ޔުނައިޓެޑުން ގޮސް އާސެނަލް ދަނޑުގައި އެ ޓީމު ބަލިކޮށްފި

Jan 26, 2026, 1:41 AM
ޔުނައިޓެޑުން ގޮސް އާސެނަލް ދަނޑުގައި އެ ޓީމު ބަލިކޮށްފި

ލަންޑަން (ޖެނުއަރީ 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން އާސެނަލް ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެ 3-2 އިން މޮޅުވެއްޖެ އެވެ.

ރުބެން އަމޮރިމް ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށް، ފުރަތަމަ ގެނައި، ވަގުތީ ކޯޗު ޑަރެން ފްލެޗާ އަށް ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެވުނެވެ. އޭގެ ފަހުން، ހަވާލުވި، ވަގުތީ ކޯޗު، މައިކަލް ކެރިކް ހަވާލުވި ފަހުން ޔުނައިޓެޑުން މި ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާއި ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ބަލިކޮށްފަ އެވެ.

އާސެނަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ނުކުތް ނަތީޖާ އަށް ފަހު، އެއް ވަަނައިގައި އެ ޓީމުގެ ލީޑު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބުނު އާސެނަލް އެއް ވަަނައިގައި އޮތީ 23 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އާއި ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 23 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ. ވިލާ އިން ރޭ ވަނީ ނިއުކާސަލް އަތުން 2-0 އިން ކުރިހޯދައި، 21 އަހަރު ތެރޭ ނިއުކާސަލް ދަނޑުގައި ފުރަަތަމަ ފަހަރަށް މޮޅުވެފަ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލުން ރޭ ލީޑުނެގީ 29 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ލިސަންދްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެކަމަކު، އާސެނަލްގެ މާޓިން ޒުބިމެންޑީ އަތުން ހެދުނު ގޯހެއްގައި، ބްރަޔާން އެމްބެއުމޯ ވަނީ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި ޕެޓްރިކް ޑޯގޫ އޭރިއާ ބޭރުން ޖެހި ހިތްގައިމު ގޯލަކުން، ޔުނައިޓެޑުން އެއްވަރުކުރިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ހުއްޓައި، ކޯނަރެއްގައި ތަނަވަސްވި ފުރުސަތަކުން، މިކޭލް މެރީނޯ އާސެނަލަށް އެއްވަރުކޮށްދިނެވެ.

ބަދަލަކަށް ކުޅެން އެރި މަޓެއުސް ކޫންޏާ ވަނީ، އޭރިއާބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން، 87 ވަނަ މިނިޓްގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ.

މި ނަތީޖާއާ އެކު، ޔުނައިޓެޑް ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. ކްރިސްޓަލް ޕެލަސް ދަނޑުގައި ރޭ 3-1 އިން މޮޅުވި، ޗެލްސީ ވަނީ ފަސް ވަނަ އަށް އަރައިފަ އެވެ. ޔުނައިޓެޑަށް 23 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 23 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނަ އަށް ވެއްޓުނު ލިވަޕޫލްގެ 23 މެޗުން އޮތީ 36 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox