ސަރުކާރު ކުންފުނިތަކަށް ރިސޯޓު ތަރައްގީކުރަން ދެވޭގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފި

ރާއްޖޭގެ ރިސޯޓެއް -- ފޮޓޯ: އަދަދު

ރާއްޖޭގެ ރިސޯޓެއް -- ފޮޓޯ: އަދަދު

ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރިސޯޓު ހަދަން ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ސިނާން އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ ތާއީދާއެކު އެވެ. އެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.

ސިނަން ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ބިން ނުވަތަ ފަޅު ސަރުކާރަށް ދޫކުރެވޭނެ އެވެ. ރިސޯޓެއް ހަދަން ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ފަޅެއް ދޫކުރެވޭނީ އެ ތަނެއް އެ ކުންފުންޏަކަށް ދޫކުރުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

ރިސޯޓެއް ތަރައްގީ ކުރުމަށް ފަޅެއް ނުވަތަ ރަށެއް ދައުލަތުގެ ކުންފުންޏަކަށް ދޫކުރެވޭނީ، އެ ކުންފުންޏަކީ ރިސޯޓެއް ތަރައްގީ ކުރުމުގެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުންޏެއްކަން ޔަގީން ކުރުމަށްފަހުު ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

އެގޮތަށް ދޫކުރާ އެއްވެސް ތަނެއް، އެ ކުންފުންޏަކަށް ދޫކުރުމަށްޓަކައި ވެވޭ އެގްރީމެންޓުގެ ދަށުން ލިބޭ ހައްގުތައް އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ، ސަބްލީސް ނުކުރެވޭނެ ކަމަށް އެ ބިލުގައި ލިޔެފައިވެ އެވެ.

ރިސޯޓު ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ފަޅެއް ދޫކުރާއިރު، އެ ތަނަކަށް ދައްކަންޖެހޭ އެކުއިޒިޝަން ފީ ސަރުކާރަށް ދައްކަން ޖެހޭނީ އެ ތަނަކާ ހަވާލުވާ ކުންފުންޏަކުންނެވެ.

އެ ފީގެ އިތުރުން ވެސް މިނިސްޓްރީން ކަނޑައަޅާ އަދަދެއްގެ ފައިސާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަރައްގީގެ މަޝްރޫއުއަކަށް ހަރަދުކުރުމަށް މިނިސްޓްރީއަށް ޝަރުތު ކުރެވިދާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެ އިސްލާހުގައި ވާގޮތުން ރިސޯޓު ތަރައްގީ ކުރުމަށް ރަށްރަށާއި ފަޅުތަކާއި ބިން ހަވާލުކުރެވޭނީ މަދުވެގެން ސަރުކާރުގެ 45 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އަދި އެގޮތަށް ރިސޯޓެއް ތަރައްގީ ކުރުމަށް ދައުލަތުގެ ކުންފުންޏަކާ ހަވާލު ކުރުމަށްފަހު، އެކަމާ ބެހޭ ތަފުސީލީ މައުލޫމާތު އޮޑިޓާ ޖެނެރަލްގެ އޮފީހާ ހިއްސާ ކުރަން އެ ބިލުގައި ލާޒިމު ކޮށްފައިވެ އެވެ.

އޭގެއިތުރުން، ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުން ދޫކުރާ، ރަށްރަށުގެ އިހުތިސާސުގެ ދަށުގައިވާ ތަންތަނުން ނަގާ ކުލީގެ ފައިސާ އެ ރަށެއްގެ ކައުންސިލަކަށް ދޭންޖެހޭ ގޮތަށް ހަދަން ވެސް އެ އިސްލާހުގައި ލިޔެފައިވެ އެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާ ކުއްޔަށް ދީފައިވާ ތަންތަނުން ސަރުކާރަށް ދައްކަންޖެހޭ ކުލި، ރަށު ކައުންސިލުގެ އާމުދަނީގެ ގޮތުގައި ހިމަނައި ކައުންސިލަށް ދޫކުރަންޖެހޭނެ ކަމަށް އެ ބިލުގައި ލިޔެފައިވެ އެވެ.

ސަރުކާރުން ވަނީ ބައެއް ރަށްރަށުގެ ބޮޑެތި ސަރަހައްދުތައް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފަ އެވެ. އެ ތަންތަނުގެ ކުލި މިހާރު ލިބެނީ މައި ސަރުކާރަށެވެ. އެއިން އެއްވެސް ފައިސާއެއް ރަށު ކައުންސިލަކަށް ނުލިބެ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން، ރަށްރަށުގެ ބިނާވެށީގެ ޕްލޭނާ އެއްގޮތަށް ފަތުރުވެރިކަމަށް ކަނޑައަޅާ ސަރަހައްދުތައް ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލަކުންނެވެ. ނަމަވެސް އެ ރަށެއްގެ އިހުތިސާސުގައި ހިމެނުނު ނަމަވެސް ފަޅުތަކާއި ފަޅު ރަށްތައް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ފަތުރުވެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަޅުތަކާއި ފަޅުރަށްތަކުގެ ކުލީގެ ފައިސާގެ ފައިސާ ވެސް ދޭންޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox