ފާއިތުވި ދެ އަހަރު ކަންކަން ނުކުރެވުނީ އަންނަ އަހަރަށް ހުށަހަޅާފައި އޮތް ބަޖެޓު ފާސްނުވާތީ: ޖަނާބު

މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން، މި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގުނީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ފާސްނުވާތީ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ފާޅު ކުރެއްވި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ޖަނާބު ވިދާޅުވީ ފާއިތުވި ދެ އަހަރު ދުވަހު ކަންކަން ނުކުރެވުނީ މިހާރު ފާސްކުރަން އުޅޭ ބަޖެޓު އަދި ފާސްކޮށްފައި ނުވާތީ ކަމަށެވެ.

"ބައެއް ބޭފުޅުން މިތަނުގައި ވާހަކަދައްކަވާއިރުގައި މިވެނިކަމެއް ނުވެޔޭ، އެވެނިކަމެއް ނުވެޔޭ، މިވެނި ރަށެއްގައި މަޝްރޫއުއެއް ނުނިމި ހުރި ވާހަކަ ފާހަގަކުރައްވައިފި، ތެދެއްމެ އެ ކަންކަން ނުވެ ހުރީ މިހާރު މި ފާސްކުރަން އުޅޭ ބަޖެޓު އަދި ފާސް ނުވާތީވެ، މިއީ ފާސްކުރަން އުޅޭ ބަޖެޓެއް، އަދި ފާހެއް ނުވޭ،" ޖަނާބު ވިދާޅުވި އެވެ.

"މި ބަޖެޓު އަދި ފާސްވެގެން އެ ބޭފުޅުންގެ ސަރުކާރުގައި ނުކޮށްދެއްވާ ހުރި ކަންކަމާއި ނުވެ ހުރި ކަންކަމާއި ހިޔާނާތްވެފައި ހުރި ކަންކަމާއި ނުނިމި ހުރި ޕްރޮޖެކްޓުތައް ނިންމިގެން ދާނީ މިއަދު އަޅުގަނޑުމެން މި ފާސްކުރަން އުޅޭ 2026 ވަނަ އަހަރުގެ ބަޖެޓުން."

އޭނާ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ބޮޑުވެގެން އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުވިދާޅުވި ނަމަވެސް، ބަޖެޓު ބޮޑުވުމުން ޕީއެންސީގެ މެންބަރުން އެކަމާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މި ބަޖެޓު ބޮޑުވެގެން އެކަމާ އަޅުގަނޑުމެން ފަހުރުވެރިވަމޭ، މި ބަޖެޓަކީ ބޮޑުވާންޖެހޭ ބަޖެޓެކޭ، އަދި މިއަށްވުރެ ވެސް ބޮޑުވިއްޔާއޭ ރައްޔިތުންނަށް ރަނގަޅު ވާނީ،" ޖަނާބު ވިދާޅުވި އެވެ.

ބަޖެޓު ބޮޑުވުމުން އެކަމާ ފަހުރުވެރިވާ ސަބަބަކީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ރާއްޖެއިން ދައްކަންޖެހޭ ދަރަނީގެ ބޮޑުބައެއް ހިމެނިފައިވުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ރައްޔިތުން އެދިއެދި ތިބި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެތެރެއިން 9.3 ބިލިއަން ރުފިޔާއަކީ ދައުލަތުން ދައްކަން އޮތް އެންމެ ބޮޑު ދެ ލޯނު ދެއްކުމަށް ދާ ހަރަދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox