ސަރުކާރު ބަދަލުވީމާ ބީއެމްއެލް ޝަރީފުގެ ފަހަތުން ގާނޫނު ދާނެ: ޔާމީން

ކުރީގެ ރައީސް ޔާމީން: ބީއެމްއެލް މިހާރު އޮތީ ބޮޑެތި ޑިޕޮޒިޓަރުން އެ ބޭންކުން ފައިސާ ނެރޭ ހިސާބުގައި ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް ޔާމީން: ބީއެމްއެލް މިހާރު އޮތީ ބޮޑެތި ޑިޕޮޒިޓަރުން އެ ބޭންކުން ފައިސާ ނެރޭ ހިސާބުގައި ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

މި ސަރުކާރު ބަދަލުވީމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ, މުހައްމަދު ޝަރީފްގެ ފަހަތުން ގާނޫނު ދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ބީއެމްއެލްއަކީ އާންމު ރައްޔިތުންގެ ވެސް ހިއްސާ އޮންނަ ތަނަކަށްވާއިރު، އުސޫލުތަކާ ހިލާފަށް އެތަނުގެ ބޯޑަށް ނުގެންގޮސް ކަންކަން ކުރަމުންދިޔުމަކީ ސަރުކާރު ބަދަލުވުމުން ޝަރީފު ފަހަތުން ގާނޫނު ދާނެ ކަމެއް ކަމަށެވެ.

"އެއީ އާންމު ރައްޔިތުންގެ ހިއްސާ އޮންނަ ތަނެއް. ބޯޑަށް ނުގެންގޮސް މިކަންކަން މިކުރަނީ. ބޭންކް އޮފް މޯލްޑިވްސްގައި މިހާރު ހުރި ޝަރީފަށް އެނގެންވާނެ ސަރުކާރު ބަދަލުވެއްޖެއްޔާ އޭނަގެ ފަހަތުން ގާނޫނު ދާނެ. އެކަމެއް ނުކުރެވޭނެ އޭނައަކަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ބީއެމްއެލްއަކީ ސަރުކާރުގެ ފައިނޭންސް ޑިޕާޓްމަންޓެއް ނޫން ކަމަށާއި އެ ބޭންކް މިހާރު އޮތީ ބޮޑެތި ޑިޕޮޒިޓަރުން ފައިސާ ނެރޭ ހިސާބުގައި ކަމަށެވެ.

"އެއީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފައިނޭންސް ޑިޕާޓްމަންޓެއް ނޫން ބޭންކް އޮފް މޯލްޑިވްސްއަކީ. އެއީ ރައްޔިތުންގެ ބޭންކް އެނގޭތޯ. މިހާރު ބޭންކް އޮފް މޯލްޑިވްސް އިން ބޮޑެތި ޑިޕޮޒިޓަރުން ފައިސާ ނެރޭ ހިސާބުގައި އެތިބީ،" ޔާމީން ވިދާޅުވި އެވެ.

ސަރުކާރަށް ދަރަންޏަށް އެއްވެސް ތަނަކުން ފައިސާ ނުނެގޭތީ ބީއެމްއެލް މެދުވެރިކޮށް އެކި ގޮތްގޮތުން ފައިސާ ހޯދަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ. މީގެއިތުރުން ޔާމީން ވިދާޅުވީ ޓްރެޝަރީ ބިލުގެ ދަށުން ޓީ ބިލުތައް ގަންނަން ވެސް އޮތީ ބީއެމްއެލް ކަމަށެވެ.

ބީއެމްއެލް އިން އަންނަނީ ސަރުކާރުގެ ޓީބިލުތަކާއި ބޮންޑުތަކަށް އިންވެސްޓު ކުރުމުގެ އިތުރުން، ސަރުކާރު ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓުތަކާއި ސަރުކާރުން ބޭނުންވެގެން ހިންގާ ޕްރޮޖެކްޓުތަކަށް އަމިއްލަ ކުންފުނިތަކަށް ވެސް ފައިސާ ހަމަޖައްސައިދެމުންނެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި ބީއެމްއެލްގެ ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރަށް ވުރެ މަތިވީ ނަމަވެސް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައިވާ ކަމަށް އެ ބޭންކުގެ އެންމެ ފަހުގެ ކުއާޓަލީ ރިޕޯޓުން ދައްކަަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox