ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ހަތަރު ޓީމުގެ ގްރޫޕަށް

Jan 26, 2026, 6:13 AM
އެންމެ ފަހުން ބޭއްވި އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ޓީމު.--- ފޮޓޯ: އަދަދު ސްޕޯޓްސް

އެންމެ ފަހުން ބޭއްވި އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ޓީމު.--- ފޮޓޯ: އަދަދު ސްޕޯޓްސް

މި އަހަރު މާލޭގައި ބާއްވަން ނިންމާފައިވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި، ރާއްޖޭން ހަތަރު ޓީމު ވާދަކުރާ ގްރޫޕްގައި ލައްވާލައިފި އެވެ.

އެ ގޮތުން، ތައިލެންޑުގެ ބެންކޮކްގައި އިއްޔެ ކުރިއަށްގެންދިޔަ ގުރުއަތުލުމުގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން އޮތީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ. އަދި، ގްރޫޕް ބީގައި ހިމެނެނީ، ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާން އެވެ.

ސާފްގެ އުމުރުފުރާ މުބާރާތެއް ފުރަތަަމަ ފަހަރަށް ރާއްޖޭގައި ހޯސްޓްކުރުމުގެ ފުރުސަތު ލިބިފައިވާއިރު، ސާފް 20 އަހަރުން ދަށުގެ މުބާރާތް ކުރިއަށްދާ ގޮތަށް އޭރު އިއުލާނުކޮށްފައިވަނީ މި އަހަރުގެ މާޗް މަހުގެ 22 އިން ފެށިގެން އޭޕްރީލް 3 ގެ ނިޔަލަށް ކަމަށެެވެ.

މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ލިބުމުން، އެފްއޭއެމް އިން އޭރު ބުނެފައިވަނީ، ސާފް އިން އެ ފެޑެރޭޝަނުގެ 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދިނުމުން އެނގިގެންދަނީ، ބައިނަލްއަގުވާމީ ރަނގަޅު ލެވަލްގެ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރުމުގެ ގާބިލުކަން އެފްއޭއެމްގައި ހުރި ކަމަށް ސާފް އިން ގަބޫލުކުރުމާއި އެ ޖަމިއްޔާގެ އިތުބާރު ލިބިފައިވުން ކަމަށެވެ.

ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން އާއި ރަނަރަޕަށް ދޭން ޖެހޭ އިނާމް ފައިސާ އަށް ވާ 75000 ޑޮލަރު އެފްއޭއެމް އިން ވަނީ ދާދި ފަހުން ހަމަޖައްސައިފަ އެވެ.

އަނެއްކޮޅުން، ސާފް 20 އަހަރުން ދަށުގެ މުބާރާތަކީ، 2019 ވަަަނަ އަހަރުގެ ފަހުން ރާއްޖޭގައި ހޯސްޓްކުރާ އުމުރުފުރާ ގައުމީ ޓީމުގެ ފުރަތަމަ މުބާރާތެވެ. މީގެ ކުރިން، 2019 ވަނަ އަހަރުގެ ޖުލައި މަހު އައްޑޫ ސިޓީގައި ވަނީ، ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެއް ބާއްވައިފަ އެވެ.

ރާއްޖޭން ހޯސްޓްކޮށްފައިވާ ބައިނަލްއަގުވާމީ އެހެން ފުޓްބޯޅައިގެ އިވެންޓްތަކަށް ބަލާއިރު، 2008 ވަނަ އަހަރާއި 2021 ވަނަަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. މީގެ ތެރެއިން، 2008 ގެ މުބާރާތް ހޯސްޓްކުރީ ސްރީ ލަންކާއާ ގުޅިގެންނެވެ. އެކަަމަކު، 2021 ވަނަ އަހަރުގެ މުބާރާތް އޮތީ މާލޭގަ އެވެ.

ރާއްޖޭގައި ބާއްވާފައިވާ ބައިނަލްއަގުވާމީ ގައުމީ ޓީމުތަކަށް ހާއްސަ، ފުޓްބޯޅަ މުބާރާތްތަކަށް ބަލާއިރު، 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ، 2014 ގެ އޭއެފްސީ ޗެލެންޖް ކަޕް ވެސް ހިމެނެ އެވެ. އަދި، 2009 ގެ އޭއެފްސީ ޗެލެންޖް ކަޕްގެ ކޮލިފައިން މެޗުތައް ރާއްޖޭން ހޯސްޓްކުރިއިރު، ކްލަބް ފުޓްބޯޅައިގެ އިންޓަނޭޝަނަލް މުބާރާތްތަކުގެ މެޗުތައް ވެސް ރާއްޖޭން ވަނީ ހޯސްޓްކޮށްފަ އެވެ. އެ ގޮތުން، 2015 ވަނަ އަހަރުގެ ޕީޕަލްސް ކަޕްގެ އިތުރުން، ކޮވިޑް-19 އަށް ފަހު، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ރާއްޖޭން ދެ ފަހަރެއްގެ މަތިން ސެންޓްރަލައިޒްކޮށް ހޯސްޓްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox