ހިދުމަތް ނުދެވޭތީ ރައްޔިތުން ނުކުމެ ރަކީދޫ އޮފީސް ބަންދުކޮށްފި

Mar 2, 2026, 12:21 PM
ހިދުމަތް ނުދެވޭތީ ރައްޔިތުން ނުކުމެ ރަކީދޫ އޮފީސް ބަންދުކޮށްފި

ރަށު ކައުންސިލަށް ކައުންސިލަރުންނާއި މުވައްޒަފުން ހަމަނުވެގެން އާންމުންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭތީ، ވ. ރަކީދޫ ރައްޔިތުން ނުކުމެ ރަށު އޮފީސް ބަންދުކޮށްފި އެވެ.

މި ނޫހަށް ލިބިފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ރަކީދޫ އޮފީހުގައި ބަޔަކު ވަނީ ފިލާ ޖަހައި ބަންދުކޮށްފަ އެވެ. އަދި އޮފީސް އެތެރެއަށް ނުވަދެވޭ ގޮތަށް ދޮރު ކުރިމަތީގައި މޭޒު ފަދަ އެއްޗެހި އަތުރާފައިވާ މަންޒަރު ވެސް ފޮޓޯތަކުން ފެނެ އެވެ.

"ކައުންސިލު އިދާރާއިން ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް ހިދުމަތެއް މިވަގުތު ލިބެމުން ނުދާތީ، ވ. ރަކީދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކައުންސިލު އިދާރާ ބަންދުކޮށްފި،" ވ. އަތޮޅު ކައުންސިލުގެ ރައީސް ސުޖާއު އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ރަކީދޫ ޕޮލިސް ޑެސްކު ވެސް ހިންގަނީ އެ ރަށުގެ އޮފީސް އިމާރާތުގެ އެތެރޭގެ އެވެ. އެހެންކަމުން، ރަކީދޫގައި ހަރަކާތްތެރިވާ ފުލުހުންނަށް ވެސް މިއަދު އޮފީހަށް ނުނިކުމެވޭނެ ކަމަށް ބެލެވެ އެވެ.

ރަކީދޫ ނޫނަސް ކައުންސިލް އޮފީސް ހިންގާނެ އަދަދަށް ވެސް މުވައްޒަފުން ހަމަނުވާ ވަރަށް ގިނަ ކައުންސިލް އެބަ އުޅެ އެވެ. މި މައްސަލަ ދިމާވީ، ދާއީމީ މުވައްޒަފުން ނެގުން މަނާކޮށް މައި ސަރުކާރުން ހަރުކަށި ގާނޫނެއް ފާސްކުރި ފަހުންނެވެ.

ވެރިކަން ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސް ކުރި ގާނޫނުގައި ބުނެފައިވާ ގޮތުން، ކައުންސިލެއްގެ އުމުރުގައި ބާކީ ހަ މަސްދުވަސް އޮތް ނަމަ އެ ކައުންސިލަކަށް އެއްވެސް ދާއިމީ މުވައްޒަފެއް ނުނެގޭނެ އެވެ. އަދި އެ މުއްދަތުގައި ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ހިންގުން ވެސް ސަރުކާރުން މަނާ ކުރި އެވެ.

އޭގެ އިތުރުން، ކައުންސިލުން ވިޔަފާރި ކުރުމަށް ކުރިން ލިބިދީފައިވާ ހައްގުތައް ވެސް ގާނޫނުގެ ދަށުން ވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox