ފެކްޓް ޗެކް: އޯލެވެލުން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުވި ކަމަށް ވިދާޅުވެ މުއިއްޒު ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލައިގެން

ރޭގެ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ: އޭލެވެލް ކިޔެވުމުގެ ފުރުސަތު ގިނަ ދަރިވަރުންނަށް ލިބެނީ ޝަރުތު ލުއި ކުރި ފަހުން -- ފޮޓޯ: ރައީސް އޮފީސް

ރޭގެ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ: އޭލެވެލް ކިޔެވުމުގެ ފުރުސަތު ގިނަ ދަރިވަރުންނަށް ލިބެނީ ޝަރުތު ލުއި ކުރި ފަހުން -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ވާހަކަ ދައްކަވަމުން، އޯލެވެލް ނިންމާ ދަރިވަރުން ފާސްވާ ޕަސެންޓޭޖު އިތުރުވެއްޖެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދެއްކެވީ ކަމުގެ ހަގީގަތް އޮޅުވާލައިގެންނެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގްރޭޑު 10 އެއް ނިންމާ ދަރިވަރުން ހަދާ އޯލެވެލް އިމްތިހާނުގައި ފާސްވާ ކުދިންގެ އަދަދު މިދިޔަ ދެ އަހަރުގެ ތެރޭގައި އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، ފާސްވާ ދަރިވަރުންގެ ޕަސެންޓޭޖު 31 ޕަސެންޓުން 49 ޕަސެންޓަށް އުފުލިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަވާލުވި އިރުގައި ގްރޭޑް 10 އެއް ނިންމާ ކުދިންގެ ޕާސް ޕަސެންޓޭޖް ވަރަށް ދަށް. އެހެން ނަމަވެސް އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ޕާސް ޕަސެންޓޭޖް މި ވަނީ މަތި ކުރެވިފަ،" ރައީސް ވިދާޅުވި އެވެ.

ފާސްވާ ދަރިވަރުންގެ ޕަސެންޓޭޖު މަތިވި ކަމުގެ ހެއްކެއްގެ ގޮތުން މުއިއްޒު ދެއްކެވީ އޯލެވެލް އަށް ފަހު އޭލެވެލް ކިޔެވުމަށް ވަދެވޭ ދަރިވަރުންގެ އިތުރުވެފައިވުމެވެ.

"2023 ގައި އަޅުގަނޑުމެން ބަލައިލާއިރުގައި 31 ޕަސެންޓު އޯލެވެލް އިން އޭލެވެލް އަށް ދިޔައީ. މިހާރު 49 ޕަސެންޓަށް ބޮޑު ކުރެވިއްޖެ، ދެ އަހަރު ތެރޭގައި. މިއީ ކާމިޔާބީއެއް،" މުއިއްޒު ވިދާޅުވި އެވެ. "31 ޕަސެންޓުން 49 ޕަސެންޓަށް ޖެއްސުމަކީ އާދައިގެ ކަމެއް ނޫން. އެއީ މުޅި އެޑިއުކޭޝަން ނިޒާމުގެ ތެރެއިން ކުރެވުނު ވަރަށް ގިނަ މަސައްކަތުގެ ނަތީޖާ."

ރައީސް އެހެން ވިދާޅުވި ނަމަވެސް އޭލެވެލް ކިޔަވަން ޝަރުތު ހަމަވާ ދަރިވަރުންގެ ޕަސެންޓޭޖު އިތުރުވީ އޯލެވެލްގައި ފާސްވާ ދަރިވަރުންގެ ޕަސެންޓޭޖު އިތުރުވެގެނެއް ނޫނެވެ. އޭގެ މައިގަނޑު ސަބަބަކީ އޭލެވެލް ކިޔަވަން ވަނުމަށް އޮންނަ ޝަރުތުތަކަށް ސަރުކާރުން ބޮޑު ލުޔެއް ދިނުމެވެ.

މީގެ ކުރިން އޭލެވެލް ކިޔަވަން ޝަރުތު ހަމަވަނީ އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވުމުންނެވެ. ނަމަވެސް އެ ޝަރުތުތައް އޯގަސްޓު 18، 2025، ގައި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ލުއިކޮށްފަ އެވެ. އަދި އޭލެވެލް ކިޔަވަން ދަރިވަރުންނަށް ފުރުސަތު ލިބޭނެ ތިން ކެޓަގަރީއެއް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.

ސަރުކާރުން ކަނޑައެޅި ތިން ކެޓަގެރީއަކީ އެކަޑެމިކް ސްޓްރީމްތަކުގެ ކެޓަގެރީ، ވޮކޭޝަނަލް އެޑިއުކޭޝަންގެ ކެޓަގެރީ އަދި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ ކެޓަގެރީ އެވެ.

އެކަޑެމިކް ސްޓްރީމްތަކަށް ވަދެވޭނެ ހަތް ގޮތެއް ސަރުކާރުން ކަނޑައެޅި އެވެ. އެންމެ ދެ މާއްދާ އަދި ތިން މާއްދާއިން "ސީ" ފާސް ލިބިގެން ވެސް ބައެއް ސްޓްރީމްތައް ކިޔަވަން ފުރުސަތު ލިބެ އެވެ. ތިން މާއްދާއަކުން "ސީ" ފާސް ލިބިގެން ވޮކޭޝަނަލް އެޑިއުކޭޝަންގެ ކެޓަގަރީއިން ފުރުސަތު ލިބެ އެވެ. އަދި އެންމެ މާއްދާއަކުން "ސީ" ފާސް ލިބިގެން ވެސް، މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ ފުރުސަތު ލިބެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މެއި 9، 2025، ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޯލެވެލްގެ ފަސް މާއްދާއިން ފާސްނުވި ނަމަވެސް އޭލެވެލް ކިޔެވުމުގެ ފުރުސަތު ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަފީއު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 6000 އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ކަމަށެވެ. ނަމަވެސް އެ ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސް ވަނީ 50 ޕަސެންޓު ދަރިވަރުން ކަމަށް ޝަފީއު ވިދާޅުވި އެވެ. ފަސް މާއްދާއިން ފާސްނުވި ނަމަވެސް އޭލެވެލް ކިޔަވަން ފުރުސަތު ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކުދިންނަަކީ 16 އަހަރުގެ ކުދިން. ގާނޫނުގައި މި ބުނާ ކުޑަކުދިންގެ އުމުރުފުރާއަކީ 18 އަހަރު. އެހެންވީމަ މި 16 އަހަރުގެ ކުދިން ފަސް މާއްދާއިން 50 އިންސައްތަ ފާސްވެފައި ބާކީ ތިބި 3000 ދަރިވަރުން ފަސް މާއްދާއިން ފާސްނުވާއިރުގައި ތައުލީމީ ނިޒާމް ޒަމާނުއްސުރެ ބައްޓަންކޮށްފައި މިއޮތީ އެއްކަލަ 3000 ކުދިން ބާކީ ކޮށްލެވޭ ފަދަ ގޮތަކަށް. އަޅުގަނޑުމެންގެ ސިޔާސަތަކީ ގައުމު ބިނާކުރުމަށް އެކުދިންނަށް ވެސް ފުރުސަތު ދިނުން،" ޝަފީއު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox