އިންތިހާބަށް ކުރިމަތިލާން އިތުރު 10 ދުވަސް ދޭން އެމްޑީޕީން އެދިއްޖެ

އަބްދުﷲ ވަހީދު: އިންތިހާބަށް ކުރިމަތިލުމުގައި އެމްޑީޕީއަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

އަބްދުﷲ ވަހީދު: އިންތިހާބަށް ކުރިމަތިލުމުގައި އެމްޑީޕީއަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން އިތުރު 10 ދުވަސް ދިނުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު އެދިއްޖެ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ކައުންސިލް އިންތިހާބަށް ހަމަޖައްސާފައިވާ ތަރުޖަމާން، ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގުތައް ގެއްލިދާނެ ކަންތައްތައް ދިމާވެ، އެހެނިހެން ދަތިތައް ދިމާވަމުންދާތީ ކެންޑިޑޭޓުންނަށް އިތުރު 10 ދުވަހުގެ އިތުރުކޮށްދޭން އެދޭ ކަމަށެވެ.

"މި މުއްދަތުގެ ތެރޭގައި ހަމައެކަނި އޮންލައިންކޮށް ހުށަހެޅުމަށްޓަކައި ޖާގަ ދީފައި އޮތުމަކީ މި އިންތިހާބަށް ގިނަ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގު ގެއްލިގެންދާނެ ކަމަކަށް އެބަ ފެނޭ. އެހެންވީމަ އަޅުގަނޑުމެން ވަރަށް އިހުލާސްތެރިކަމާއެކުގައި އިލެކްޝަނަށް ދަންނަވަން އޮތީ މި އިންތިހާބަށް ކުރިމަތިލުމަށްޓަކައި އިލެކްޝަނުގެ ފަރާތުން އިތުރު 10 ދުވަހުގެ މުއްދަތެއް ދިނުމަށް،" އޭނާ ވިދާޅުވި އެވެ.

Advertisement

ވަހީދު ވިދާޅުވީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ރެކޯޑު ސާފުކުރުމަށް މަސައްކަތްތައް ކުރަމުންދާއިރު ކަރެކްޝަނަލް ސާވިސް އާއި ޖުޑީޝަލް ސާވިސް އިން ރެކޯޑުތައް ސާފުކުރަން ލަސްތަކެއް ދިމާވާ ކަމަށެވެ.

އިންތިހާބަށް ގިނަ ބަޔަކު ކުރިމަތިލާނެކަން ދަނެ އެކަމަށް ބައެއް ތަންތަނުން ތައްޔާރުވެފައި ނެތް ކަމަށާއި ފޯމުތައް ޕްރޮސެސްކުރަން ހަތަރު ދުވަސްވެސް ނަގާ ކަމަށް ވަހީދު ވިދާޅުވި އެވެ.

"މި އިންތިހާބަށް ކުށުގެ ރެކޯޑު ސާފުކުރުމަށްޓަކައި މަސައްކަތް ކުރާއިރުގައި އެ ގުޅުންހުރި މުއައްސާތަކުން ހާއްސަކޮށް ކަރެކްޝަނަލް ސާވިސް އާއި ޖުޑީޝަލް ސާވިސް އިން އަޅުގަނޑުމެންނަށް އިންތިހާއަށް ލަސް އެބަވޭ. އެތަންތަން އިންތިހާބަށް ތައްޔާރުވެފައި އޮތް ކަމަށް ލަފައެއް ނުކުރެވޭ. ވާންޖެހޭ ތައްޔާރީތައް ވެފައޮތް ކަމަށް ލަފައެއް ނުކުރެވޭ،" އެނާ ވިދާޅުވި އެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ އިންތިހާބަށް ކުރިމަތިލާން 16 ދުވަސް ދިންއިރު، އޭގެއިން ފަސްވަރަކަށް ދުވަސް ރެކޯޑުތައް ސާފުކުރަމަށް ހޭދަވާ ކަމަށެވެ. އަދި ފޯމުތައް ރިޖެކްޓްވާތީ އެކަމާ ގުޅިގެން ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ވަހީދު ވިދާޅުވީ އިންތިހާބަށް ކުރިމަަތިލުމުގެ މުއްދަތު އިލެކްޝަނުން އިތުރުކޮށްނުދީފިނަމަ އެހެން ވަސީލަތްތައް މެދުވެރިކޮށް ހައްގު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިންތިހާބަށް ކުރިމަތިލުމުގައި އެމްޑީޕީއަށް ދިމާވާ ދަތިތަކާ ގުޅިގެން އޮންލައިންކޮށް ފޯމުލެވުމުގެ އިތުރުން މެނުއަލްކޮށް ވެސް ފޯމު ލެވޭނެ އިންތިޒާމު ހަމަޖައްސަން އެ ޕާޓީން ކުރިން ގޮވާލި އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ފެބްރުއަރީ 1، ވާ އާދީއްތަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.

މި އަހަރު އިންތިހާބަށް ކުރިމަތިލާ މީހުން ހުރިހާ ލިޔެކިޔުންތަކާއި، އިދާރީ ފީ ދައްކަން މިފަހަރު ޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ހުށަހެޅުންތަކާމެދު ނިންމި ގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަނުން އަންގާނީ ވެސް ޕޯޓަލް މެދުވެރިކޮށެވެ.

އެޕްރީލް 4، ގައި ބާއްވާ އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox