އެޕްސްޓީން ފައިލްސް: ވަހީދު ގެންދެވީ ރާއްޖޭގެ މުހިންމު ކަންކަން އެޕްސްޓީންއާ ހިއްސާކޮށް ލަފާ ހޯދަމުން

އެޕްސްޓީން ފައިލްސް: ވަހީދު ގެންދެވީ ރާއްޖޭގެ މުހިންމު ކަންކަން އެޕްސްޓީންއާ ހިއްސާކޮށް ލަފާ ހޯދަމުން

ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވިއިރު، ގައުމުގައި ހިނގި މުހިންމު ކަންކަން ސެކްސް ޓްރެފިކަރު ޖެފްރީ އެޕްސްޓީންއާ ހިއްސާކޮށް، އެކަންކަމުގައި އޭނާގެ ލަފާ ހޯދަމުންދިޔަކަން ހާމަވެއްޖެ އެވެ.

އެމެރިކާގެ ސެނެޓުން ފާސްކޮށް އެންމެ ފަހުން އާންމުކުރި "އެޕްސްޓީން ފައިލްސް" އިން ހާމަވި ބައެއް ކަންކަމުގެ ތެރޭގައި، ރިސޯޓުތައް ތަރައްގީ ކުރުމާއި ސިޔާސީ ކަންކަމުގައި އަމަލު ކުރަންވީ ގޮތުގެ ލަފާ އެޕްސްޓީންގެ ފަރާތުން ހޯދަން ވަހީދު ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

އެޕްސްޓީން އަދި އޭނާގެ ގާތް މީހުންނާ ވަހީދު އަދި އޭނާގެ އާއިލާގެ ބައެއް މެންބަރުން ބައްދަލު ކުރިކަން ވެސް އެ ފައިލްތަކުން ވަނީ އެނގިފަ އެވެ. ކުރިން އާންމު ކުރި ބައެއް ފައިލްތަކުން ވެސް އެކަން ހާމަވި އެވެ.

އެގޮތުން ވަހީދުގެ ދަރިފުޅު، ޖެފްރީ ސާލިމް ވަހީދު އާއެކު ނިއުޔޯކުގައި ހުންނަ އެޕްސްޓީންގެ ގޭގައި 2014 ގައި ބައްދަލުކުރި ކަމާއި އޭގެ އިތުރުން ވެސް އެތައް ފަހަރެއްގެ މަތިން ވަހީދު، އެޕްސްޓީން އާއި ބައްދަލުކުރިކަން ފައިލްތަކުން ހާމަވެ އެވެ.

މީގެ އިތުރުން، 2013 ގައި ވަހީދު އަށް އެންމެ ފަސް ޕަސެންޓު ވޯޓު ލިބުނު ރިޔާސީ އިންތިހާބުގެ ކެމްޕޭނު ރޭވުމަށް އެޕްސްޓީންގެ އެހީއަށް ވަހީދު އެދުމުން، ކެމްޕޭން ރާވާނެ ގޮތުގެ ޕްރޮޕޯސަލްތަކާއި އިތުރު ވާހަކަތައް އެޕްސްޓީންގެ ގާތް ބަޔަކު ވަހީދުއާ ވަނީ ބަދަލުކޮށްފަ އެވެ.

އޭރު ރާއްޖޭގައި ހިނގަމުން ދިޔަ ސިޔާސީ އެކި ކަންކަމުގެ އަދާހަމަ މެދުކެނޑުމެއްނެތި ވަހީދު ދިޔައީ އެޕްސްޓީން އަށް ދެމުންނެވެ. ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަމަލުތައް ހިއްސާކޮށް ނަޝީދު އާ ދެކޮޅަށް ސިޔާސީ ގޮތުން ކަން ކުރާނެ ގޮތުގެ ހިޔާލާއި ލަފަޔަށް ވަހީދު ވަނީ އެޕްސްޓީންގެ ކިބައިން އެދިފަ އެވެ.

ޅ. އިންނަރެހާ އާއި ރ. ފުއްގިރި ހިމެނޭހެން އިތުރު ރަށްތަކެއް އެޕްސްޓީން އަށް ވިއްކާލުމަށް އަދި އިންނަރެހާ މަޝްރޫއުގައި އެޕްސްޓީން އަށް ކުރެވޭނެ ކަންކަމާމެދު މަޝްވަރާކުރަން ބޭނުންވާ ކަމަށް އެޕްސްޓެއިނަށް ވަހީދު ފޮނުވި މެއިލްއެއްގައި ބުނެފައިވެ އެވެ.

އެޕްސްޓީންގެ އެހީގައި ފުއްގިރީގައި މަހުޖަނުންނަށް ހާއްސަ ރަށެއް ހަދަން ވިސްނާފައިވާ ކަމަށް ވެސް ވަހީދު ބުނެފައިވެ އެވެ. މީގެ އިތުރުން، ވަހީދު ވެރިކަމުން ފޭބުމަށްފަހު އޭނާގެ ވެރިކަމާއި ގުޅޭ ގޮތުން ލިޔަން ބޭނުންވި ފޮތެއް ޗާޕުކުރަން އެހީއަށް ވެސް އެޕްސްޓީންގެ ކިބައިން ވަހީދު އެދިފައިވެ އެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ އޮގަސްޓު މަހު ލީކުވި އިޒްރޭލުގެ ބޮޑުވަޒީރުކަން 1999 އިން 2001 އަށް ކުރި އިހުދު ބަރާކްގެ އީމެއިލްތަކާއި ނޮވެމްބަރު މަހު އެމެރިކާ ކޮންގްރެސްގެ ހައުސް އިންސައިޓް ކޮމިޓީން އާންމުކުރި 20،000 ފައިލްތަކުން ވަހީދު، އެޕްސްޓީން އާއެކު ބޭއްވި ގުޅުމުގެ ބައެއް ތަފުސީލުތައް ހާމަވި އެވެ.

އަލަށް އާންމުކުރި ލިޔެކިޔުންތަކުގައި ވަހީދުއާ ގުޅޭ، ނުވަތަ އޭނާގެ ނަން ހިމެނިފައިވާ 649 ޑޮކިއުމެންޓެއް އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox