ހުލާސާކޮށް އިއްޔެ: ޕީއެންސީގެ ލޯކަލް ކައުންސިލް ޕްރައިމަރީން މި ފަހަރުވެސް ބައެއް މީހުންނަށް ފުރުސަތު ނުދިންކަމުގެ ޝަކުވާ

Dec 24, 2025, 2:09 AM
ނޮވެމްބަރު މަހު ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ އަދި އެޕާޓީގެ އިސްވެރިންނާއި މެންބަރުން. -- ފޮޓޯ: އަދަދު

ނޮވެމްބަރު މަހު ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ އަދި އެޕާޓީގެ އިސްވެރިންނާއި މެންބަރުން. -- ފޮޓޯ: އަދަދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބައެއް މީހުންނަށް ނުދިން ކަމަށް ބުނާ ޝަކުވާތަކެއް މި ފަހަރު ވެސް ފެންމަތިވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މި މަހު 27، ގައި އޮންނަ ޕްރައިމަރީގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޕީއެންސީން މި ފަހަރު ދިނީ ޕޯޓަލްއެއް މެދުވެރިކޮށެވެ. ނަމަވެސް، ޕޯޓަލް މެދުވެރިކޮށް ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި ބައެއް ކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް އެ ޕާޓީން ވަނީ އެއްވެސް ސަބަބަކާ ނުލައި ރިޖެކްޓު ކޮށްފަ އެވެ. އޭގެތެރޭގައި ރ. ފައިނު އާއި ގއ. ވިލިނގިލި ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި ކެންޑިޑޭޓުން ހިމެނެ އެވެ.

އެކަމާ ބެހޭގޮތުން އަދަދު އަށް މައުލޫމާތު ދެއްވަމުން ރ. ފައިނު ކައުންސިލްގެ މިހާރުގެ ރައީސް، އަހުމަދު ރިޝްފާން ވިދާޅުވީ ޕީއެންސީގެ ޕްރަައިމަރީގައި ވާދަކުރުމަށް އޭނާ ނަން ހުށަހެޅުމުން ރިޖެކްޓު ކޮށްފައިވާ ކަމަށެވެ.

"މެސެޖު އައީ މިހާރު ޕޯޓަލްއިން ފެންނަން އިންނާނެޔޭ [އެޕްލިކޭޝަން] ސްޓޭޓަސް، ދެން ސްޓޭޓަސް ބަލައިލިއިރު ސްޓޭޓަސްގައި އިންނަނީ ހަމަ ރިޖެކްޓެޑު ޖަހާފައި، ދެން ހޮޓްލައިންއަށް މެސެޖުކުރި ދީ ކީއްވެގެންތޯ، ދެން އެއަކަށް އަދި މާބޮޑު ރިޕްލައިއެއް ނުއެއް ލިބޭ،" ރިޝްފާން ވިދާޅުވި އެވެ.

ރިޝްފާން ވިދާޅުވީ އޭނާގެ ނަން ރިޖެކްޓު ކުރީ ސީދާ ކޮން ސަބަބަކާހުރެ ކަމެއް ނޭނގޭ ކަމަށެވެ. އެހެންމަވަވެސް ބޮޑަށް ބެލެވެނީ އެގޮތަށް ނިންމީ އެ ރަށު ޕީއެންސީގެ ސްޓިއަރިން ކޮމިޓީން އޭނާއާމެދު ހިތްހަމަނުޖެހޭތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އެ މީހުން ބޮޑަށް ހިތްހަމަނުޖެހެނީ ދެން އަޅުގަނޑަށް ލަފާކުރެވެނީ އެއާޕޯޓު މައްސަަލައިގައި މިކޮޅުގައި ވީގޮތުން، އަޅުގަނޑު ސީދާ އެއާޕޯޓާ ދެކޮޅީކީ ނޫން، އެކަމަކު ރައްޔިތުންނަށް މައުލޫމާތު ދޭން އުޅުނީމާ، އެއީ މައްސަލަ ޖެހުނީ، އެކަމަކު ދެން އަޅުގަނޑު ބުނިން ދޯ މިހާރު ރައްޔިތުންނަށް ދޭންޖެހޭ މައުލޫމާތު ދިނުން އޮވެޔޭ އަޅުގަނޑުމެންގެ ހުވާގެ ތެރޭގައި،" ރިޝްފާން ވިދާޅުވި އެވެ.

"އެހެންވީމާ ރައްޔިތުންނަށް އޮޅުވާލައިގެން އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް ނެތޭ އަޅުގަނޑުގެ."

އޭނާ ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއް އަޅާނަމަ، އޮތީ ދެ ގޮތެއް ކަމަށެވެ. އެއީ ރަށުގެ އެތެރެއިން ބައެއް މީހުންގެ ގޯތިތައް ވެސް ނަގައިގެން ނުވަތަ ކަނޑާ ހަމައަށް ހިއްކައިގެން އެކަން ކުރުން ކަމަށެވެ. ކަނޑާ ހަމއަށް ހިއްކާނަމަ، އޭގެ 10 އެއާޕޯޓު އަޅާވަރުގެ ހަރަދެއް ދާނެ ވާހަކަ އާއި ރަށު ތެރޭގައި އަޅާނަމަ ބައެއް ގޯތިތައް ގެއްލޭނެ ވާހަކަ ރައްޔިތުން ގާތުގައި ބުނި ކަމަށް ރިފްސާން ވިދާޅުވި އެވެ.

އޭނާގެ އިތުރުން ގއ. ވިލިނގިލި ކައުންސިލްގެ ރައީސްކަމަށް ޕީއެންސީ ޓިކެޓުގައި ވާދަކުރުމަށް ނަން ހުށަހެޅި އަހުމަދު ޖުނެއިދު ބުނީ ޕީއެންސީން އެގޮތަށް އަމަލުކުރީ އެ ރަށު ކައުންސިލްގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި ވިޝާލް މުހައްމަދު އެ މަގާމަށް ގެނައުމުގެ ބޭނުމުގައި ކަމަށެވެ.

"މިހާރު ވެސް ވިލިނގިލި ކައުންސިލުގައި ހުރި މީހާ ގެންނަންވެގެން، އޭނާއަށް ރައްޔިތުންގެ ތާއީދެއް ނެތް، ޕާޓީ އެތެރޭގެ ތާއީދެއް ނެތް، އޮތްނަމަ ޕްރައިމަރީ ބާއްވާފައި ދާންވީތާ އޭނާ ވިން ކޮށްލައިގެން، ޕްރައިމަރީ ނުލިބޭނެކަމުގެ ބިރަށްޓަކައި އޭނާ ދެވަނަ ދައުރަކަށް ގެންނަންވެގެން އަހަރުމެންގެ ދާއިރާގެ އެމްޕީ، އާޒިމް އަބްދުލްއަޒީޒުގެ ނުފޫޒުން އޭނާ ބޭނުންވާ ހަތަރު ކެންޑިޑޭޓަކަށް ފުރުސަތު ދިނީ މި،" ޖެނެއިދު ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށްޓަކައި ކުރި ކެމްޕޭނުގައި ވިލިނގިލީގައި އެންމެ އިސް ދައުރެއް އަދާކުރި އެކަކު ކަމަށްވާ ޖުނެއިދު ބުނީ އެ ރަށުގައި ޕްރައިމަރީއެއް ބާއްވަން ޕީއެންސީން މިހާރު ނިންމާފައި ވަނީ ހަމައެކަނި ރަށު ކައުންސިލަށް އިންތިހާބުކުރާ އަންހެން ކެންޑިޑޭޓުންގެ މެދުގައި ކަމަށެވެ.

ޖުނެއިދުގެ އިތުރުން ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި އެ ރަށު ތިން މީހެއްގެ އެޕްލިކޭޝަން ޕީއެންސީން ރިޖެކްޓު ކުރި އެވެ. އެއީ ވިލިނިގިލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަމުގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި ފާތިމަތު ޒިފްނާ މައުމޫން އާއި އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލި އާމިނަތު މަހާމް އާއި ކައުންސިލް މެންބަރުކަމަށް ކުރިމަތިލި ހަސަން ނަސީމް ކަމަށް ޖުނެއިދު ބުންޏެވެ.

އޭނާ ބުނީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދިން ނަމަވެސް، އެ ހަތަރު މީހުން ވެސް އަމިއްލަ ގޮތުން ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ.

"ޖުނެއިދުގެ ވިސްނުން ހުރީ އަމިއްލަ ގޮތުން ކުރިމަތިލާން، ސަޕޯޓަރުން ބޭނުންވަނީ ޖުނެއިދު އަމިއްލަގޮތުން ކުރިމަތިލާން، އެކަހަލަ ހާލަތެއްގައި އެންމެ ގާތީ ޕާޓީއަށް ގޮނޑި ގެއްލުން،" ޖުނެއިދު ބުންޏެވެ.

މިއީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ވެސް ނުކުތް މައްސަލައެކެވެ. މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބައެއް ކެންޑިޑޭޓުންގެ އަތުން ނިގުޅައިގަތީ ޕާޓީގެ ލީޑަޝިޕުން އޭރު ފޮނުވި ސިޓީއަކަށްފަހު އެވެ.

ނަމަވެސް، އޭގެތެރެއިން ބައެއް ކެންޑިޑޭޓުން އަމިއްލަގޮތުން އިންތިހާބުގައި ވާދަކޮށް ކާމިޔާބު ވެސް ކުރި އެވެ. އައްޑޫ މީދޫ ދާއިރާގެ މެންބަރު، އަބްދުއްރަހްމާންއަކީ އެގޮތަށް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox