ވައުދު ނުފުއްދި، ފްލެޓުތަކުގެ ހާލަތު ގޯސްވުމުން އިންތިހާބާ ދިމާކޮށް ނަގުދު ފައިސާ ބަހަން މުއިއްޒު ނިންމަވައިފި

މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގެ ބައެއް ވެރިންނާ މުއިއްޒު އިއްޔެ މުލިއާގޭގައި ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފިސް

މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގެ ބައެއް ވެރިންނާ މުއިއްޒު އިއްޔެ މުލިއާގޭގައި ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފިސް

ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ވެވަޑައިގެންނެވި ވައުދު ނުފުއްދި، މަސައްކަތް ހުއްޓިފައި ވަނިކޮށް، ކައުންސިލް އިންތިހާބާ ދިމާކޮށް އެ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާގެ "އިނާޔަތެއް" ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމަވައިފި އެވެ.

އެ ނިންމެވުން ނިންމި ބައްދަލުވުމުގައި ވެރިކަން ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލު އާއި މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް ބައިވެރިވެވަޑައިގަތެވެ. އަރީޝް ވެސް ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވަ އެވެ.

ރައީސް މުއިއްޒު މި ގޮތަށް ނިންމެވީ އިއްޔެ ހަވީރު މުލިއާގޭގައި އެ ފްލެޓްތަކުގެ ބައެއް އިސް ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހުއެވެ. މި ނިންމެވުން އައިސްފައިވަނީ ސިނަމާލެ އާއި މާލޭހިޔާ ތަޅާލައި އައު ފްލެޓް އަޅައިދޭނެ ކަމަށް ވިދާޅުވި ވައުދަށް އަމަލީ ސިފައެއް ނައިސް، ފްލެޓްތަކުގެ ސްޓްރަކްޗާ އިންތިހާއަށް ދަށްވެފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

"މި ފްލެޓްތަކަށް ފައިސާ ދެއްކޭ ގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފަ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

"އެގޮތުން، މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުވާނަމަ، 100،000 (އެއްލައްކަ) ރުފިޔާއާ ހަމައަށް އުނިކުރެވޭނެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މައާފުކޮށްދެއްވުމަށްފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެ. ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000 ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ."

މުއިއްޒު ނިންމެވި "ހާއްސަ އިނާޔަތް" ބެހިގެންވާ ގޮތުގެ ހުލާސާ

  • ފައިސާ ނުދެއްކިގެން މިހާތަނަށް އަރާފައިވާ ހުރިހާ ޖޫރިމަނާއެއް އެއްކޮށް މައާފުކުރުން.
  • ފްލެޓް ބައުވެފައިވާތީ ބަދަލެއްގެ ގޮތުގައި ކޮންމެ ފްލެޓަކަށް 100,000 ރުފިޔާ ދިނުން.
  • ފްލެޓަށް ދައްކަންޖެހޭ ބާކީ ފައިސާއިން އެއްލައްކަ ރުފިޔާ އުނިކުރުމަށްފަހު، ބާކީވާ މިންވަރެއް އޮތްނަމަ އެ ފައިސާ ސީދާ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދިނުން.
  • ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ދިނުން.

ސިނަމާލެ ފްލެޓްތައް ތަޅާލައި، އެތަނުގައި ފްލެޓް އަޅައިދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، މި ފްލެޓުތައް ތަޅާލައި އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން 1,500 ހައުސިން ޔުނިޓު ގާއިމު ކުރުމުގެ މަޝްރޫއުއެއް 2023 ގެ ކުރީކޮޅު މާލެ ސިޓީ ކައުންސިލުން އިއުލާނުކުރި އެވެ.

އެކަމަށްޓަކައި ސިޓީ ކައުންސިލުން ވަނީ އެ މަސައްކަތް ކުރުމަށް ޑިވެލޮޕާ ފައިނޭންސް މޮޑެލުގެ ދަށުން އިންވެސްޓަރުން ހޯދުމަށް އޭރު އިއުލާނު ވެސް ކުރި އެވެ. ނަމަވެސް އެ މަޝްރޫއުގައި އަމަލީ ކުލަ ޖެހޭ ގޮތް އަދިވެސް ނުވެ އެވެ.

އޭރު ސިޓީ ކައުންސިލުން ޕްލޭންކުރީ ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ޓަވަރުގައި 700 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ. އަދި, ދެވަނަ ފިޔަވަހީގައި އަޅާ ފަސް އިމާރާތުގައި 800 ޔުނިޓު އިމާރާތް ކުރަން މުއިއްޒުގެ މޭޔަރު ކަމުގައި އިއުލާނުކުރި މަޝްރޫއުގައި ހިމަނާފައިވެ އެވެ.

ނަމަވެސް، ވެރިކަމަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް އަމަލީ އެއްވެސް މަސައްކަތެއް ނުފެށި، ފްލެޓުތަކުގެ ހާލަތު ދުވަހެއް ދުވަހަށް ދަނީ ދަށަށެވެ.

އޭޕްރީލް 4 ގައި ބާއްވަ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ދައުލަތުގެ ބަޖެޓުން މިފަދަ ބޮޑު ހޭދައެއް "އިނާޔަތުގެ" ނަމުގައި އިއުލާނު ކުރުމަކީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށް ތުހުމަތު ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

މި އިނާޔަތް ދިނުމަށް ބަޖެޓުން ހޭދަވާނެ ޖުމުލަ އަދަދެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

މިވަރުގެ ބޮޑު އިނާޔަތް ދޭން މުއިއްޒު ނިންމެވިއިރު، ދޫކުރި ސިނަމާލެ އަދި އެހެން ބައެއް ފްލެޓުތައް ދޫކޮށްލަން ބޭނުންވާ މީހުންނަށް ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓު އަދި ބިމަށް ކުރިމަތިލެވޭނެ ކަމަށް ކުރީ ސަރުކާރު އޮތީ ނިންމައިފަ އެވެ.

ނަމަވެސް އެގޮތަށް ފްލެޓު އަދި ބިން ލިބިފައި ވަނީ ކިތައް މީހުންނަށް ކަމެއް ހާމައެއް ނުކުރެ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ މާފުކޮށްދިން ކަމަށް ބުނެ ސަރުކާރުން ފޮނުވި ސިޓީއަކީ ރައްޔިތުންނަށް އޮޅުވާލުމެއްގެ ގޮތުގައި ފާހަގަކޮށް އެ ކަންބޮޑުވުން ރައްޔިތުންގެ ބައްދަލުވުމުގައި މުއިއްޒުއާ ހިއްސާކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox