ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ރީތިގަސް ފްލެޓްތަކުގެ އިންޓީރިއާ މަސައްކަތްތައް ކުރުމަށް "ގަވިން" އިން ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.
މި ޕެކޭޖުތަކަކީ ރީތިގަސް 1، 2 އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް އަމާޒުކޮށް، ބަދިގެއާއި ކޮޓަރި އަދި ސިޓިން ރޫމްގެ ފަރުނީޗަރު ހިމެނޭހެން ވަރަށް ހެޔޮ އަގުތަކެއްގައި ތައާރަފްކޮށްފައިވާ ޕެކޭޖުތަކެކެވެ.
ޕެކޭޖުތަކުގެ ތަފްސީލު
1 ކޮޓަރީގެ އެޕާޓްމަންޓް
- ބަދިގެ: 66,000 ރ
- ކޮޓަރި (އެނދާއި އަލަމާރި):32,000ރ
- ސިޓިން ރޫމް (ޓީވީ ޔުނިޓް އަދި ސޯފާ):35,000ރ
- ކާ މޭޒު:9,500ރ
2 ކޮޓަރީގެ އެޕާޓްމަންޓް
- ބަދިގެ:75,000ރ
- ކޮޓަރި (އެނދާއި އަލަމާރި):32,000ރ
- ސިޓިން ރޫމް (ޓީވީ ޔުނިޓް އަދި ސޯފާ):35,000ރ.
- ކާ މޭޒު:9,500ރ
3 ކޮޓަރީގެ އެޕާޓްމަންޓް
- ބަދިގެ:75,000ރ
- ކޮޓަރި (އެނދާއި އަލަމާރި):32,000ރ
- ސިޓިން ރޫމް (ޓީވީ ޔުނިޓް އަދި ސޯފާ):38,000ރ
- ކާ މޭޒު:9,500ރ

ގަވިން އިން މައުލޫމާތު ދޭ ގޮތުގައި މި ޕެކޭޖު ނަގާ ފަރާތްތަކަށް ދޮރުފޮތިން 50 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ. އަދި އެޗްޑީސީގެ ކޮންމެ މުވައްޒަފުން ގަވިން އިން ކުރާ ކޮންމެ ވިޔަފާރިއަކުން ނުވަތަ ހަދާ ކޮންމެ ފަރުނީޗަރަކުން 5 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ގަވިން އިން ބުންޏެވެ.
ކަސްޓަމް އިންޓީރިއާ ސޮލިއުޝަން އާއި ގޭތެރޭގެ އިންޓީރިއާއަށް ބޭނުންވާ ހުރިހާ އެއްޗެއް ގަވިންއިން ލިބޭނެ އެވެ.
މި ޕެކޭޖުތަކާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވުން ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މެސެޖު ކުރެއްވޭނެއެވެ.
- 9348999
- 9428899
- 9588833
ޝޯރޫމްތައް ހުންނަ ތަންތަން:
- މާލެ: މަޖީދީ މަގު
- މާލެ: މ. އަރީކާ، ބޮޑުތަކުރުފާނު މަގު
- ހުޅުމާލެ: ރީތިގަސް މަގު









