ހުސް ބަނޑާ ކޮފީ ނުބޯށޭ!

Jan 26, 2026, 10:12 AM
ހުސް ބަނޑާ ކޮފީ ނުބޯށޭ!

ހެނދުނުގެ ނާސްތާގެ ކުރިން ކޮފީ ތައްޓެއް ބޮއެލުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. އެހެންކަމުން މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ މީހުން ބޭނުންކުރާ ބުއިމުގެ ގޮތުގައި މަޝްހޫރުވެފައި އޮންނަނީ ވެސް ކޮފީއެވެ. ބައެއް މީހުން ކިރު އަޅައިގެން ކިރު ކޮފީއެވެ. އަނެއް ބަޔަކު ކިރެއް ހަކުރެއް ނާޅައި ކަޅު ކޮފީއެވެ. އަނެއް ބަޔަކު ހަކުރު އަޅައިގެން ކަޅު ކޮފީ އެވެ.

ގިނަ މީހުން ހެނދުނު ކޮފީ ބޮނީ ހުސް ގޮހޮރާ ހުރެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އެކަމުގެ ސަބަބުން މާ ބޮޑު ސިއްހީ އެހެން އުނދަގުލެއް (ސައިޑް އިފެކްޓެއް) ނުލިބެއެވެ. ނަމަވެސް ބައެއް މީހުންނަށް އެކަމުގެ ސަބަބުން، ހަޖަމުކުރުމުގެ ނިޒާމުގެ ތެރެއިން ބައެއް އުނދަގޫތައް ކުރިމަތިވެއެވެ. އޭގެ ތެރޭގައި ބަނޑުގައި ވައި ނުވަތަ ގޭސް އުފެދި މަތިންއަރާ ބަލި ޖެހޭ ގޮތް މެދުވެރިވެއެވެ. އެކަމުގެ ސަބަބުން މެއިން ދިލަނަގާ ގޮތް (މޭ އެންދުން) މެދުވެރިވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ހެނދުނު ހުސް ބަނޑާ ހުރެ ކޮފީ ބުއިމުން، މައިދާގައި ގޭސް އުފެދޭ މިންވަރު މަތިވުމަށް މަގު ފަހިވެއެވެ. ބަޑުގައި ގޭސް ގިނަވުމުން، ބަނޑުގައި ހުންނަ ގޭސްތައް މައްޗަށް އަރައި ކާތަކެތި ހިނގާހޮޅިއަށް ވާޞިލްވުމުން ކާތަކެތި ހިނގާހޮޅީގެ އެތެރޭގެ ބަތާނަފަށަށް އުނދަގޫވެ، މޭ އެންދުމުގެ މައްސަލަ ކުރިމަތިވެދާނެއެވެ. ބަނޑުގައި ހުންނަ ގޭސްތައް ކާތަކެތި ހިނގާހޮޅިއަށް (Esophagus) އެރުމުން، މޭ އެންދުމުގެ މައްސަލަ ކުރިމަތިވެއެވެ.

Advertisement

ކޮފީގައި އެކުލެވޭ ކެފޭންއަކީ ގޮހޮރާއި ކާތަކެތި ހިނގާ ހޮޅި ގުޅުވައިދޭ ދޮރާށި ނުވަތަ ކާތަކެތި ހިނގާހޮޅީގެ ނިމޭ ހިސާބުގައި ވަށްބުރަށް އިންނަ ވަކަ މަސްކޮޅު (lower esophageal sphincter)ގެ ބާރު ދަށްކޮށްލާ މާއްދާއެކެވެ. ވޭލެއްގެ ގޮތުގައި މަސައްކަތް ކުރާ މި މަސްކޮޅުގެ ބާރު ދަށްވުމުން، ލެއްޕިފައި އިންނަން ޖެހޭ އެ ވޭލު ހުޅުވިފައި ހުންނަ ގޮތް މެދުވެރިވެ، ގޮހޮރުގައި ހުންނަ ގޭސްތައް ކާތަކެތި ހިނގާ ހޮޅިއަށް އަރާ ގޮތްވެއެވެ.

އެހެންކަމުން، ބަނޑުގައި ވައި ހެދުމުގެ މައްސަލަ (gastroesophageal reflux disease (GERD)) ކުރިމަތިވާ މީހުން، ހެނދުނު ހުސް ބަނޑާ ހުރެ ކޮފީ ބޯ ނަމަ، އެކަމާ މެދު އިތުރަށް ވިސްނަން ޖެހެއެވެ.

ކެފޭންއަކީ އޭގެ ޒާތުގައި، އިންސާނުންގެ ބައެއް ކަހަލަ އިހްސާސްތައް މަތިކޮށްދޭ ގުދުރަތީ މާއްދާއަކަށް ވުމުން، ހުސް ބަނޑާ ހުރެ ކޮފީ ބުއިމުން ހާސްވެ ކަންބޮޑުވުމުގެ (anxiety) ހާލަތު މެދުވެރިވުމާއި، ކަންކަމާ މާ އަވަހަށް ފިކުރު ބޮޑުވާ ގޮތް (nervous) މެދުވެރިވެއެވެ. މި ގޮތް މެދުވެރިވަނީ، ހުސް ބަނޑާ ހުރެ ކޮފީ ބުއިމުން، ކެފޭގައި އެކުލެވޭ ކެފޭންގެ މާއްދާ، ލޭގެ ތެރެއަށް ދަމައިގަންނަ މިންވަރު އަވަސްވުމުންނެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ކެފޭންގެ ސަބަބުން މެދުވެރިވާ މި ފަދަ މައްސަލަތައް މަދުކުރުމަށްޓަކައި، ކޮފީ ބޯން ވާނީ ކޮންމެވެސް އެހެން ކާނާއަކާ އެކުގައެވެ. ހަށިގަނޑުގައި ކެފޭންގެ މިންވަރު އިތުރުވުމުން، ހާސްވެ ކަންބޮޑުވުމާއި، ހިތުގެ ވިންދު އަވަސްވުމާއި، ބޮލުގައި ރިއްސުމާއި، ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ވެސް ކުރިމަތިވެދާނެ އެވެ. ހާއްސަކޮށް، ދުވާލަކު ހަ ޖޯޑަށް ވުރެ ގިނައިން ކޮފީ ބޯ މީހުންނަށް މި ނުރައްކާތައް ބޮޑެވެ.

އެހެންކަމުން ޑޮކްޓަރުން އިރުޝާދު ދެއްވަނީ، ދުވާލަކު ކެފޭން ބޭނުންކުރާ މިންވަރު 400 މިލިގުރާމްގައި ހިފެހެއްޓުމަށެވެ. އެއީ އާދައިގެ ކުޑަ ޖޯޑުގެ ފަސް ވަރަކަށް ޖޯޑު ކޮފީއެވެ. ކެފޭންގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކަށް ބަލައި، ރޭގަނޑު ނިދަން އޮށޯންނަމުން، ކޮފީ ނުބުއިމަށް ވެސް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. ސަބަބަކީ ހަތް ގަޑިއިރު ވަންދެން ކެފޭންގެ އަސަރު ލޭގެ ތެރޭގައި ދައުރުވަމުން ދާނެތީއެވެ.

މީގެ އިތުރުން މާބަނޑު ދުވަސްވަރު މައިމީހާ ކޮފީ ބުއިމުން، ބަނޑުގައި އޮންނަ ކުޑަ ދަރިފުޅަށް ވެސް، ރަހިމުގައި އޮންނަ ވާމަސް ނުވަތަ މަސް (placenta)ގެ ޒަރީއާއިން ކެފޭންގެ އަސަރު ކުރެއެވެ. އެހެންކަމުން ދުޅަހެޔޮ ދަރިއަކަށް އިންތިޒާރުކުރާ މައިން، މާބަނޑު ދުވަސްވަރު ކޮފީއާ ދުރުވުން ބުއްދިވެރިއެވެ. ކޮފީ ނުބޮއެ ނުހުރެވޭ ނަމަ ދުވާލަކު 1-2 ޖޯޑު ކޮފީން ފުއްދައިލުން މުހިންމެވެ.

ހުސް ބަނޑާ ހުރެ ކޮފީ ބުއިމުން، ހަޖަމުކުރުމުގެ ނިޒާމަށް ވެސް ބުރޫ އަރައެވެ. މިހެންވުމުން، ބަނޑުގައި ވައި އުފެދި ބަނޑު ފުއްޕުމުގެ މައްސަލަ (bloating) އާއި އަކުނިވަޔަށް ދެމުމާއި (cramps) މޭނުބައި ކުރުމާއި (nausea) މޭ އެންދުމާއި (heartburn) ބޭރަށްހިންގުން (diarrhea) މެދުވެރިވެއެވެ.

ހޯމޯންތަކަށް ބަދަލުތައް އައުމަކީ ވެސް، ހުސް ބަނޑާ ކޮފީ ބުއިމުން މެދުވެރިވާ ކަމެކެވެ. ކެފެއިން އަކީ ހަށިގަނޑުގައި ކޯޓިސޯލް ކިޔާ ހޯމޯން އުފައްދާ މިންވަރު އިތުރުވާ ކަމެކެވެ. މިހާލަތު މެދުވެރިވުމަށް ހޯމޯން ސްޓްރެސް (stress hormone) ކިޔައެވެ. ކޯޓިސޯލް ހޯމޯނަކީ ހަށިގަނޑުގައި ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވައިދީ ހަށިގަނޑުގައި އުފެދޭ ދުޅަތައް ތިރިކޮށްދީ ކާނާއިން ހަކަތަ އުފައްދައިދިނުމުގެ މަސައްކަތް (metabolism) ވިލަރެސްކުރުމުގެ މޭސްތިރިޔާއެވެ.

ނަމަވެސް މި ހޯމޯން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ އިތުރުވާ ހާލަތުގައި، ހާސްވެ ކަންބޮޑުވުމާއި (anxiety) ނިދަން އުނދަގޫވުމުގެ މައްސަލަ ވެސް ކުރިމަތިވެއެވެ. ދާއިމީ ގޮތެއްގައި މި ބާވަތުގެ ހޯމޯން ހަށިގަނޑުގައި އިތުރުވެފައި ހުންނަ ނަމަ، ހިތުގެ ބަލިތައް ޖެހި، ކަށި ފީވުމުގެ މައްސަލަ ވެސް ކުރިމަތިވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox