ފަހު ސިކުންތުގައި ދަގަނޑޭ ޖެހި ޕެނަލްޓީން ނިއު އިން ޗެމްޕިއަން މާޒިިޔާއާ އެއްވަރު

Jan 29, 2026, 3:17 AM
ޕެނަލްޓީ ކާމިޔާބުކުރުމަށް ފަހު ދަަގަނޑޭ އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ޕެނަލްޓީ ކާމިޔާބުކުރުމަށް ފަހު ދަަގަނޑޭ އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ވެސް ޗެމްޕިއަންކަން ޔަގީންކޮށްފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަން ކޮޅަށް ފަހު ވަގުތު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކެޕްޓަން، އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުން ދެ ޓީމު 2-2 އިން އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗަށް ނިކުތްއިރު ވެސް މާޒިޔާ އަށް ވަނީ ލީގު ޗެމްޕިއަންކަން ޔަގީންވެފަ އެވެ. މާޒިޔާ އަށް ޖެހިޖެހިހެން ފަސް ވަނަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ކަށަވަރުވީ، ލީގުގެ ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބުން އިއްޔެ ހަވީރު ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުވުމުންނެވެ.

Advertisement

މާޒިޔާ އަށް ރޭގެ މެޗުގެ ކުރިން ނިއު އިން ވަނީ ގާޑް އޮފް އޮނާއެެއް ދީފަ އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި މާޒިޔާ އާއި ނިއު އަށް ވެސް ފުރަތަމަ ހާފުގައި ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެކަަމަކު، ދެ ވަނަ ހާުފުގެ ކުުޅުން ފެށިގެން ދެ މިނިޓް ތެރޭ، މާޒިޔާ އިން ލީޑުނެގި އެވެ. މިއީ، ނިއުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ، މާޒިޔާގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ފުރަތަމަ ގޯލު ޖެހިތާ އަށް މިިނިޓް ފަހުން، މާޒިޔާ އަށް ލީޑުފުޅާކޮށްދިނީ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) އެވެ. އެ ގޮތުން، ކޯނަރެއްގައި ހުރަސްވި ބޯޅައެއް ސަމުއްޓެ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މާޒިޔާގެ ސަމުއްޓެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ނިއު އިން މެޗުގެ ތެރެއަށް އެނބުރި އައުމަށްޓަކައި ކުރަމުން އައި މަސައްކަތުގައި ފުރަތަމަ ގޯލު ޖެހީ، މާޒިޔާ އިން ލީޑުފުޅާކުރިތާ ތިން މިނިޓް ފަހުންނެވެ. އެ ގޮތުން، މި ލަނޑު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް، އަލްހާޖީ ގޭރޯ އެވެ. މިއީ ކޯނަރަކުން ހުރަސްވި ބޯޅައަކުން ގޭރޯ ފުންމައިގެން އަރައި ބޮލުން ޖެހި ގޯލެކެެވެ.

މާޒިޔާ މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުގެ ތެރެއިން 10 ވަނަ މިނިޓްގައި ނިއު އަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ، މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އޭރިއާތެރެއިން ނިއުގެ ގޭރޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މެޗުގެ 82 ވަނަ މިނިޓްގައި ބަދަލަކަށް ކުޅެން އެރި ދަގަނޑޭ ވަނީ މި ޕެނަލްޓީ ވައްދާލައިފަ އެވެ. މިއީ، އެންމެ ފަހުން ދެ މެޗުގައި ބަދަލަކަށް ކުޅެން އަރައި ދަގަނޑޭ ޖެހި ތިން ވަނަ ގޯލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox