސާރައަށް މަރުހަބާ ކިޔާ ކަމަށް ބުނާ ޕޯސްޓެއް ހިމެނެ އެވެ. 

Advertisement

"މީނާގެ ދެން ހުރި އަނގުނުތައް ސަލާމަތުން ﷲ ދެއްވީތީ މީނާ ޝުކުރުވެރިވާން އެބަޖެހޭ،" އިބްރާއަށް ނިސްބަތްކޮށް އަލީ ޝަރީފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ. 

އޭގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ ޓެރަރިސްޓެއް ކަމަށް ބުނާ ޕޯސްޓަކާއި ޑިމޮކްރަސީގެ ނިޒާމު ގަބޫލުނުކުރައްވާ ކަމަށް ބުނާ ޕޯސްޓަކާއި ބައެއް މީސްމިހުންނާ ދިމާލަށް ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ޕޯސްޓުތަކެއް ވެސް އަލީ ޝަރީފު ކުރައްވާފައިވެ އެވެ. 

އަލީ ޝަރީފުގެ ޕޯސްޓުތައް އަލުން އާންމުވުމުން އެ ޕޯސްޓުތަކަށް އާންމުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އެގޮތުން، އޭނާ ކެބިނެޓަށް އައްޔަން ކުރުމުން ރައީސް މުހައްމަދު މުއިއްޒަށް ވެސް ބައެއް މީހުން ފާޑުކިޔާފައިވެ އެވެ. 

"މިއީ ލަދުވެތި ކަމެއް، މުއިއްޒު. މިކަހަލަ އުރައްޕެއް ނެތް މީހުން ވަޒީރުކަމަށް ލީމާ ދެން ވެސް ވާނީ ފެއިލް،" އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ. 

އަލީ ޝަރީފު ހިމެނިވަޑައިގަންނަވާ ގޮތަށް ކެބިނެޓަށް އާ ހަތަރު ވަޒީރަކު މުއިއްޒު ވަނީ އައްޔަން ކުރައްވައިފަ އެވެ. އެއީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދާއި ހެލްތު މިނިސްޓަރު ގީލާ އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. 

ރައީސް މުއިއްޒު ކެބިނެޓަށް ބަދަލުތަކެއް މި ގެނައީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ބޮޑުތަނުން ބަލިވި ފަހުންނެވެ. ކެބިނެޓުގެ 10 ވަޒީރަކު މުއިއްޒު ވަކި ކުރެއްވި އެވެ. ކެބިނެޓު އަލުން އެކުލަވާލިއިރު މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް ވަނީ ބަދަލުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox