ޓީ20 ވޯލްޑް ކަޕް ކުޅެން އިންޑިއާ އަށް ނުދާން ނިންމި ނިންމުން ބަންގްލަދޭޝް އިން ފައިނަލްކޮށްފި

Jan 23, 2026, 3:40 AM
ބަންގްލަދޭޝްގެ ކްރިކެޓް ބޯޑުގެ ރަައީސް، އަމީނުލް އިސްލާމް ބުލްބުލް

ބަންގްލަދޭޝްގެ ކްރިކެޓް ބޯޑުގެ ރަައީސް، އަމީނުލް އިސްލާމް ބުލްބުލް

ޑާކާ، ބަންގްލަދޭޝް (ޖެނުއަރީ 23) - އަންނަ މަހު ސްރީ ލަންކާ އާއި އިންޑިއާގައި ކުޅެން ނިންމާފައިވާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ބަންގްލަދޭޝްގެ މެޗުތައް ކުޅެން އިންޑިއާ އަށް ނުދާން ނިންމި ނިންމުން އެއީ ފަހުގެ ނިންމުން ކަމަށް ބަންގްލަދޭޝްގެ ކްރިކެޓް ބޯޑުގެ ރަައީސް، އަމީނުލް އިސްލާމް ބުލްބުލް ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާޗް އަށް ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ހޯސްޓްކުރަނީ އިންޑިއާ އާއި ލަންކާގަ އެވެ. ޕާކިސްތާނެކޭ އެއްގޮތަށް ބަންގްލަދޭޝް އިން ވެސް އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅޭ ގޮތަށް ހަދައިދޭން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އަށް ހުށަހެޅި ނަމަވެސް އެ ޕްރޮޕޯސަލް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

މީގެ އިތުރުން، އައިސީސީން ފަހުން އަންގާފައިވަނީ، އިންޑިއާ އަށް މެޗުތައް ކުޅެން ބަންގްލަދޭޝަށް ނުދެވޭނަމަ، އެ ޓީމަށް މުބާރާތުގެ ފުރުސަތު ގެއްލި އެހެން ޓީމަކަށް އެ ޖާގަ ދޭނެ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން އެ ފުރުސަތު ދޭން އޮތީ ސްކޮޓްލެންޑަށެވެ.

Advertisement

ބަންގްލަދޭޝްގެ މީޑިއާ އަކަށް އެ ގައުމުގެ ކްރިކެޓް ބޯޑުގެ ރައީސް، އަމީނުލް އިސްލާމް ވިދާޅުވީ، ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ކުޅުމާ މެދު އެންމެ ފަހުގެ ގޮތެއް ކަނޑައެޅުމަށްޓަކައި، އައިސީސީ އަށް ދޭން ޖެހޭ ފައިނަލް ޖަވާބެއް ނިންމަން ސަރުކާރާ އެކު މަޝްވަރާކުރާނެ ކަމަށެެވެ. އެ ގޮތުން، އައިސީސީން ފުރަތަމަ ދިން 24 ގަޑިއިރު ބުދަ ދުވަހުގެ ނިޔަލަށް ހަަމަވިއިރު، އަމީނުލް އިސްލާމް އެދިވަޑައިގެން، އިތުރު ވަގުތުތަކެއް އައިސީސީން ވަނީ ދީފަ އެވެ.

ސަރުކާރާ މަޝްވަރާ ކުރުމަށް ފަހު، ބަންގްލަދޭޝްގެ މީޑިއާ އަށް ބުލްބުލް ވިދާޅުވީ، ބަންގްލަދޭޝް އިން އައިސީސީ އަށް ކުރާނެ ހަމައެކަނި ޑިމާންޑަކީ، ވޯލްޑް ކަޕް ކުޅެން ބޭނުންވާ ކަމަށާއި އެކަމަކު މެޗުތައް އިންޑިއާގައި ނުކުޅޭނެ ކަމަށެވެ.

"އަހަރެމެން ކުރިން ވެސް ހުށަހެޅި ގޮތަށް، ސްރީ ލަންކާގައި މެޗުތައް ކުޅެން ހުށަހަޅާނަން. ތެދެއް، އެ މީހުން (އައިސީސީން) އަހަރެމެންނަށް 24 ގަޑިއިރު ދީފައި އޮތީ ގޮތެއް ނިންމަން. އެކަމަކު އެއީ ދުނިޔޭގެ ފެޑެރޭޝަނަކުން ކަން ކޮށްގެން ވާނެ ގޮތެއް ނޫން. ބަންގްލަދޭޝް ވަކިކޮށްފިނަމަ، 200 މިލިއަން މީހުން ވޯލްޑް ކަޕް ނުބަލާނެ މިއީ އެ މީހުންނަށް ލިބޭނެ ގެއްލުމެއް،" ބުލްބުލް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ސަރުކާރުގެ ކުޅިވަރު ވުޒާރާގެ އެޑްވައިޒަރު، އާސިފް ނަޒްރުލް ވަނީ ބަންގްލަދޭޝް ކްރިކެޓް ފެޑެރޭޝަންގެ އެ ނިންމުމަށް މަރުހަބާ ކިޔައިފައެވެ.

ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް ކުޅޭ ހަތަރު މެޗެއް އޮތީ އިންޑިއާގައި ކުޅެން ތާވަލުކޮށްފަ އެވެ.

ބަންގްލަދޭޝް އިން އިންޑިއާ އަށް މެޗު ކުޅެން ނުދާގޮތަށް ނިންމި ނިންމުމަށް އަމަލުކުރަން ނިންމީ، ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ކުރިއަށް އޮތް ސީޒަނަށް ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އިން ގަތް، ބަންގްލަދޭޝްގެ މުސްތަފިޒުރް ރަހްމާން، އެ ޓީމުން ބާކީ ކުރަން އިންޑިއާގެ ކްރިކެޓް ބޯޑު، ބީސީސީއައި އިން އަންގައިގެން، އެ ގޮތަށް އަމަލުކުރުމުންނެވެ. ކުރިއަށް އޮތް އައިޕީއެލް ސީޒަނަށް، މިދިޔަ މަހުގެ އޯކްޝަނުގައި، ކޭކޭއާރް އިން މުސްތަފިޒުރް ގަތީ އެއް ލައްކަ ޑޮލަރު ދީފަ އެވެ.

ޖުމްލަ އެކު، 20 ޓީމު ވާދަކުރާ ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާ، ޕާކިސްތާން، އެމެރިކާ، ނަމީބިއާ އަދި ނެދަލެންޑްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮސްޓްރޭލިއާ، ސްރީ ލަންކާ، ޒިމްބާބްވޭ، އޮމާން އަދި އަޔަލެންޑް އެވެ. ގްރޫޕް ސީގައި، މުޅިން އަލަށް ވޯލްޑް ކަަޕަށް ކޮލިފައިވި އިޓަލީން ވާދަކުރާނީ ނޭޕާލާއި ބަންގްލަދޭޝާއި ވެސްޓް އިންޑީސް އަދި އިންގްލެންޑް އެވެ. އަދި، ގްރޫޕް ޑީގައި ހިމެނެނީ، ނިއު ޒީލެންޑާއި ދެކުނު އެފްރިކާ، އަފްގާނިސްތާން، ކެނަޑާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.

ބަންގްލަދޭޝް މުބާރާތުން ވަކިކުރަން ނިންމައިފިނަަމަ، ސްކޮޓްލެންޑަށް އެ ޖާގަ ލިބެނީ، ވޯލްޑް ކަޕަށް ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން އެންމެ ރޭންކިން ރަނގަޅު ޓީމު ކަމަށްވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox