2.7 ބިލިއަންގެ މަޝްރޫއު ސިއްރުން ބަހާލުމަށްފަހު، "ރާއްޖެ އޮތީ ދެފުށް ފެންނަ ނިޒާމެއްގައި" ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ބީލަމަކަށް ނުލައި ބަހާލި ޕްރޮޖެކްޓުތައް ހަވާލުކުރި ކުންފުނިތަކާއެކު ނޮވެމްބަރު 6، 2026 ގައި ބާސެލޯ ނަސަންދުރާގައި ސޮއިކުރުމަށް ފަހު ރައީސް މުއިއްޒު އާއި ސަރުކާރުގެ ވެރިން ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ރައީސް އޮފީސް

ބީލަމަކަށް ނުލައި ބަހާލި ޕްރޮޖެކްޓުތައް ހަވާލުކުރި ކުންފުނިތަކާއެކު ނޮވެމްބަރު 6، 2026 ގައި ބާސެލޯ ނަސަންދުރާގައި ސޮއިކުރުމަށް ފަހު ރައީސް މުއިއްޒު އާއި ސަރުކާރުގެ ވެރިން ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ރައީސް އޮފީސް

ބީލަމަކަށް ނުލައި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ސިއްރުން ބަހާލާފައި ވާއިރު، ރާއްޖެއަކީ ހާމަކަން ބޮޑު ނިޒާމެއް އޮތް ގައުމެއް ކަމަށް ރައީސް މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތާ ގުޅިގެން މުއިއްޒުއާ ހަވާލާދީ ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ "ދިވެހިރާއްޖެ ސާބިތުވެ އޮތީ، ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ގައުމެއްގެ ގޮތުގައި" ކަމަށެވެ.

ނަމަވެސް ސަރުކާރުން ހިންގާ ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތަފްސީލު ހާމަކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. ހާއްސަކޮށް 2.7 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢުތައް، ވާދަވެރި ބީލަމަކަށް ނުލައި، އެ މަޝްރޫޢުތައް ކުދިކުދި ބައިތަކަށް ބަހާލައިގެން "ސިއްރުވެރި" ގޮތަކަށް ވަކި ބަޔަކަށް މަންފާ ވާ ގޮތަށް ހަވާލުކޮށްފައި ވާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

Advertisement

މުއިއްޒު ވިދާޅުވީ "ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާ" ކަމަށާއި، ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނިޒާމީ ކޮރަޕްޝަނުގެ ނުރައްކާތެރިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ "ނިޒާމީ ކޮރަޕްޝަނުގެ ސަބަބުން ގާނޫނުގެ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްގީއަށް ހުރަސްއެޅި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭ،" ކަމަށެވެ.

ސަރުކާރުގެ މުއާމަލާތްތައް ދެފުށް ފެންނަ ގޮތަށް ހެދުމަށްޓަކައި "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން" ގެ ނަމުގައި މަޝްރޫޢެއް ހިންގަވާކަމަށާއި، "ހިންމި" ގެ ނަމުގައި ކޮރަޕްޝަން ރިސްކް އެސެސްމަންޓް ޓޫލްކިޓެއް ތައާރަފްކޮށް، އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދެވުން ފަދަ ކަންކަން ރާވާފައިވާކަން މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރާއްޖެއިން 2007 ވަނަ އަހަރު އ.ދ.ގެ ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫ.އެން.ސީ.އޭ.ސީ) ގައި ބައިވެރިވެފައިވުމަކީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަވާކަމެއް ކަމަށް ވެސް މުއިއްޒު ސިފަކުރެއްވި އެވެ. އަދި ވިދާޅުވީ "މި މުއާހަދާގެ އުސޫލުތައް، ހާމަކަން ބޮޑު، އަދި ސާބިތުކަމާއެކު ނެގެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެ" ކަމަށެވެ.

ނަމަވެސް، ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ވާހަކަ ދައްކަވައި، ނަޒާހަތްތެރިކަމަށް ވަކާލާތު ކުރައްވާއިރު، ގައުމުގެ މާލީ ބޮޑެތި މުއާމަލާތްތައް ހިންގަވަމުން ގެންދަވާ ގޮތާއި ރައީސް ދައްކަވާ ވާހަކަފުޅާ ދިމާނުވާކަން ފާހަގަކޮށް ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ނަޒާހަތްތެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކޮށް، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހަމަހަމަކަމާއެކު ޢަދުލު އިންސާފު ގާއިމުކުރާ ގައުމެއްގެ ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ތަކުރާރު ކުރައްވަމުންނެވެ.

ނަމަވެސް މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، އޭސީސީ އާއި ޖޭއެސްސީ މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ބެންޗުން ތިން ފަނޑިޔާރަކު ސަސްޕެންޑުކުރި އެވެ.

މުއިއްޒު އާއި އޭޖީ އުޝާމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ފަނޑިޔާރު ކަމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި އެވެ. ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރި އެވެ. ނަމަވެސް އެ ދެ ބޭފުޅުން ވެސް ވިދާޅުވީ ޖަވާބުދާރީވާން ފުރިހަމައަށް ފުރުސަތު ނުލިބޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox