ބޯޓިން އެސޯސިއޭޝަންގެ ރައީސް ކަމަށް އިސްމާއީލް ޝަރީފު އިންތިހާބުކޮށްފި

Dec 20, 2025, 12:49 PM
އަލްޝާލީގެ ޖެނެރަލް މެނޭޖަރު ޝަރީފް-- ފޮޓޯ: އަދަދު

އަލްޝާލީގެ ޖެނެރަލް މެނޭޖަރު ޝަރީފް-- ފޮޓޯ: އަދަދު

މޯލްޑިވްސް ބޯޓިން އެސޯސިއޭޝަން (އެންބީއޭއެމް)ގެ ރައީސްގެ މަގާމަށް، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއިލް ޝަރީފު މިއަދު އިންތިހާބު ކޮށްފި އެވެ.

ޝަރީފް މި މަގާމަށް އިންތިހާބުކުރީ މިއަދު ހަވީރު ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައެވެ. އޭނާއަކީ މިހާރުވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯންޗާއި ދޯނިފަހަރު ބަނުމުގެ މަސައްކަތްކުރާ އަލްޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރެވެ.

ޝަރީފަކީ މި ސިނާއަތުގައި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. 2013 ވަނަ އަހަރުން ފެށިގެން އަލްޝާލީ މެރިންގެ ޖީއެމްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފައިބަރު ލޯންޗާއި ދޯނި ފަހަރު ބަނުމުގެ ހިދުމަތް ދޭ އަދި ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ކުންފުންޏަކަށް ޝަރީފު ހެއްދެވިއެވެ.

Advertisement

ބޯޓިން އެސޯސިއޭޝަންގެ އާ ދައުރަށް އިންތިހާބުކުރި މީހުން

  • އިސްމާއީލް ޝަރީފް، އަލްޝާލީ – ރައީސް
  • މުހައްމަދު އީމާން، މުނި – ނައިބު ރައީސް
  • އަހުމަދު އިބްރާހީމް، ނޫރާނީ ޓްރެވަލްސް – ހަޒާންދާރު

އެގްޒެކެޓިވް ބޯޑު:

  1. އަބްދުﷲ ނަޝީދު، މާސޭލިއާ މޯލްޑިވްސް
  2. އިސްމާއީލް ހަމީދު، ހައިރައިޒް
  3. އާމިރު މަންސޫރު، ކާޕޭޑިއަމް
  4. ހުސައިން އަމާން، ދަ ހޯކްސް
  5. މަރްޔަމް މާއިޝާ، މޯލްޑިވްސް ޕަބްލިކޭޝަންސް
  6. އާދިލް ރަޝީދު، އައިލެންޑް އިންސްޓިޓިއުޓް ޓާޝަރީ އެޑިއުކޭޝަން
  7. އަހުމަދު އަފްރާހު، ކެނޯޕަސް މޯލްޑިވްސް
  8. އަޙްމަދު ޒުބައިރު އާދަމް، ބްލޫ ހޮރައިޒަން
  9. އިބްރާހީމް ޝާހިދު، ބްލޫ ކޭ ސަފާރީ

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox