ތެޔޮ ފީފާއެއްގެ އަގު 90 ޑޮލަރަށް އަރައިފި

Mar 7, 2026, 4:03 AM
ސައުދީ ތެޔޮ ކުންފުނި، އަރަމްކޯގެ ރަސް ތަނޫރާ ރިފައިނަރީއަށް ގެއްލުންވެފައި: ހަމަލާއެއްގެ ބިރަށް ގަލްފު ސަރަހައްދުގެ ގައުމުތަކުން ވަނީ ތެލާއި ގޭސް އުފައްދާ މިންވަރު މަދުކޮށްފަ --- ފޮޓޯ: އޭއެފްޕީ

ސައުދީ ތެޔޮ ކުންފުނި، އަރަމްކޯގެ ރަސް ތަނޫރާ ރިފައިނަރީއަށް ގެއްލުންވެފައި: ހަމަލާއެއްގެ ބިރަށް ގަލްފު ސަރަހައްދުގެ ގައުމުތަކުން ވަނީ ތެލާއި ގޭސް އުފައްދާ މިންވަރު މަދުކޮށްފަ --- ފޮޓޯ: އޭއެފްޕީ

އިރާނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އައިސް، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 90 ޑޮލަރަށް އަރައިފި އެވެ.

ހަނގުރާމަ ފެށިތާ ހަފުތާއެއްގެ ތެރޭގައި އަގަށް މި ވަރުގެ އިތުރުވުމެއް އައިސްފައިވާއިރު، މިއީ ވޭތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ފަހަރެވެ.

ތެލުގެ އަގު އުފުލެމުން އަންނަ މައިގަނޑު ސަބަބަކީ ހޮރުމޫޒު ކަނޑުއޮޅި އެކީ ކަހަލަ ގޮތަކަށް ބޭނުންކުރުން ހުއްޓާލުމެވެ.

Advertisement

ދުނިޔޭގައި އުފައްދާ ތެލުގެ 20 ޕަސެންޓާއި ގޭހުގެ 20 ޕަސެންޓު ދަތުރުކުރަނީ ހޮރުމޫޒު ކަނޑުއޮޅި ހުރަސްކޮށެވެ. ކަނޑު ދަތުރުތަކުގެ ޓްރެކިން ޑޭޓާއިން ދައްކާ ގޮތުގައި މިދިޔަ މަހުގެ 28 ގައި، ހަނގުރާމަށް ފެށުމުގެ ކުރިން މި ކަނޑުއޮޅިން ލާފާއި ދުވާލަކު 138 އާގުބޯޓު ދަތުރުކުރެ އެވެ. ހަނގުރާމަ ފެށި ފަހުން އެ އަދަދު 10 އަށް ވެސް ނާރަ އެވެ.

ތެލުގެ އަގު އުފުލެން މެދުވެރިވެފައިވާ އަނެއް ސަބަބަކީ އިރާނުގެ ޑްރޯން އަދި މިސައިލް ހަމަލާތައް އަރަބި ގައުމުތަކުގެ ތެލާއި ގޭސް އުފައްދާ ތަންތަނަށް އަމާޒުކުރުމެވެ. މިއާ ގުޅިގެން ސައުދީ އަރަބިއާ އާއި ކުވެއިތު ފަދަ ގައުމުތަކުން ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކޮށްފަ އެވެ.

މާހިރުން ބުނާ ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރުން އާންމު ހާލަތަށް ނޭޅިއްޖެ ހާލަތެއްގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އެރުން ގާތެވެ. އަދި، ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައި އޮންނަ މުއްދަތު ދިގުދެމިގެންދާ ނަމަ ފީފާއެއްގެ އަގު 150 ޑޮލަރަށް އެރުން ގާތް ކަމަށް ވެސް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox