ހުލާސާކޮށް އިއްޔެ: އެމްޑީޕީން ބީއެމްއެލްއަށް އިންޒާރެއް!

Nov 26, 2025, 1:25 AM
ހުލާސާކޮށް އިއްޔެ: އެމްޑީޕީން ބީއެމްއެލްއަށް އިންޒާރެއް!

ބީލަމަށް ނުލައި 53 ޕްރައިވެޓް ކުންފުންޏަކަށް ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކަށް ފައިނޭންސް ޣައިރު ގާނޫނީ ކަމެއް ކަމަށާއި އެފަދަ ކަމަކަށް ސަރުކާރަށް ވާގިވެރިނުވުމަށާއި، އެ މަޝްރޫއުތަކަށް ފައިނޭންސް ކޮށްދީފިނަމަ ދެން އުފެދޭ ސަރުކާރުގައި މައްސަލަތައް ބަލައި އެކަމުގައި ޝާމިލުވާ އެންމެނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން އިއްޒާރު ދިނެވެ.

އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފު ސޮއިކުރައްވައި، އިއްޔެ ބީއެމްއެލްގެ ޗެއާމަން އަހުމަދު އަލީ ހަބީބަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ މައިގަނޑު އުސޫލުތަކާ ހިލާފަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުތަކަށް ބޭންކުން ފައިނޭންސް ކޮށްދެނީ ވެސް ބޭންކުގެ އުސޫލުތަކާ ހިލާފަށް، ބޭންކަށް ގެއްލުންވާ ގޮތަށް ގޮތަކަށް ކަމަށެވެ.

"މިފަދަ ޣައިރު ގާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިނުވުމަށް މި ޕާޓީން ނަސޭހަތްތެރިވެ، އެކަންކަން ހުއްޓައިލުމަށް ދަންނަވަމެވެ. އަދި، ދެން އުފެދޭ ސަރުކާރުގައި، މި މައްސަލަތައް އަވަހަށް ބަލައި، މި ކަންކަމުގައި ޝާމިލުވާ އެންމެނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ." ސިޓީގައިވެ އެވެ.

ހަމަހަމަކަމާއި، އިންސާފުވެރިކަމާއި ވާދަވެރިކަމާއެކު ކުރިއަށްގެންދެވޭ ބީލަމުގެ އުސޫލުން މުދަލާއި ހިދުމަތާއި ތަކެތި ދައުލަތަށް ހޯދުމަށް މާލިއްޔަތު ގާނޫނުގައި ބުނެފައި ވާއިރު، އެ ގާނޫނުން ބާރު ދީފައިނުވާ ކަމެއް، ސަރުކާރުގެ ވުޒާރާއަކުން ގަވާއިދެއް ހަދައިގެން ނުކުރެވޭނެ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސަރުކާރުން 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލުކުރީ ކެބިނެޓުގެ އިކޮނޮމިކް ކައުންސިލުން އެކުލަވައިލި އުސޫލެއްގެ ދަށުންނެވެ. ނަމަވެސް އެ އުސޫލު އާންމުކޮށްފައެއް ނުވެ އެވެ. މި އުސޫލު އެކުލަވާލުމުގެ ކުރިން މާލިއްޔަތު ގާނޫނަށް ވެސް ތަކުރާރުކޮށް ބަދަލުތައް ގެނެސްފައިވެ އެވެ.

"ސަރުކާރުން ނިޒާމީ ގޮތެއްގައި ކޮރަޕްޝަން ހިންގުމަށް ޖާގަ ހޯދުމުގެ ގޮތުން، އިއުލާންކުރުމެއްނެތި އަދި ބިޑްކުރުމުގެ އެއްވެސް އިޖުރާއަތެއް ފުރިހަމަކުރުމަކާ ނުލައި، ސަރުކާރުން ބޭނުން ފަރާތަކަށް ޕްރޮޖެޓްތައް ހަވާލުކުރެވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް މި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތަކަކީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފަށް ސަރުކާރުން ގެނައި ބަދަލުތަކެއް،" އެމްޑީޕީގެ ސިޓީގައިވެ އެވެ.

ސަރުކާރުން ބަހާލި މަޝްރޫއުތަކަށް ލޯނު ދެނީ ބޭންކު އޮފް މޯލްޑިވްސްއިންނެވެ. ނަމަވެސް މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކާއި، އަދި އެކަން ކުރުމަށް ރާވައިފައި އޮތްގޮތަށް ބެލުމުން، ބޭންކުގެ އުސޫލުތަކާ އެއްގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވެސް އެމްޑީޕީގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ޕްރޮޖެކްޓްތަކުގެ އަގުތަކާއި އެ ޕްރޮޖެކްޓްތައް ހަވާލުކުރާނެ ފަރާތްތަށް ސަރުކާރުން ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް ފައިސާ ދޫކުރުން ބޭންކަށް ލާޒިމުވާގޮތަށް ސަރުކާރުން ނިންމައިފައިވީ ނަމަވެސް، އެއީ ބޭންކުގެ މައްޗަށް ލާޒިމުކަމެއް ނޫން ކަމަށައި ބޭންކުން ފައިނޭންސް ހަމަޖައްސާނެ ޕްރޮޖެކްޓްތަކާއި ކުންފުނިތައް ކަނޑައަޅާނީ ސަރުކާރުން ނޫން ކަމަށް ވެސް ސިޓީގައިވެ އެވެ.

މީގެ ކުރިން އިމާރާތްކުރުމުގެ އެއްވެސް ކަމެއް ކޮށްފައި ނުވާ ކުންފުނިތަކަށް ބޮޑެތި މަޝްރޫއުތައް ހަވާލުކޮށްފައި ވާއިރު، މި މަޝްރޫއުތަކަށް ބޭންކުން ފައިނޭންސް ކުރާއިރު މަޝްރޫއުގެ މަސައްކަތް ނިންމިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ސިޓީގައިވެ އެވެ.

"މި ކުންފުނިތަކަށް ބޭންކުން ފައިނޭންސް ދޫކޮށްފިނަމަ، އެ ކަމުގެ ސަބަބުން މާލީ ގޮތުން ބޮޑު ގެއްލުމެއް ބޭންކަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ،"

ސަރުކާރުގެ މި ފަދަ ޕްރޮޖެކްޓްތަކުގައި އަމަލުކުރާ އުސޫލާ ހިލާފަށް، އެއްވެސް ގެރެންޓީއެއް ބަހައްޓަން ލާޒިމުކޮށްފައި ނުވާތީ، އެއްވެސް ކުންފުންޏަކުން ބޭންކް ގެރެންޓީ ނުވަތަ ޕާފޮމަންސް ގެރެންޓީ ނުވަތަ އިންޝުއަރަންސް ގެރެންޓީއެއް ބަހައްޓައިފައި ނުވާ ކަމަށާއި ނަމަވެސް އެޑްވާންސް ފައިސާ ދޫކުރާ ފަހުން މަސައްކަތް ނުކުރި ނަމަވެސް، އެ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް އެމްޑީޕީން ބުނެ އެވެ.

ބަހާލި 2026 ޕްރޮޖެކްޓުގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއަކަށް 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.

މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާއިން ސޮއިކުރި 52 މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.

ފުލުހުންގެ މަރުކަޒުތައް ހެދުމަށް ހަވާލުކުރި 39 މަޝްރޫއުގެ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox