އާއިލީ ޗުއްޓީއަކަށް ސްރީލަންކާ؛ ޒިޔާރަތްކުރަން ރަނގަޅު ތަންތަނާއި ހަރަކާތްތައް

Dec 31, 2025, 3:40 AM
ސްރީ ލަންކާ

ސްރީ ލަންކާ

ދަތުރެއް ރާވާލާއިރު އާއިލާގެ އެންމެންގެ ހިތްހަމަޖެހުން އެއްތަނަކުން ލިބޭނެ މަންޒިލެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް، ގުދުރަތީ ރީތިކަމާއި، ތާރީހީ ބިނާތަކާއި، އަދި ޒަމާނީ ކުޅިވަރުތަކުން ފުރިގެންވާ ސްރީލަންކާއަކީ ކޮންމެ އުމުރުފުރައެއްގެ ކަމުދާނެ މަންޒިލެކެވެ. ކުޑަކުދިންގެ ހިނިތުންވުމުން ފެށިގެން ބޮޑެތިމީހުންގެ ހިތްހަމަޖެހުމާ ހަމައަށް، ލަންކާގެ ކޮންމެ ސިޓީއަކުން ތަޖުރިބާކުރެވޭނެ އެވެ.

މި ސްކޫލް ބަންދާއި އާ އަހަރުގެ ބަންދަށް ސްރީ ލަންކާއަށް ޒިޔާރަތްކޮށްުމަކީ ރަނގަޅު ފުރުސަތެކެވެ. ދިވެހިންގެ ދެވަނަ ވަޒަންގެ ގޮތުގައި މަޝްހޫރު ސްރީ ލަންކާ އަށް ޒިޔާރަތްކޮށް ކުރެވިދާނެ ބައެެއް ކަންކަން ލިސްޓުކޮށްލާނެމެވެ.

ކޮލަމްބޯއަކީ ދަތުރު ފަށާލަން އެންމެ އެކަށީގެންވާ ސިޓީއެވެ.

  • ލޮޓަސް ޓަވަރު: ދެކުނު އޭޝިއާގެ އެންމެ އުސް އެއް ބިނާގެ ގޮތުގައި ބެލެވޭ މި ޓަވަރަށް އެރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މުޅި ސިޓީގެ މަންޒަރު 360 ޑިގްރީގައި މިތަނުން ފެންނަން އޮވެއެވެ.
  • ދެހިވަލަ ޒޫ: އެކި ބާވަތްތަކުގެ ޖަނަވާރުތަކާއި ދޫނިސޫފާސޫފި ބަލާލުމަށް މިއީ ކުޑަކުދިން ވަރަށް ގަޔާވާނެ ތަނެކެވެ. ހާއްސަކޮށް "ނައިޓް ސަފާރީ" ތަޖުރިބާކޮށްލުން ރަނގަޅެވެ.
  • ވޯޓާާ ވޯލްޑް: ކެލަނި ކޯރު ކައިރީގައި އޮންނަ މި އެކުއޭރިއަމްއަކީ ކަނޑުއަޑީގެ ދިރުންތައް ގާތުން ބަލާލަން ލިބޭ ރަނގަޅު ފުރުސަތެކެވެ.

ލަންކާއަށް ދަތުރުކުރާއިރު ފެންނަ ފެހިކަން ގަދަ މަންޒަރުތަކަކީ ހިތްގައިމު މަންޒަރުތަކެކެވެ. އެ މާހައުލު ތަޖުރިބާކޮށްލަން ޒިޔާރަތްކޮށްލަން އެންމެ ރަނގަޅި ކެންޑީ އާއި ޕިނަވަލާ އެވެ.

  • ޕިނަވަލާ އެލެފަންޓް އޯފަނޭޖް: މިތަނަކީ ގިނަ އަދަދެއްގެ އެތްތައް ބަލަހައްޓާ މަރުކަޒެކެވެ. އެތްތައް ކޯރުން ފެންވަރައިގެން މަގުމަތިން ހިނގާފައިދާ މަންޒަރާއި، ކުދި އެތްތަކަށް ކިރުދޭ މަންޒަރު ބަލާލުމަކީ އާއިލާއަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.
  • ޕެރަދެނިޔާ ބޮޓޭނިކަލް ގާޑަން: ބޮޑެތި ގަސްތަކާއި ރީތި މާބަގީޗާތަކުގެ ތެރޭގައި ހިނގާލައި، ފޮޓޯ ނަގާލަން މިއީ އެއްވަނައިގެ ތަނެކެވެ.

ނުވަރައެލިޔާއަކީ ދިވެހިން ވެސް އެންމެ ގިނައިން ޒިޔާރަތްކުރާ އެއް މަންޒަިލެކެވެ. "ލިޓްލް އިންގްލެންޑް" ގެ ނަމުން މަޝްހޫރު ނުވަރައެލިޔާއަކީ ފިނި، އަދި މާބަގީޗާތައް ގިނަ ތަނެވެ. މިއީ ފޮޓޯ ނަގާލަން ސަޅި ތަނެކެވެ.

  • ގްރެގަރީ ލޭކް: މި ފެންގަނޑު ކައިރީގައި އަސް ދުއްވުމާއި، ސްޕީޑް ބޯޓު ދުއްވުން ފަދަ ހަރަކާތްތައް ކުރިއަށްދެއެވެ.
  • ޓީ ފެކްޓަރީތައް: ސައިފަތް ހައްދާ ދަނޑުތަކަށް ޒިޔާރަތްކޮށް، ސައިފަތް އުފައްދާ ގޮތް ބަލާލެވެނެ އެވެ.

ރާއްޖެއަކީ 99 ޕަސެންޓު ކަނޑު އޮތް ގައުމަކަށް ވިޔަސް، ބޭރު ގައުމެއްގެ މޫދަށް ޒިޔާރަތްކޮށްލުމަކީ ވެސް ހިތްގައިމު ތަޖުރިބާއެކެވެ. މޫދާ ގުޅުންހުރި ކަންކަމަށް ލޯބިކުރާ އާއިލާތަކަށް ލަންކާގެ ދެކުނުގެ އައްސޭރިފަށަކީ ރަނގަޅު މަންޒިލެކެވެ. ހާއްސަކޮށް ހިއްކަޑުވަ އާއި ގޯލް އެވެ.

  • ވެލާ ހެޗަރީ: މިއީ ވެލާގެ ދިރިއުޅުމާއި ވެލާ ބޮޑުކުރާ ގޮތް ދެކިލުމަށް ރަނގަޅު ތަނެކެވެ.
  • ގޯލް ފޯޓް: އިނގިރޭސިންނާއި ޕޯޗުގީޒުންގެ ޒަމާނުގެ ބިނާތައް ހުރި މި ކިއްލާއަކީ ތާރީހީ ގޮތުން މުހިންމު ތަނެކެވެ.

ބައެއް މުހިންމު އިރުޝާދު:

  • އާއިލާއެއްގެ ގޮތުގައި ދަތުރުކުރާއިރު 'ޕްރައިވެޓް ވޭން' އެއް ކުއްޔަށް ހިފުމަކީ އެންމެ ފަސޭހަ ގޮތެވެ.
  • ކޮލަމްބޯގެ 'ވަން ގޯލް ފޭސް' ނުވަތަ 'ހައުސް އޮފް ފެޝަން' ފަދަ ތަންތަނަކީ އާއިލާއަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްތަނަކުން ލިބޭނެ ތަންތަނެވެ.
  • ލަންކާގެ ހާއްސަ ކެއުންތަކުގެ އިތުރުން، ބައިނަލްއަގުވާމީ "ފާސްޓް ފުޑް" ޗެއިންތައް ބޮޑެތި ސިޓީތަކުން ލިބެން ހުންނާނެއެވެ.
  • ލަންކާއަށް ދާން ބޭނުންވާ ނަމަ ސްރީލަންކަން ނުވަތަ ފްލައި ދުބާއީ އިން އަގުހެޔޮކޮށް ޓިކެޓު ލިބޭނެ އެވެ.

ސްރީލަންކާއަކީ ކޮންމެ އުމުރުފުރައެއްގެ މީހަކަށްވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ފަދަ މުއްސަނދި ސަގާފަތެއް އޮތް ގައުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox