އިރާނުން ފީފާ ވޯލްޑް ކަޕްގައި ކުޅުމާ މެދު ދެ ވަނަ ވިސްނުމަކަށް

Mar 3, 2026, 12:58 PM
އިރާނުން ފީފާ ވޯލްޑް ކަޕްގައި ކުޅުމާ މެދު ދެ ވަނަ ވިސްނުމަކަށް

ތެހެރާން، އިރާން (މާޗް 3) - އެމެރިކާ އާއި އިޒްރޭލުން އިސްވެ، އިރާނާ ދެކޮޅަށް ފެށި ހަނގުރާމަ މިހާރު ދަމުން އަންނަ މިސްރާބުގެ ސަބަބުން، މި އަހަރުގެ ޖޫން/ޖުލައި މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅެން އިރާނުން އެމެރިކާ އަށް ދިއުމާ މެދު ދެ ވަނަ ވިސްނުމަކަށް ގޮސްފި އެވެ.

އިރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 750 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

"ޔަގީން ކަމެއް މި ހަމަަލާތަކަަށް ފަހު، އަހަރެމެންނަށް ވޯލްޑް ކަޕްގައި ކުޅެން އުންމީދުތަކެއް އޮވެގެން ވިސްނޭނެ ކަމަށް ނުދެކެން،" އިރާން ފުޓްބޯޅަ ފެޑެރޭޝަން ރައީސް، މަހުދީ ތާޖު ވިދާޅުވި އެވެ.

މިހާރު އޮތްގޮތުން، އިރާނުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު ނިއު ޒީލެންޑާ ކުޅޭނެ އެވެ. އަދި، 21 ޖޫންގައި ބެލްޖިއަމާ ކުޅުމަށް ފަހު 26 ޖޫންގައި މިސްރާ ބައްދަލުކުރާނެ އެވެ.

ވޯލްޑް ކަޕް ޝެޑިއުލްކޮށްފައި އޮތީ ޖޫން 11 އިން ޖުލައި 19 ގެ ނިޔަލަށެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ފީފާ އިން ޕީސް އެވޯޑް އެރުވި ނަމަވެސް، އޭނާ ކަންކަން ކުރައްވަމުން އަންނަ ގޮތުން ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން ވަނީ އަމާޒުވެފަ އެވެ. އެ ގޮތުން، ގިނަ ގައުމުތަކެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ނާދެވޭ ގޮތަށް ޓްރެވަލް ބޭން ގައުމުތަކުގެ ލިސްޓެއް ހެދިއިރު، އެ ގައުމުތަކުގެ ތެރޭގައި މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ގައުމުތައް ވެސް ހިމެނެ އެވެ. އިރާނަކީ އެ ލިސްޓުގައި ވެސް ހިމެނޭ ގައުމެކެވެ.

އިރާނުން ވޯލްޑް ކަޕްގައި ކުޅުމުގައި އަަަމަލުކުރާނެ ގޮތެއް ނިންމަން ފީފާގައި އެދިފައިވާއިރު، އެ މައުލޫމާތު ހޯދަން މީޑިއާ އިން ކުރި މަސައްކަތް ވެސް އަދި ކާމިޔާބުނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox