ހިޔާ ޓަވަރެއްގައި ރޯވުން: 38 އެޕާޓްމަންޓަކަށް ގެއްލުންވެ، 85 މީހަކަށް ވަގުތީ ބޯހިޔާވެހިކަން

ހިޔާ ޓަވަރެއްގައި ރޯވުން: 38 އެޕާޓްމަންޓަކަށް ގެއްލުންވެ، 85 މީހަކަށް ވަގުތީ ބޯހިޔާވެހިކަން

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 38 އެޕާޓްމަންޓަކަށް ގެއްލުންވެ، 85 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއެމްއޭ އިން ބުނީ ހިޔާ ފަސްވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވީ 38 އެޕާޓްމަންޓެއްގެ ނަރުދަމާ ހޮޅިއަށް ކަމަށާއި އެކަން ރަނގަޅު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގެއްލުންވި އެޕާޓްމަންޓްތަކުގެ ތެރެއިން އެހީތެރިކަން ބޭނުންވި 18 އެޕާޓްމަންޓެއްގައި ދިރިއުޅޭ 85 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ އިތުރުން ކެއުން ބުއިމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

"މި ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ދަނީ ކުރަމުންނެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެޗްޑީސީ އާއި މި އޮތޯރިޓީން މި ދަނީ ބަލަމުން،" އެންޑީއެމްއޭއިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ 18:33 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާ ހިނގީ ހިޔާގެ ފަސް ވަނަ ޓަވަރުގެ ނުވަ ވަނަ ފަންގިފިލާ އާއި 14 ވަނަ ފަންގިފިލާއާ ދެމެދުގެ ވައިގޮޅީގައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި ކަމަށެވެ.

މި ހާދިސާގެ ސަބަބުން ޓަވަރުގެ ވައިގޮޅީގައި ހުންނަ ފެންހޮޅިތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބުނު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާއިރު، މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox