ބްލެކް ޕިންކްގެ ތަރި ލިސާ އިސްތިހާރު ކުރާ "ޑެންޓިސްޓޭ" ދަތް އުނގުޅާ ބޭސް ރާއްޖެއަށް

Jan 28, 2026, 5:41 AM
ކޭ-ޕޮޕް ބޭންޑް, ބްލެކް ޕިންކްގެ ތަރި، ލިސާ

ކޭ-ޕޮޕް ބޭންޑް, ބްލެކް ޕިންކްގެ ތަރި، ލިސާ

ދަތްތަކުގެ ހުދުކަމާއި އަނގައިގެ ތާޒާކަމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދޭ ކަމެކެވެ. މިކަމަށް އޮތް އެންމެ ފުރިހަމަ އެއް ހައްލަކީ ގުދުރަތީ މާއްދާތަކުން މުއްސަނދިވެފައިވާ "ޑެންޓިސްޓޭ ޕްރީމިއަމް ނެޗުރަލް ވައިޓް" ދަތް އުނގުޅާ ބޭހެވެ.

މި އުފެއްދުމުގެ ބްރޭންޑް އެމްބަސެޑަރަކީ ދުނިޔޭގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑް 'ބްލެކްޕިންކް' ގެ ތަރި، ލަލީސާ މަނޯބާލް (ލިސާ) އެވެ. އޭނާ ވަނީ "ޑެންޓިސްޓޭ" އާއެކު އޮތް ޕާޓްނަޝިޕް ވިދިވިދިގެން ހަތަރުވަނަ އަހަރަކަށް އާކޮށްފައެވެ.

މި ދަތް އުނގުޅާ ބޭހަކީ ދަތްތަކަށް ގެއްލުން ނުލިބޭނޭހެން، ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން ދަތްތައް ހުދުކޮށްދިނުމަށް ހާއްސަކޮށް އުފައްދާފައިވާ އެއްޗެކެވެ.

Advertisement

މި އުފެއްދުމުގެ އެންމެ ހާއްސަ އެއް ކަމަކީ ދަތްތަކަށް ގެއްލުންދޭ ބާރުގަދަ ކެމިކަލްތަކާ ނުލައި ދަތްތައް ހުދުކޮށްދިނުމެވެ. މީގެ އިތުރުން އަނގަޔަށް މީރުވަސް ގެނެސްދީ، ތާޒާކަންމަތީ ހުރުމަށް އެހީތެރިވުމެވެ.

މީގެ 50 ގްރާމްގެ ކުޑަ ޓިއުބަކީ ކޮންމެ ތަނަކަށް ދާއިރުވެސް ގެންގުޅެން ފަސޭހަ އުފެއްދުމެކެވެ.

"ޑެންޓިސްޓޭ ޕްރީމިއަމް ނެޗުރަލް ވައިޓް" އާއެކު ހިނިތުންވުމަށް އިތުރު ފުރިހަމަކަމެއް ގެންނާށެވެ. މި ބޭސް އެތެރެކޮށް ވަނީ ވެސްޓްރޭޓުންނެވެ. ވެސްޓްރޭޑު ހުންނާނީ އަމީރުއަހުމަދު މަގު (ނަސަންދުރާއާ ކައިރީގައި) ކައިރީގަ އެވެ. މި އުފެއްދުންތައް ވެސްޓްރޭޑުގެ ފިހާރަ، އައިޑިއާގެ އިތުރުން މާލޭގެ ސުޕް މާޓުތަކާއި އެހެން ބައެއް ފިހާރަތަކުން ވެސް ލިބޭނެ އެވެ.

އައިޑިއާ ފިހާރަ ހުންނާނީ މަޖީދީމަގު (ސީކްރެޓް ރެސިޕީ ކައިރީގައި) ގަ އާއި ހުޅުމާލޭ ވިނަރެސް ފްލެޓުގެ އަދި ފުވައްމުލަކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox