އެސްއޯއީތައް މާލީ އަނދިރިކަމެއްގައި؛ ބައެއް ކުންފުނިތައް އޮޑިޓު ނުކުރާތާ ތިން އަހަރު

Dec 15, 2025, 3:38 AM
ޑިސެމްބަރު 9، 2024 ގައި ރައީސް މުހައްމަދު މުއިއްޒު ކ. ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ފައްޓަވައިދެއްވާއިރު، އެ މަނިކުފާނުގެ އަރިހުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ. އެ ކުންފުނި އޮޑިޓު ނުރާތާ ތިން އަހަރު ވެއްޖެ. -- ފޮޓޯ: ރައީސް އޮފީސް

ޑިސެމްބަރު 9، 2024 ގައި ރައީސް މުހައްމަދު މުއިއްޒު ކ. ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ފައްޓަވައިދެއްވާއިރު، އެ މަނިކުފާނުގެ އަރިހުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ. އެ ކުންފުނި އޮޑިޓު ނުރާތާ ތިން އަހަރު ވެއްޖެ. -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ފައިސާއިން ހިންގާ އެންމެ ބޮޑެތި ކުންފުނިތައް އޮޑިޓުނުކޮށް މާލީ ހިސާބުތައް "އަނދިރިކަމެއްގައި" އޮތްކަން ހާމަވެއްޖެ އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކުރި ކުންފުނިތަކުގެ 2024 ވަނަ އަހަރުގެ ރިޕޯޓަށް ބަލާއިރު، ސަރުކާރުގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ބޮޑު ބަޖެޓެއް ގެންގުޅޭ ކުންފުނިތައް ބަރާބަރަށް އޮޑިޓެއް ނުކުރެ އެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި އާރްޑީސީ، ވެމްކޯ، ޕީއެސްއެމް އަދި ބީސީސީ، 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓު ނިންމާފައެއް ނުވެއެވެ. ހައްޖު ކޯޕަރޭޝަނުން 2023 އަދި 2024 ގެ އޮޑިޓު ނިންމާފައެއް ނުވެ އެވެ.

Advertisement

މި ކުންފުނިތައް ހިމެނޭހެން ޖުމުލަ 13 ކުންފުންޏެއް، 2024 ގެ އޮޑިޓު އަދިވެސް ނިންމާފައި ނުވާކަން އެނގެ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެސެޓް ބޭސް އޮންނަ އެޗްޑީސީ އާއި، ދަރަނީގެ މަޅީގައި ޖެހިފައިވާ ފެނަކަ ކޯޕަރޭޝަނުން މި ލިސްޓުގައި ހިމެނެ އެވެ.

މިދިޔަ އަހަރުގެ އޮޑިޓު ފުރިހަމަ ނުކުރާ ކުންފުނިތަކަކީ؛

  1. އެޗްޑީސީ
  2. އެމްޕީއެލް
  3. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް
  4. ސްޓެލްކޯ
  5. ޕީއެސްއެމް
  6. އާރްޑީސީ
  7. އެމްއެފްއެމްސީ
  8. ވެމްކޯ
  9. ބީސީސީ
  10. ފަހި ދިރިއުޅުން ކޯޕަރޭޝަން
  11. ޓްރޭޑްނެޓް
  12. ފެނަކަ
  13. ހައްޖު ކޯޕަރޭޝަން

ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ މާލީ ހާލަތު ގޯހުން ގޯހަށް ދާކަމަށް ރިޕޯޓުން ދައްކާއިރު، 2023 ވަނަ އަހަރަށް ވުރެ 2024 ގައި އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox