އިލެކްޝަންސް ކޮމިޝަނުން ރެފަރެންޑަމަށް ރައްޔިތުން ހޭލުންތެރިކުރަން އެއްވެސް ކަމެއް ނުކުރޭ: އެމްޑީޕީ

ދިއްދޫ ދާއިރާގެ އެމްޑީޕީ ރައީސް އަބްދުﷲ ވަހީދު: އިލެކްޝަނުން ރެފަރެންޑަމަށް ރައްޔިތުން ހޭލުންތެރިކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

ދިއްދޫ ދާއިރާގެ އެމްޑީޕީ ރައީސް އަބްދުﷲ ވަހީދު: އިލެކްޝަނުން ރެފަރެންޑަމަށް ރައްޔިތުން ހޭލުންތެރިކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

އިލެކްޝަންސް ކޮމިޝަނުން އެޕްރީލް 4، ގައި އޮންނަ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ކައުންސިލް އިންތިހާބަށް ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ރެފަރެންޑަމްގައި ގިނަ ބަޔަކަށް ވޯޓު ލެވޭނެ ގޮތް އިލެކްޝަނުން ހަމަޖައްސައިނުދީ، އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރަން މަސައްކަތް ނުކުރާ ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް މި ފެނިގެންމިދަނީ ރެފަރެންޑަމް ވޯޓާ ގުޅިގެން ރާއްޖޭގައި ހުރިހާ ރައްޔިތުންނަށް މި އިންތިހާބުގައި ވޯޓުލެވޭނެ ގޮތް ހަދައިދިނުމާއެކުގައި އަދި މި އިންތިހާބާ ގުޅިގެން ހޭލުންތެރިކުރުމުގެ އެއްވެސް މަސައްކަތެއް އިލެކްޝަނުން ކުރަމުން ނުދާތީވެ އެ ކަންބޮޑުވުން،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އިންތިހާބާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތުތައް މުޅި ރާއްޖެއަށް އިލެކްޝަނަށް ފޯރުކޮށް ނުދެވޭ ކަމަށާއި ހޭލުންތެރިކުރުމަށް އެއްވެސް ވަރަކަށް ޕްރޮގްރާމެއްވެސް ނުހިންގާ ކަމަށެވެ.

"ހާއްސަކޮށް މި އިންތިހާބާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ހުރިހާ މައުލޫމާތު އިލެކްޝަނުގެ ފަރާތުން ނުދެވޭ މައްސަލަ އަދި މިކަމާ ގުޅިގެން ރާއްޖޭގައި އެކި ކަންކޮޅުތަކުގައި އިލެކްޝަންއަށް މި ކެމްޕެއިން، މި މައުލޫމާތު ހިއްސާނުކުރެވޭ މައްސަލަ،" ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށެއް ނުފެނޭ ކުރިއަށް އޮތް އިންތިހާބުގައި ހާއްސަކޮށް މި ރެފަރެންޑަމް އިންތިހާބާ ގުޅިގެން އެއްވެސް ވަރަކަށެއް އެކި ކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގި އަދި އެއާ ގުޅޭ އެކަށީގެންވާ މައުލޫމާތު، ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބިގެންދާ ކަމަށް."

ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ނުދީ އިންތިހާބު ބާއްވަން އިލެކްޝަނުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލާއިރު އޭގެއިން ނިކުންނަ ނަތީޖާ އިލެކްޝަނުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނީ ރެފަރެންޑަމްއަށް ރައްޔިތުންނަށް ހޭލުންތެރިކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ޕްރޮގްރާމްތައް ހިންގާ، ޓީވީތަކުގައި ވެސް މައުލޫމާތުތައް ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް އެ މަސައްކަތް ކުރިއަށް ނުދެ އެވެ.

ރެފަރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox