ފައިސާ ޗާޕުކޮށްގެން ނޫނީ މުއިއްޒު ވައުދުވި ގޮތަށް ބުރާސްފަތީގެ ކުރިން ވިޔަފާރިވެރިންނަށް ފައިސާއެއް ނުދެވޭނެ

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ދޫކުރަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު، ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކޮށްގެން ނޫނީ ފުއްދެން ނެތްކަން އެނގިއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ވިޔަފާރިވެރިންނަށް ދައްކަން ޖެހި، ނުދައްކާ ހުރި ފައިސާގެ އަދަދު ފަސް ބިލިއަނަށް އަރަ އެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ފައިސާ ބުރާސްފަތި ދުވަހުގެ ކުރިން ވިޔަފާރިވެރިންނަށް ދެއްކޭވަރުގެ ގާބިލުކަން ސަރުކާރުގައެއް ނެތެވެ.

މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ބުރާސްފަތި ދުވަހުގެ ކުރިން ވިޔަފާރިވެރިންނަށް ފައިސާ ދެއްކޭނެ ހަމައެކަނި ގޮތަކީ، ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރުން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން މި ނޫހަށް ކިޔައިދިނެވެ.

Advertisement

އެހެންނަމަވެސް، އެ ފައިސާ ޗާޕު ނުކުރެވިގެން އުޅެނީ ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރި ޝަރުތުތަކުގެ ސަބަބުން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން މި ނޫހަށް ކިޔައިދިނެވެ.

އެމްއެމްއޭއިން މި މުއާމަލާތް ހިންގަނީ ސެކަންޑްރީ މާކެޓުގަ އެވެ. މިއީ އޭގެ ޒާތުގައި ސެންޓްރަލް ބޭންކުތަކުން އާންމުކޮށް ކުރާ ކަމެކެވެ. އަދި އެއީ ސެންޓްރަލް ބޭންކުތަކުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ހިމެނޭ މަނިޓަރީ ސްޓެބިލިޓީ ހިފަހައްޓަން ހިންގާ އޯޕަން މާކެޓް އޮޕަރޭޝަންތަކުގެ ތެރެއިންކޮށް އުޅޭ ކަމެކެވެ. އޭގެ ބޭނުމަކީ ލިކިއުޑިޓީ އިތުރުކުރުމެވެ.

ޕެންޝަން ފަންޑުން ގަނެފައި ހުރި ބޮންޑުތައް އެމްއެމްއޭއަށް ގަތުމުން، މަނިޓައިޒޭޝަންގެ ނަތީޖާ ނިކުންނަނީ އެމްއެމްއޭއިން ޕެންޝަން ފަންޑަށް ލިބޭ ފައިސާއިން އަނެއްކާ ވެސް ގޮސް ޓީބިލުތަކަށް އިންވެސްޓުކުރާތީ އެވެ. އާހިރުގައި ނިކުންނަނީ ޕްރައިމަރީ މާކެޓަށް ގޮސް އެމްއެމްއޭއިން ސަރުކާރުގެ ޓީބިލުތަކާއި ބޮންޑުތަކަށް އިންވެސްޓުކުރުމުން ނިކުންނަ އިގުތިސޯދީ ނަތީޖާ އެވެ.

މިއީ އެމްއެމްއޭގެ ގާނޫނުގައި ބުނާ ފައިސާ ޗާޕުކުރުމުގެ މާނައަށް ނުފެތޭ މުއާމަލާތެއް ނަމަވެސް، ނުސީދާ ގޮތުން ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ މެދުވެރިކޮށް ނަގާ ފައިސާއަކަށް ވާތީ މަނީ ބޭސް އިތުރުވެ އެވެ. އަދި ސަރުކާރުގެ ޑެފިސިޓު ފައިނޭންސް ކުރަން މި ފައިސާ ބޭނުންކުރެވެ އެވެ. އެހެންކަމުން އެ ޗާޕުކުރެވެނީ ފައިސާ އެވެ.

ޕެންޝަން އޮފީސް މެދުވެރިކޮށް ޗާޕު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ 2.5 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އެ ފައިސާ ޗާޕު ކުރި ނަމަވެސް، ހުރިހާ ވިޔަފާރިތަކަށް ނުދީ ހުރި ހުރިހާ ފައިސާއެއް ދައްކައި ހަލާސް ނުކުރެވޭނެ ކަމަށް ސަރުކާރުގެ ކަމާބެހޭ އޮފިޝަލުން މި ނޫހަށް ކަށަވަރުކޮށްދިނެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން، ދުވަސްވީ ބިލުތަކަށް ފައިސާ ދެއްކުމަށެވެ.

ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ ފަސް ހަފުތާ ތެރޭގައި ދައްކައި ހަލާސް ކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވީ އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި ބޮޑު މުޒާހަރާ ފަށަން 24 ގަޑިއިރަށްވެފައި ވަނިކޮށެވެ.

އޮކްޓޯބަރު 2، ގެ ރޭގަނޑު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު ވިޔަފާރިތައް މެދުވެރިކޮށް ސަރުކާރުން ކޮށްފައިވާ މަސައްކަތަށް ދޭން ޖެހޭ ހުރިހާ ފައިސާ އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ދައްކާ ނިންމާނެ ކަމަށެވެ.

"ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ނިމޭނެކަން ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

އޮކްޓޯބަރު 2، އިން ފެށިގެން ފަސް ހަފުތާ ހަމަވާ ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.

މިއީ ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ ދައްކައި ހަލާސް ކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި ތިންވަނަ ފަހަރެވެ.

ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ މިދިޔަ ނޮވެމްބަރު، 2024 ގެ ކުރިން ދީ ހަލާސް ކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. އެ ވައުދު އެމަނިކުފާނު ނުފުއްދަވަ އެވެ. އޭގެފަހުން ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ މިދިޔަ ރޯދަ މަހުގެ ކުރިން ދޫކުރާނެ ކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އެ ފަހަރުވެސް އެ ވައުދު ފުއްދަވައިފައެއް ނުވެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ވިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ ދޫނުކޮށްފި ނަމަ، އެއީ އެމަނިކުފާނު އެ ވައުދާ ހިލާފުވެވަޑައިގަންނަވާ ތިންވަނަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox