އާ އަހަރަށް މަރުހަބާ ކިޔާއިރު އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފުސުގެ ދުޅަހެޔޮކަމާއި ރީތިކަމެވެ. މިކަމަށް އެހީތެރިވެދިނުމުގެ ގޮތުން، "ފެމިލީ ޑެންޓަލް ކެއާ" އިން އަހަރު ނިންމާލުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ފަށަން ނިންމައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން، ކްލިނިކުން ދޭ ހުރިހާ ހިދުމަތަކުން 30 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ލިބޭނެެ އެވެ. މި ހާއްސަ އޮފާ ކުރިއަށް ދާނީ 23 ޑިސެމްބަރު އިން ފެށިގެން، 31 ޑިސެމްބަރު ގެ ނިޔަލަށެވެ.
މިއީ ދަތުގެ ފަރުވާތަކަށް އާންމުކޮށް ހޭދަވާ ބޮޑު ހަރަދު ކުޑަކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ކްލިނިކްގެ އޮފިޝަލަކު ބުނި ގޮތުގައި މި އޮފާއަކީ އަހަރު ނިމޭއިރު ކަސްޓަމަރުންނަށް ދޭ ހަދިޔާއެކެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކަށް ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު ހިދުމަތް ދޭން. މިއީ މުޅި އާއިލާއަށް ވެސް ދަތުގެ ޗެކަޕް ހަދާލަން އެންމެ ރަނގަޅު ވަގުތު،" އޮފިޝަލް ވިދާޅުވިއެވެ.
މި އޮފާއަކީ ވަރަށް ކުރު މުއްދަތަކަށް ހުޅުވާލެވޭ ފުރުސަތަކަށް ވާތީ، ވީހާވެސް އަވަހަކަށް އެޕޮއިންޓްމަންޓް ހެއްދެވުމަށް ކްލިނިކުން އިލްތިމާސްކުރެއެވެ.
- ފޯން ނަންބަރު: 7954089
- ފެމިލީ ޑެންޓަލް ކެއާ: ގ. ސަން އީސްޓު (ދެ ވަނަ ފަންގިފިލާ)، ނިރޮޅު މަގު









