މެންބަރު ސިނާނުގެ މައްސަލައިގެ އަޑުއެހުންތައް ނިމުނުތާ ހަ މަސްދުވަސް، ހުކުމް އިއްވާ މަޖިލިސް ތާވަލެއް ނުކުރޭ!

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ސިނާން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ސިނާން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ނިމުނުތާ ހަ މަސްދުވަސްވެއްޖެ އެވެ.

ސިނާނުގެ ގޮނޑި ގެއްލުނު ކަމަށް ބުނެ މައްސަލައެއް ހުށަހެޅީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ޖުލައި މަހު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ. އެހެންނަމަވެސް، އެންމެފަހުގެ އަޑުއެހުން ނިމުނުތާ ހަ މަސްދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެ މައްސަލައިގެ ހުކުމް އިއްވާ މަޖިލިސް އަދިވެސް ތާވަލެއް ނުކުރެ އެވެ.

އެ މައްސަލައިގައި ހިތަދޫ ކޯޓުން އޮކްޓޯބަރު، 2024، ގައި ހުކުމް ކުރީ ހަ މަހަށް ބަހާލައިގެން 2.5 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެ ހުކުމް އިއްވީ ސިނާނުގެ ޣައިރު ހާޒިރުގަ އެވެ. ސިނާނުގެ ވަކީލު ކޯޓުގައި ވިދާޅުވި ގޮތުން ނަމަ، ސިނާނަށް މި ހުކުމެއް އޮތް ކަން އެނގުނީ އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން އެމްއައިބީން ކޯޓަށް ތަންފީޒީ މައްސަލަ ހުށަހެޅުމުންނެވެ.

އެ މައްސަލައިގައި ބާއްވާފައި ވަނީ ދެ އަޑުއެހުމެކެވެ. އެ މައްސަލައިގައި އެންމެ ފަހު އަޑުއެހުން ބާއްވާފައި ވަނީ ޖުލައި 13، 2025، ގަ އެވެ.

ފުރަތަމަ ބޭއްވި އަޑުއެހުމުގައި މެންބަރު ސިނާނު ވަނީ މި މައްސަލައިގައި ހުކުމް ކުރި ކަމާއި ތަންފީޒީ މައްސަލަ ހުށަހެޅިކަން ނޭނގޭ ކަމަށް ބުނެ ދިފާއު ނަންގަވައިފަ އެވެ.

ދެވަނަ އަޑުއެހުމުގައި ސިނާނުގެ ވަކީލު މޫސާ އާލިމް ވިދާޅުވީ، މި މައްސަލައިގައި ހުކުމް ކުރިކަން ސިނާނަށް އެނގުނީ މިދިޔަ އަހަރުގެ ޖެނުއަރީ 22، ގައި ކަމަށެވެ. އަދި، މި ހުކުމް ކުރިކަން އެނގުމާ އެކު މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާ މުއާމަލާތްކޮށް، ފައިސާ ދައްކާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އައިސް، އެ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ސިނާނުގެ ފަރާތުން ކޯޓަށް މައުލޫމާތު ދީފައި ވެ އެވެ.

ނަމަވެސް، ހިތަދޫ ކޯޓުން ހުކުމް ކުރި ދުވަހު އެމްއައިބީން ވަނީ ސިނާނަށް އެ ހުކުމް ވައިބާއިން ފޮނުވައިފަ އެވެ. އެމްއައިބީން ހުކުމާ އެކީ ފޮނުވި މެސެޖުގައި ވަނީ "މޯލްޑިވްސް އިސްލާމިކް ބޭންކް އިން ދައުވާކުރި މައްސަލަ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާތީ ޝަރީއަތް ނިމުނު ގޮތް ފޮނުވިން" މިހެން ލިޔެ، މެސެޖު ލިބުނުކަން ހިއްސާކޮށްދޭން އެދިފަ އެވެ. މި މެސެޖު ފޮނުވިތާ ގަޑިއިރެއް ނުވަނީސް "ގޮޓް ތެންކް ޔޫ" ޖަހާފައި މި މެސެޖަށް ސިނާނު ރިޕްލައިކޮށްފައިވެ އެވެ.

އޭގެއިތުރުން ވެސް އެ މައްސަލަ ހުށަހެޅި ގާލިބުގެ ވަކީލު ވަނީ ދިފާއުގައި ނެގި ނުކުތާތަކާ ދެކޮޅަށް ގިނަ ކަންކަން ފާހަގަކުރައްވައިފަ އެވެ. އަދި ނޭނގުމަކީ ހުއްޖަތެއް ނޫން ކަމަށް ފާހަގަކުރައްވައި، ގާނޫނު އަސާސީގައި ބުނާ މެންބަރުކަމުގެ ޝަރުތެއް ސިނާނުގެ ކިބައިން އުނިވެފައިވާ ކަން ސާފުވާ ކަމަށް އޭނާ ކޯޓުގައި ވިދާޅުވި އެވެ.

އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. މި މައްސަލަ ސިނާނާ ދެކޮޅަށް ސާބިތުވެއްޖެ ނަމަ އޭނާ ވެގެން ދާނީ ސާބިތު ދަރަންޏެއްގެ މައްސަލަ ސާބިތުވެ ގޮނޑި ގެއްލޭ ދެ ވަނަ މެންބަރަށެވެ. މިގޮތަށް ކުރިން ގޮނޑި ގެއްލުނީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތޮފާގެ އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox