މި ދެ ވައިރަހަކީ އާންމު ސިއްހަތުގެ ބޮޑު ނުރައްކަލަކަށް ވެދާނެ

Jan 29, 2026, 9:27 AM
މި ދެ ވައިރަހަކީ އާންމު ސިއްހަތުގެ ބޮޑު ނުރައްކަލަކަށް ވެދާނެ

ޖަނަވާރުގެ ހަށިގަނޑުގައި އުފެދި އާލާވެ އިންސާނުންނަށް ބަލި ޖައްސާ ތަފާތު ވައިރަސްތަކުގެ ތެރެއިން، ދުނިޔޭގެ އާންމު ސިއްހަތަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާނެ ކަމަށް، ސައެންސްވެރިން މިހާރު ބުނަނީ، ދެވައިރަހެކެވެ. އެއީ އިންފުލުއެންޒާ ޑީ ވައިރަހާއި ކެނީން ކޮރޯނާ ވައިރަހެވެ.

މީގެ ތެރެއިން އިންފުލުއެންޒާ ޑީ ވައިރަހަކީ އޫރާއި ގެރީގެ ހަށިގަނޑުގައި އުފެދޭ ފާރުގަނޑަކުން އުފަންވާ ކަމަށް ބެލެވޭ ވައިރަހެއް ކަމަށް ވިޔަސް، އިންސާނުން ކެއުމަށް ބޭނުންކުރާ ނައަފް ސޫފީގެ ބާވަތްތަކުންނާއި ކެއުމަށް ބޭނުންކުރާ ދޫނީގެ ބާވަތްތަކުންނާއި ފުއްލާ އާއި ޒަރާފާ އަދި ކެންގަރޫގެ ހަށިގަނޑުން ވެސް މި ވައިރަސް ފެނިފައި އެބަހުއްޓެވެ.

ކެނިން ކޮރޯނާ ވައިރަސް (CCoV) ފާހަގަކުރެވިފައިވަނީ ކުއްތާގެ ހަޖަމުކުރާ ނިޒާމަށް ބަލި ޖައްސާ ވައިރަހެއްގެ ގޮތުގައެވެ. ނަމުގައި އެއްގޮތް ކަމެއް ހުއްޓަސް، މިއީ ކޮވިޑް-19 ޖައްސާ ކޮރޯނާ ވައިރަހެއް ނޫނެވެ.

Advertisement

އިންފުލުއެންޒާ ޑީ ވައިރަހާއި ކެނިން ކޮރޯނާ ވައިރަހަކީ، މިހާތަނަށް އިންސާނުންގެ ސިއްހަތަށް މާބޮޑު ނުރައްކަލެއް ކުރިމަތިވާފައިވާ ދެ ވައިރަހަކަށް ނުވިޔަސް، ކެނިން ކޮރޯނާ ވައިރަހުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ގައުމުތަކުގައި، ނިއުމޯނިއާ ޖެހިގެން ބައެއް މީހުންނަށް ފަރުވާ ދޭންޖެހިފައިވެއެވެ.

ދިރާސާއިން ދައްކާ ގޮތުގައި އެމެރިކާގެ ފްލޮރިޑާ އާއި ކޮލޮރާޑޯގައި ގެރި ބަކަރި ގެންގުޅޭ ދަނޑުތަކުގައި މަސައްކަތް ކުރާ މީހުންގެ 97 އިންސައްތަ މީހުންގެ ހަށިގަނޑުގައި އިންފުލުއެންޒާ ޑީ ވައިރަހުގެ އެންޓިބޮޑީ އެކުލެވެއެވެ. މީގެ މާނައަކީ އެމީހުންގެ އުމުރުގެ ކޮންމެވެސް މަރުހަލާއެއްގައި އެމީހުންގެ ހަށިގަނޑަށް އެ ވައިރަސް އެތެރެވެފައިވެއެވެ.

ނަމަވެސް ޗައިނާގައި ދާދި ފަހުން ވަނީ އިންފުލުއެންޒާ ޑީ ވައިރަހުގެ ބަދަލުވެފައިވާ ބާވަތެއްގެ ސަބަބުން ބަލިވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފައެވެ. މިއީ އިންސާނުންގެ ގައިން ގަޔަށް އެރުމުގެ ގާބިލުކަން ލިބިގެންވާ ވައިރަހެއް ކަމަށް ޗައިނާގެ ސައެންސްވެރިން ބުނެއެވެ.

މި ދެ ވައިރަހާ ބެހޭ ގޮތުން ދިރާސާތައް ހަދަމުން އަންނަ ސައެންސްވެރިން ބުނާ ގޮތުގައި، މި ދެ ވައިރަސް މިވަގުތު އިންސާނީ މުޖްތަމައުތަކުގައި ދަތުރުކުރަމުން ދަނީ ސިއްހީ ހިދުމަތްތެރިން ރާޑަރަށް ނާރައެވެ. ނަމަވެސް، އިންސާނުންގެ މެދުގައި މި ދެ ވައިރަސް ފެތުމަށް އެންމެ އެކަށޭނަ ގޮތަކަށް އިންސާނުން ވެށި ބަދަލުވަމުން އަންނަ ކަމަށް ވެސް ސައެންސްވެރިން ބުނެއެވެ.

ސައެންސްވެރިން ބުނާ ގޮތުގައި މި ދެ ވައިރަސްގެ ހާލަތު ވަޒަންކުރަމުން ދާ ނަމަ، އިންސާނުންގެ މެދުގައި މި ދެވައިރަސް، ވަބާއެއްގެ ގޮތުގައި ފެތުރިގަތުމުގެ ނުރައްކާ އޮތްކަން ކަށަވަރު ކުރެވޭނެއެވެ. އަދި މި ދެ ވައިރަހަކީ ވެސް އިންސާނުންގެ ނޭވާލާ ނިޒާމަށް ގެއްލުން ދޭނެ ދެ ވައިރަހަށް ވިޔަސް، މި ދެ ވައިރަހުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކަށް، ގައުމުތަކުގެ ސިއްހީ އިދާރާތައް ތައްޔާރުނުވާ ކަމަށް ވެސް ސައެންސްވެރިން ބުނެއެވެ.

ޔުނިވަސިޓީ އޮފް ޓެކްސަސްގެ ވަން ހެލްތު ރިސާޗް އެންޑް ޓްރެއިނިން ލެބޯރެޓަރީގެ ސައެންސްވެރިޔާ ގްރިގޮރީ ގްރޭ ވިދާޅުވާ ގޮތުގައި ކެނިން ކޮރޯނޯވައިރަހުގެ އާ ބާވަތެއް (CCoV-HuPn-2018) 2018 ވަނަ އަހަރު ވަނީ މެލޭޝިޔާއިން ފެނިފައެވެ. މި ވައިރަހުގެ އަސަރުކޮށްގެން 2018 ވަނަ އަހަރު މެލޭޝިޔާގައި ކުޑަކުއްޖަކަށް ފަރުވާ ދޭން ޖެހުނެވެ.

އޭގެ ފަހުން، ހަމަ މިބާވަތުގެ ކެނިން ކޮރޯނާވައިރަހުގެ އަސަރުކޮށްގެން ތައިލޭންޑާއި ވިއެޓްނާމް އަދި އެމެރިކާގެ އާކަންސަސްގައި ބައެއް މީހުންގެ ނޭވާލާ ނިޒާމަށް އުނދަގޫތަކެއް ކުރިމަތިވެ ފަރުވާ ދޭންޖެހުނެވެ. ސައެންސްވެރިން ބުނާ ގޮތުގައި މި ކަންކަމުން އެނގެނީ ކެނިން ކޮރޯނާވައިރަސް ތަފާތު ބާވަތްތައް، އެއް ބައްރުން އަނެއް ބައްރަށް ފެތުރެމުން އަންނަ ކަމެވެ. ވަބާއެއްގެ ސިފައިގައި ނުފެތުރުނަސް، މި ވައިރަހުގެ ނުރައްކާ އިންސާނުންގެ ތެރޭގައި އެބަ އޮތްކަން މިކަމުން ދޭހަވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox