ގާ ހުދުވެ މުރަކަތައް މަރުވުމުގެ ނުރައްކާ ބޮޑުވެއްޖެ
ކަނޑުގެ ލޮނުގަނޑު ހޫނުވެ ގާ ހުދުވުމުގެ ނުރައްކާ ބޮޑުވެފައިވާތީ، ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތުން ހުއްޓާލުމަށް މޯލްޑިވްސް ރެސީލިއަންޓް ރީފްސްއިން ގޮވާލާފައި. އެ ޖަމިއްޔާއިން ބުނީ ބިން ހިއްކުމުގެ ސަބަބުން ލޮނުގަނޑު ކިލަނބުވުމަކީ މިހާރުވެސް ބަލިކަށިވެފައިވާ މުރަކަތައް މަރުވުމަށް މެދުވެރިވާނެ ސަބަބެއް.