މެދުއިރުމަތިން ޖަޕާނުގެ ރައްޔިތުން ސަލާމަތް ކުރަން އަސްކަރީ ބޯޓެއް ރާއްޖޭގައި ތައްޔާރީ ހާލަތުގައި

Mar 8, 2026, 6:54 AM
ރާއްޖެއަށް ފުރި އަސްކަރީ މަތިންދާބޯޓު: އެމަޖެންސީ ހާލަތަކަށް ތައްޔާރުވެގެން އެ ބޯޓު މަޑުކުރާނީ ރާއްޖޭގައި -- ފޮޓޯ: ޖަޕާން ޓައިމްސް

ރާއްޖެއަށް ފުރި އަސްކަރީ މަތިންދާބޯޓު: އެމަޖެންސީ ހާލަތަކަށް ތައްޔާރުވެގެން އެ ބޯޓު މަޑުކުރާނީ ރާއްޖޭގައި -- ފޮޓޯ: ޖަޕާން ޓައިމްސް

ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގައި ތާށިވެފައި ތިބި ޖަޕާނުގެ ރައްޔިތުންގެ ސަލާމަތް ކުރުމުގެ މިޝަންއެއްގައި ޖަޕާނުގެ އަސްކަރީ ބޯޓެއް ރާއްޖެއަށް ދަތުރު ފަށައިފި އެވެ.

ޖަޕާނުން ރާއްޖެއަށް ފޮނުވީ ކޭސީ-767 މަރުކާގެ އަސްކަރީ މަތިންދާބޯޓެކެވެ. އެއީ އެއްވެސް ހަތިޔާރެއް ހަރުކޮށްފައި ނުވާ، މީހުންނާއި މުދާ އުފުލުމަށާއި ޖައްވުގައި ރިފިއުލް ކުރަން ހާއްސަކޮށް ހަދާފައިވާ ބޮއިންގެ ބޯޓެކެވެ.

ޖަޕާނުގެ ނޫސްތަކުން ބުނެފައި ވަނީ ރާއްޖެއަށް ފޮނުވި މަތިންދާބޯޓު އޮންނާނީ އެމަޖެންސީ ހާލަތެއްގައި ހަރަކާތްތެރިވާން ތައްޔާރަށް ކަމަށެވެ. އެ ބޯޓުގެ ބޭނުމަކީ ޖަޕާނުގެ ސަރުކާރުން މެދުއިރުމައްޗަށް ހަމަޖައްސާ ޗާޓާޑް ފްލައިޓުތައް ކެންސަލްވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Advertisement

ޖަޕާނުގެ އަސްކަރީ ބޯޓު މިއަދުގެ ވަގުތެއްގައި އޭއެސްޑީއެފް ކޮމާކީ އެއާބޭސް އިން ވަނީ ރާއްޖެއަށް ފުރައިފަ އެވެ. އެ ބޯޓުގައި ޖަޕާނު ސިފައިންގެ 30 މީހުން ވެސް ފުރި އެވެ. އެ ބޯޓުގައި 200 މީހުންނަށް ދަތުރު ކުރެވޭނެ އެވެ.

ޖަޕާނުގެ ސަރުކާރުން ދަނީ އޮމާން، ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކަށް ޗާޓާޑް ފްލައިޓުތައް ހަމަޖައްސަމުންނެވެ. މެދުއިރުމަތީގައި ތާށިވެފައިވާ ޖަޕާނުގެ ރައްޔިތުން ސަލާމަތް ކުރަން އެ ގައުމުން ވަނީ ސެލްފް ޑިފެންސްގެ ގާނޫނުގެ ދަށުން ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

މިދިޔަ ބުދަ ދުވަހު ރާއްޖެއަށް އައި އިޓަލީ ކްރޫޒް ޝިޕަކުން އެނބުރި ފުރީ ރާއްޖޭގައި ތާށިވެފައި ތިބި އިޓަލީގެ 28 ފަތުރުވެރިއަކު ގޮވައިގެންނެވެ. އެ މީހުން ކަނޑުމަގުން ފުރުމުގެ އިންތިޒާމްތައް ވެސް އޮތީ ހަމަޖައްސާފައި ކަމަށް އިޓަލީގެ ނޫސްތަކުން ބުނެ އެވެ.

ކޮސްޓާ ޑެލީޒިއޯސާ ރާއްޖެއަށް އައީ 1855 ފަތުރުވެރިންނާއި 881 ކްރޫ މެންބަރުން ގޮވައިގެންނެވެ. އެ ބޯޓު ރާއްޖެ އައީ ސްރީ ލަންކާގެ ވެރި ރަށް ކޮލަމްބޯގެ ޕޯޓަށް މަޑުކުރުމަށްފަހު އެވެ.

ރާއްޖެއިން ފުރައިގެން ދިޔަ ކޮސްޓާ ޑެލީޒިއޯސާ ދެން މަޑު ކުރާނީ މޮރިޝަސްއަށެވެ. އެ ބޯޓުގެ ފަހު މަންޒިލަކީ ސައުތު އެފްރިކާގެ ކޭޕްޓައުން އެވެ. ކޭޕްޓައުންއަށް ބޯޓު ވަންނާނީ މި ހިނގާ މާޗް 18، ކަމަށް އެނގިފައިވެ އެވެ.

ހަނގުރާމައަށް ހަފުތާއެއް ފުރުނުއިރު، ރާއްޖެ ދަތުރު ކުރަން ހަމަޖެހިފައި އޮތް 154 ފްލައިޓު ވަނީ ކެންސަލްވެފަ އެވެ. އެކަމަކު، ސަރުކާރުން މައުލޫމާތު ނުދޭތީ، ރާއްޖޭގައި ތާށިވެފައި ތިބި ފަތުރުވެރިންގެ އަދަދެއް އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox