އިރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ހުއްޓާލަނީ

Mar 7, 2026, 7:38 AM
އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން: އަރަބި ގައުމުތަކަށް ދިން ހަމަލާތަކަށް މައާފަށް އެދިވަޑައިގަތް --- ފޮޓޯ: އާޒެރް ނިއުސް

އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން: އަރަބި ގައުމުތަކަށް ދިން ހަމަލާތަކަށް މައާފަށް އެދިވަޑައިގަތް --- ފޮޓޯ: އާޒެރް ނިއުސް

އިރާނުން އަވައްޓެރި ގައުމުތަކަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ނިންމާފައިވާ އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ދާދި ދެންމެއަކު އިއުލާންކުރައްވައިފި އެވެ.

ޕެޒެޝްކިއަންއާ ހަވާލާދީ އިރާނާއި ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރަމުން އަންނަ ގޮތުގައި އެ ގައުމުގެ އިންޓަރިމް ލީޑާޝިޕް ކައުންސިލުން ވަނީ އަވައްޓެރި ގައުމުތަކަށް ދޭ ހަމަލާތައް ހުއްޓާލަން އިއްޔެ ފާސްކޮށްފަ އެވެ. ޕެޒެޝްކިއަން ވަނީ އަރަބި ގައުމުތަކަށް އެ ގައުމުން ދިން ހަމަލާތަކަށް މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.

ހަމަލާ ދޭން ގަސްތު ނުކުރާ ކަން އިއުލާން ކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް އިރާނަށް މިސައިލެއް ފޮނުވަން އަރަބި ގައުމެއް ބޭނުންކޮށްފި ނަމަ، އެ ގައުމަކަށް ހަމަލާ ދޭނެ ކަމަށް ވިދާޅުވެ ޕެޒެޝްކިއަން ވަނީ އިންޒާރު ދެއްވާފަ އެވެ.

މިއީ އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ގަލްފުގެ ގައުމުތަކަށް އުފާވެރި ހަބަރެކެވެ.

މި ހަމަލާތަކާ ގުޅިގެން މި ސަރަހައްދުގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ތެލާއި ގޭސް އުފެއްދުން މަދުކުރަން މަޖުބޫރުވެފަ އެވެ. މިއާ ގުޅިގެން އެ ގައުމުތަކަށް ލިބުނު އިގުތިސޯދީ ގެއްލުމުގެ މިންވަރު ގުނަމުން އަންނަނީ ބިލިއަން ޑޮލަރުންނެވެ.

އިރާނުން ހަމަލާ ދިނުން ހުއްޓާލާފައިވާ ކަން އިއުލާންކުރި ފަހުން ވެސް ގަތަރުން ވަނީ ޑްރޯން ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox