މި ސަރުކާރުގައި ތިބީ ހަނިމާދޫ އެއާޕޯޓަށް ފުރައްސާރަކޮށް ދޮގު ފެތުރި މީހުން: ކައުންސިލްގެ ނައިބު ރައީސް

މި ސަރުކާރުގައި ތިބީ ހަނިމާދޫ އެއާޕޯޓަށް ފުރައްސާރަކޮށް ދޮގު ފެތުރި މީހުން: ކައުންސިލްގެ ނައިބު ރައީސް

ރާއްޖޭގެ އުތުރަށް، ހާއްސަކޮށް ބޮޑުތިލަދުން މައްޗަށް ތަރައްގީގެ އިންގިލާބީ ބަދަލެއް ގެނައުމުގެ ތަސައްވުރާއެކު އެމްޑީޕީގެ ވެރިކަމުގައި ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ޝަރަފު ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ލިބުނަސް، އެ ބޭފުޅުންނަކީ އެ މަޝްރޫއުއަށް ފުރައްސާރަކޮށް، ދޮގު ފެތުރި މީހުން ކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ޓެގުކޮށް ފިރާގު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިރޭ ހުޅުވިގެން މި ދިޔައީ ތިޔަ ބޭފުޅުންގެ ޒައާމަތުގައި އެޅި ބިންގާ" ކަމަށެވެ.

"އެ ދުވަހު، ދޮގާ ފުރައްސާރަ ކުރި މީހުން މިއަދު ކުރީ ސަފުގަ ތިބެ، އެ ޝަރަފު އެލިބިގަތީ،" ރައީސް މުހައްމަދު މުއިއްޒު އާއި މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނޭ ގޮތަށް އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ފިރާގު ވިދާޅުވި އެވެ.

"މިއަދު އެ ނުވި [ހަނިމާދޫ އެއާޕޯޓު] ދުއްޕާނަކަށް ވެސް، އަދި އިންޑިއާ މިލިޓަރީ އެއާޕޯޓަކަށް ވެސް."

އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ބިންގާ އަޅައި، މަސައްކަތް ފެށި، ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތުގައި، އެއީ އެމްޑީޕީން ކުރި ކަމެއްކަން ވެސް ފާހަގައެއް ނުކުރެ އެވެ.

ނަމަވެސް އެ ރަސްމިއްޔާތަށް ފަހު ސޯޝަލް މީޑިއާގައި އެ ރަށުގެ ރައްޔިތުންނާއި އެ ސަރަހައްދުގެ އާންމުން އެމްޑީޕީ އަށް ޝުކުރު އަދާކޮށްފައިވެ އެވެ. އަދި މި މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމީތީ މި ސަރުކާރަށް ވެސް މީހުން ޝުކުރު އަދާކުރެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަމުން ދިޔައިރު، އެއީ އިންޑިއާގެ އަސްކަރީ ބޭނުމަށް ތަރައްގީކުރާ ތަނެއް ކަމަށް އޭރު ޕީޕީއެމް/ޕީއެންސީން ބުނަމުން ދިޔަ ނަމަވެސް ރޭގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެއީ މުޅި ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ތަރައްގީގެ ދޮރާށި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހަނިމާދޫ އެއާޕޯޓު މަޝްރޫއުއާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވި ވާހަކަތަކުގެ ތެރޭގައި އިންޑިއާއަށް 15 ހެކްޓަރުގެ ބިން ދޭން އެމްޑީޕީ ސަރުކާރުން އެއްބަސްވެފައިވާ ކަމާއި ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރަން ކުލަ ހެދުމުގައި އައިސް ތިބީ ވެސް އިންޑިއާ ސިއިފައިން ކަމަށް ވިދާޅުވެފައިވެ އެވެ.

"މިތަނުގައި ބޭސްވެ، މިތަނުގައި ހިނގާ މަޝްރޫޢުތަކަށް ކުލަ ހެދުމުގައިސިފައިން އައިސް ތިބ،ެ މިއީ މިކަން ވެގެންވާނެގޮތެއް ނޫން. ބްރިޖު އަޅާށޭ ކިޔާފައިވެސް ކުލަ ހެދުމުގައި ސިފައިނ.ް ހަމައެކަނި ބަޑި ހިފަހައްޓައިގެން ތިބީމައެއް ނޫން ސިފައިން ސިފައިންނަށް ވަނީއެއ.ް ބަޑިވެސް ނެތްކަމެއް ނޭނގޭ،" ލ. ގަމުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި މުއިއްޒު ވިދާޅުވެފައިވެ އެވެ.

"ބޭނުން އިރަކު ހަނިމާދޫ އެއާޕޯޓަށްވެސް ޖައްސަންވ،ީ ނައްޓާލަންވ.ީ އެތާ ތިބޭ މީހުންނަކަށް ނޭނގޭ އެތަނަށް ޖައްސ،ާ ނައްޓާލ،ާ މަތިންދާ ބޯޓެއް ފުރާކަމެއްވެސ،ް ގެންނަ އެއްޗެއްވެސް. އެހެންވީމާ މިހިސާބުގައި އަޅުގަނޑުމެންގެ މިނިވަންކަން މިއޮތީ. އަޅުގަނޑުމެން ހަމަ އޯކޭ ވެފައި ތިބެންވީތޯ؟ އޯކޭއެއް ނުވެވޭނެ މިނިވަންކަމާ ބެހޭގޮތުންނެއް."

މުއިއްޒު މިހެން ވިދާޅުވި ނަމަވެސް އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ވައުދުވި ގޮތަށް އިންޑިއާގެ އިސްކަރިއްޔާ ރާއްޖޭން ބޭރެއް ނުކުރެ އެވެ.

މިހާރު ވެސް ހަނިމާދޫ، ލ. ކައްދޫ އަދި އައްޑޫ ސިޓީ ގަމުގައި އިންޑިއާގެ އަސްކަރީ އުޅަނދު އެބަ ހުއްޓެވެ. އެ ތަކެތި އުދުއްސަން އިންޑިއާ އަސްކަރީ ޔުނިފޯމުގައި ތިބި މީހުންގެ ބަދަލުގައި، މުއިއްޒު އެއްބަސްވީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހިންދުސްތާން ހިންދުސްތާން އޭރޮނެޓިކްސްގެ މުވައްޒަފުން ބޭތިއްބުމަށެވެ.

ހަނިމާދޫ އެއާޕޯޓާ ގުޅޭ ގޮތުން މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވިދާޅުވި ވާހަކައެއްގެ ވީޑިއޯ ވެސް ރޭ އަލުން ސޯޝަލް މީޑިއާއަށް ތިލަވެ ދައުރުވަމުން އެބަ ދެ އެވެ. އެއީ "ދުއްޕާން" ނަމުގައި ޕީޕީއެމްއިން އޭރު ބޭއްވި ޖަލްސާގައި އޭނާ ދެއްކެވި ވާހަކަ އެވެ.

އެ ޖަލްސާގައި ސައީދު ވިދާޅުވެފައި ވަނީ ހަނިމާދޫގައި ހަދަނީ އެ ސަރަހައްދަށް ބޭނުން ނުވާވަރުގެ އަސްކަރީ ރަންވޭއެއް ކަމަށެވެ. އަދި އެ މަޝްރޫއުއަށް ދިވެހި ދައުލަތުގެ މާލިއްޔަތުން 135 މިލިއަން ޑޮލަރު ދައްކަން ޖެހުން އޭނާ ސިފަކުރެއްވީ އެއީ "ދުއްޕާނެއް" ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއާޕޯޓުގައި އޮތީ 2.46 ކިލޯ މީޓަރުގެ ރަންވޭ އެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.

އެ އެއާޕޯޓުގެ އާ ޓާމިނަލާއި ރަންވޭ އާއެކު ކޯޑު ސީ، ނުވަތަ އެންމެ ބޮޑެތި މަތިންދާ ބޯޓު ހަނިމާދޫ އަށް ޖެއްސޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox