މޭޔަރަކަށް ޖަލީލު ހޮވުމަކީ ނުރައްކަލެއް، އެކަމާ ދެކޮޅު ހަދަންޖެހޭ: ޝުޖާއު

ރައީސް މުއިއްޒު އާއި ޕީއެންސީ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލް. -- ފޮޓޯ: ޕީއެންސީ

ރައީސް މުއިއްޒު އާއި ޕީއެންސީ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލް. -- ފޮޓޯ: ޕީއެންސީ

މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދާއެކު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ކުރިމަތިލެއްވުމަކީ މާލޭ ސިޓީ ކައުންސިލަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ސިފަ ކުރައްވައިފި އެވެ.

ޝުޖާއު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލީލަކީ ރައީސް މުއިއްޒުގެ އިހުތިޔާރެއް ނަމަ، މާލޭ ސިޓީ ކައުންސިލަށް އެންމެ ފައިދާހުރި ގޮތަކީ އެކަމާ ދެކޮޅު ހެދުން ކަމަށެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، މި ނިންމުމާ ދެކޮޅު ހަދަންޖެހޭ މައިގަނޑު ސަބަބަކީ ރައީސް މުއިއްޒުގެ މަސްލަހަތު ފުށުއަރާ އެތައް މައްސަލައެއް މިހާރުވެސް ސިޓީ ކައުންސިލްގެ ތެރޭގައި ހުރުމެވެ. ޖަލީލު އެ މަގާމަށް ގެނައުމުގެ އަސްލު ބޭނުމަކީ އެފަދަ މައްސަލަތައް އޮއްބާލުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ޖަލީލުގެ މައިގަނޑު މަސައްކަތަކަށް އޮންނާނީ އެކަންތައްތައް (ރައީސް މުއިއްޒުގެ މަސްލަހަތު ހުރި މައްސަލަތައް) ހިމާޔަތްކުރުން،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ މި ވާހަކަތަކުން ދޭހަވަނީ، ސަރުކާރުގެ ނުފޫޒު އޮތް ބޭފުޅަކު މޭޔަރުކަމަށް އައުމަކީ، ކައުންސިލުން މިނިވަންކަމާއެކު މައްސަލަތައް ބެލުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ހުރަހެއް ކަމަށެވެ. ހާއްސަކޮށް، ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސްގެ ދައުރުގައި ހިނގާފައިވާ ކަންކަން ތަހުގީގު ކުރުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމުގެ ބިރު އޭނާ ވަނީ ފާޅުކުރައްވާފައެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން ރައީސް އޮފީހުން ނުވަތަ ޖަލީލުގެ ފަރާތުން އަދި އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.

މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފެންމަތިވި އެވެ.

އޭރު ފެންމަތިވި މައްސަލަތަކުގެ ތެރޭގައި މާލޭގެ މަގުމަތީގެ ޕާކިން ސްލޮޓުތަކަށް ފައިސާ ނަގައިގެން ވިއްކުމާއި، މާލޭގެ އަގުބޮޑެތި ބިންތަކުން ރިޝްވަތު ނަގައި، ކުޑަ އަގެއްގައި ދޫކުރުމުގެ ތުހުމަތު ހިމެނެއެވެ. އަދި ގަސް ގަތުމުގެ ނަމުގައި ބޮޑު އިސްރާފެއް ނުވަތަ ވައްކަމެއް ކުރުމާއި، ވިލިމާލޭގައި ދުއްވަން ގެނައި ބަގީތަކުގެ މައްސަލައާއި، ސިޓީ ކައުންސިލަށް ނުފޫޒުގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ވެއްދި މައްސަލަވެސް ހިމެނެއެވެ.

މީގެ ތެރެއިން ބައެއް މައްސަލަތައް އޭސީސީން ބަލަން ފެށިނަމަވެސް، މައްސަލަތައް ކުރިއަށް ގެންދާ މިންވަރު ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox