އާ ލިޔެކިޔުންތަކުން އެޕްސްޓީންގެ ގުޅުންތައް ފެތުރިފައިވާ މިންވަރު އިތުރަށް ހާމަވެއްޖެ

Jan 31, 2026, 2:26 AM
އާ ލިޔެކިޔުންތަކުން އެޕްސްޓީންގެ ގުޅުންތައް ފެތުރިފައިވާ މިންވަރު އިތުރަށް ހާމަވެއްޖެ

ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންގެ ތަހުގީގާ ގުޅޭ 3 މިލިއަނަށްވުރެ ގިނަ ސަފުހާގެ ލިޔެކިޔުންތަކާއި، 2،000 އަށްވުރެ ގިނަ ވީޑިއޯ އަދި 180،000 ފޮޓޯ އާންމުކޮށްފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ވިދާޅުވީ، މިއީ އެޕްސްޓީންގެ މައްސަލައިގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހާމަކުރުމަށް ކޮންގްރެސްއިން ފާސްކުރި ގާނޫނާ އެއްގޮތަށް ކުރި ކަމެއް ކަމަށެވެ.

މި ފައިލްތައް އާންމުކުރުމުގައި ލަސްތަކެއް އުޅޭތީ އާއި ބައެއް މައުލޫމާތުތައް ސިއްރުކޮށްފައިވާތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ހާއްސަކޮށް ޓްރަމްޕާއި އެޕްސްޓީންއާ ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން ސުވާލުތައް އުފެދިފައިވާއިރު، މީގެ ކުރިން އާންމުވި ފްލައިޓް ލޮގްތަކުން ދައްކާ ގޮތުގައި 1990 ގެ އަހަރުތަކުގައި ޓްރަމްޕް ވަނީ އެޕްސްޓީންގެ އަމިއްލަ ޖެޓުގައި ދަތުރުކޮށްފައެވެ. ނަމަވެސް ޓްރަމްޕް ވަނީ އެޕްސްޓީން ހިންގި ޖިންސީ ވަގުފާރީގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އަލަށް އާންމުކުރި ފައިލްތަކުގެ ތެރޭގައި ބިލިއަނަރު އިލޮން މަސްކާއި އެޕްސްޓީންއާ ދެމެދު މުއާމަލާތް ކުރެވިފައިވާ އީމެއިލްތަކާއި، ރައީސް ޓްރަމްޕްގެ ކުރީގެ އެޑްވައިޒަރު ސްޓީވް ބެނަން އާއި އެޕްސްޓީންއާ ދެމެދު ބަދަލު ކުރެވިފައިވާ މެސެޖުތަކުގެ އިތުރުން އެޕްސްޓީން ޖަލުގައި މަރުވި ހާދިސާގެ ތަހުގީގު ކަރުދާސްތައް ހިމެނެއެވެ.

ލިޔުންތަކުން ބެނަން އާއި އެޕްސްޓީންއާ ދެމެދު 2018 އާއި 2019 އާ ދެމެދު ބަދަލުކުރި އެތައް ހާސް މެސެޖުތަކެއް ހިމެނެ އެވެ.

އެޕްސްޓީންގެ އަގު ވެއްޓިފައިވަނިކޮށް، އޭނާގެ އަބުރު އިއާދަކުރުމަށް ބެނަން ވަނީ ޑޮކިއުމަންޓްރީއެއް ތައްޔާރުކުރުމަށް އެހީތެރިވެފައެވެ. އަދި ބެނަން، އެޕްސްޓީންގެ ގެއަށް ވަދެ ނުކުމެ ހެދީ މީޑިއާގެ ލޯތަކަށް ސިއްރުން ވަލު ދޮރާށިން ކަން މެސެޖުތަކުން އެނގެއެވެ.

މަސްކް، އެޕްސްޓީންއާ ގުޅުމެއް ނެތް ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް، 2012 އާއި 2014 އާ ދެމެދު އެޕްސްޓީންގެ ރަށަށް ޒިޔާރަތްކުރުމާ ގުޅޭގޮތުން ދެމީހުންގެ ދެމެދުގައި އީމެއިލްތަކެއް ބަދަލުކުރެވިފައިވާކަން ފައިލްތަކުން ދައްކައެވެ. އެއް އީމެއިލެއްގައި މަސްކް ވަނީ "އެންމެ ފޯރިގަދަ ޕާޓީ އޮންނާނީ ކޮން ރެއެއްގައިތޯ" ސުވާލުކޮށްފަ އެވެ. ނަމަވެސް، މަސްކް އެ ޖަޒީރާއަށް ދިޔަކަން މި ލިޔުންތަކުން ސާފެއް ނުވެއެވެ.

އެމެރިކާގެ މިހާރުގެ ކޮމާސް ސެކްރެޓަރީ ހޮވާޑް ލަޓްނިކް، 2005 ގެ ފަހުން އެޕްސްޓީންއާ ބައްދަލުނުކުރާ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، 2012 ވަނަ އަހަރު އޭނާގެ އާއިލާއާއެކު އެޕްސްޓީންގެ ޖަޒީރާ "ލިޓްލް ސެއިންޓް ޖޭމްސް" އަށް މެންދުރުގެ ކެއުމަކަށް ދިއުމަށް ރޭވިކަން އީމެއިލްތަކުން ވަނީ ހާމަވެފައެވެ. އޭގެ އަނެއް ދުވަހު އެޕްސްޓީން ވަނީ "ބައްދަލުވީތީ އުފާކުރާ" ކަމަށް ބުނެ ލަޓްނިކަށް މެސެޖެއް ފޮނުވާފައެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން ގިލެއިން މެކްސްވެލް ފިޔަވައި އެހެން ހުރިހާ އަންހެނުންގެ މައުލޫމާތު ވަނީ ވީޑިއޯތަކާއި ފޮޓޯތަކުން އުނިކޮށްފައެވެ.

މި މައްސަލައިގައި މިހާތަނަށް ޖިނާއީ ދައުވާއެއް އުފުލިފައިވަނީ ހަމައެކަނި އެޕްސްޓީންގެ ކުރީގެ ލޯބިވެރިޔާ މެކްސްވެލްގެ މައްޗަށެވެ. އެޕްސްޓީން 2019 ވަނަ އަހަރު ޖަލުގައި އަމިއްލައަށް މަރުވެފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރި ވާޖިނިއާ ރޮބާޓްސް ގިފްރޭ ވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު މަރުވެފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox