ކުލި ނެގިޔަސް، ތަރައްގީ ނުކުރެވޭ ގޮތަށް ރިސޯޓުތަކުގެ ސަރަހައްދު ބޮޑުކުރަން ފުރުސަތު ދެނީ

Dec 8, 2025, 7:01 AM
އެޓްމޯސްފިއާ ކަނިފުށި ---

އެޓްމޯސްފިއާ ކަނިފުށި ---

ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައި ހުރި ތަންތަނުގެ ވަށައިގެން ހުރި ފަޅުތަކާއި، ރަށްތަކާއި، ފިނޮޅުތައް ޓޫރިސްޓު ރިސޯޓުތަކުގެ ފަޅުގެ ސަރަހައްދުގެ ތެރޭގައި ހިމަނައިގެން، ރިސޯޓުތަކުގެ ސަރަހައްދު ބޮޑު ކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދު މިއަދު ބަދަލުކޮށްފި އެވެ.

ޓޫރިޒަމުން ގެޒެޓުކޮށްފައިވާ "ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ ގަވާއިދު" ގެ ދެ ވަނަ އިސްލާހުގައި ވަނީ އަގެއް ދައްކާފައި، ކުލި ދައްކާ ގޮތަށް، ޓޫރިސްޓު ރިސޯޓުތަކުގެ ސަރަހައްދު ބޮޑު ކުރެވޭނެ ފުރުސަތު ފަހިކޮށްދީފަ އެވެ. އެކަމަކު މިހެން އިތުރުކުރާ އެއްވެސް ތަނެއްގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގެ އެވެ.

މި ފުރުސަތުގެ ދަށުން 250،000 ޑޮލަރަށް ވުރެ މަތިން އިންވެސްޓު ކޮށްފައިވާ ނުވަތަ އިންވެސްޓު ކުރަން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައިވާ ހުރިހާ އިންވެސްޓަރުންނަށް ފަޅުގެ ސަރަހައްދު ބޮޑުކުރަން ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ.

ރިސޯޓުތަކުގެ ސަރަހައްދުގެ ތެރޭގައި ހިމެނެނީ، އެ ތަނެއްގެ ފަޅުގެ ނުވަތަ ރަށުގެ ސަރަހައްދުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން 1000 މީޓަރުގެ ރޭޑިއަސްއެއްގެ ތެރޭގައި ހިމެނޭ 50 ހެކްޓަރަށް ވުރެ ބޮޑު ނޫން ފަޅު ނުވަތަ ރަށް ނުވަތަ ފިނޮޅުތަކެވެ. މި ތަންތަނަށް އެކުއިޒިޝަން ފީ ނަގަނީ އެ ތަނެއްގެ ކުޑަބޮޑު މިނަށް ބަލާފަ އެވެ.

އެކުއިޒިޝަން ފީ އަގުތައް

  • 20 ހެކްޓަރަށް ވުރެ ކުޑަ ތަނެއް ނަމަ ފަަސް ލައްކަ ޑޮލަރު
  • 20 ހެކްޓަރާއި 30 ހެކްޓަރުގެ ދެމެދުގެ ތަނެއް ނަމަ އެއް މިލިއަން ޑޮލަރު
  • 30 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ތަނެއް ނަމަ 1.5 މިލިއަން ޑޮލަރު
  • 40 ހެކްޓަރާއި 50 ހެކްޓަރާ ދެމެދުގެ ތަނެއް ނަމަ ދެ މިލިއަން ޑޮލަރު

ކުލި

  • 20 ހެކްޓަރަށް ވުރެ ކުޑަ ތަނެއް ނަމަ އަހަރަކު އެއް ލައްކަ ޑޮލަރު
  • 20 ހެކްޓަރާއި 30 ހެކްޓަރާ ދެމެދުގެ ތަނެއް ނަމަ ދެ ލައްކަ ޑޮލަރު
  • 30 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ތަނެއް ނަމަ ތިން ލައްކަ ޑޮލަރު
  • 40 ހެކްޓަރާއި 50 ހެކްޓަރާ ދެމެދުގެ ތަނެއް ނަމަ ހަތަރު ލައްކަ ޑޮލަރު

ޓޫރިސްޓު ރިސޯޓުތަކުގެ މާނައިގެ ތެރޭގައި ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިސޯޓުތަކުގެ އިތުރުން ހޮޓާތަކާއި ޔޮޓް މެރީނާތައް ވެސް ހިމެނެ އެވެ. މިހެން ކަމުން މި ގޮތަށް އެއްބަސްވުންތައް ހަދާފައި ހުރި ހުރިހާ ޑިވެލޮޕްމަންޓުތަކާއި ތަރައްގީކުރަމުން އަންނަ ތަންތަނަށް ވެސް ސަރަހައްދު ބޮޑުކުރަން ހުށަހެޅެ އެވެ.

ޓޫރިސްޓު ރިސޯޓުތަކުގެ ސަރަހައްދުގެ މިހާރު އޮންނަނީ ހިކިފަސް ބިމުން ފެށިގެން 500 މީޓަރާ ހަމައަށެވެ. މި ސަރަހައްދު 1000 މީޓަރާ ހަމައަށް އިތުރުކުރެވެނީ އެއް ލައްކަ ޑޮލަރުގެ ފީއެއް ދައްކައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox