މުއިއްޒު އަންގާރަ ދުވަހު ފުވައްމުލަކަށް އަދި ބުދަ ދުވަހު އައްޑޫއަށް ވަޑައިގަންނަވަނީ

މިދިޔަ އަހަރު މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރު މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު ސަރުކާރުގެ ވަފްދަކާއެކު އަންގާރަ ދުވަހު ފުވައްމުލަކަށް އަދި ބުދަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މުއިއްޒު ފުވައްމުލަކަށް ކުރައްވާ ދަތުރުގައި އެ ރަށުގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއަށްފަހު އައްޑޫއަށް ވަޑައިގެން އެ ސިޓީގެ ކައުންސިލާ ވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ފުވައްމުލަކަށް ކުރައްވާ ދަތުރަށްފަހު މުއިއްޒު ބުދަ ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫއަށް ކަމަށް މައުލޫމާތު ލިބެ އެވެ.

އޭގެއިތުރުން މައުލޫމާތު ލިބޭ ގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް މުއިއްޒު ވަޑައިގަތުމުގެ ކުރިން ޝަންގްރިއްލާއަށް ވަޑައިގެން އެ ރިސޯޓުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސ. މަރަދޫއަށް ކަމަށް މައުލޫމާތު ލިބެ އެވެ.

މުއިއްޒު ވަޑައިގަންނަވާތީ ފުވައްމުލަކާއި އައްޑޫގައި ޕީއެންސީގެ މަޖިލިސް މެންބަރުން ދަނީ ހަރަކާތްތެރިވެ، މަރުހަބާ ކިޔުމުގެ ކަންކަން ރާވައި އިންތިޒާމު ކުރަމުންނެވެ.

މުއިއްޒު ފުވައްމުލަކާއި އައްޑޫއަށް ކުރައްވާ ދަތުރާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން، ހީނާ ވަލީދުއާ ސުވާލުކުރެއްވުމުން ވިދާޅުވީ މުއިއްޒު ކުރައްވާ ދަތުރުތަކުގެ ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަށެވެ.

މިއީ އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ކައުންސިލެއް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ބޭއްވުމަށްފަހު މުއިއްޒު އެ ސިޓީއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެ އާންމު ވޯޓުގައި ފޭދޫގެ ބޮޑު މެޖޯރިޓީއަކުން ވަނީ ވަކި ކައުންސިލެއް ހަދަން ބޭނުން ނުވާ ކަމަށް ވޯޓު ދީފަ އެވެ.

އައްޑޫ ސިޓީގައި ވަކި ކައުންސިލްތަކެއް ހަދަން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގީ ރައްޔިތުން އެކަމަށް އެދުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއަށްފަހު އެ ވޯޓުގައި ސަރުކާރުގެ އެއްވެސް ސްޓޭންޑެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ފޭދޫގައި ނެގި ވޯޓަށް ސަރުކާރުން ނުފޫޒު ފޯރުވައި ވަކި ކައުންސިލެއް ހެދުމަށް ބާރު އަޅައި މަސައްކަތް ކުރި ކަމަށް ތުހުމަތުތަކެއް ވަނީ އަމާޒުވެފަ އެވެ. ސަރުކާރުން ނުފޫޒު ފޯރުވުމުން ވެސް ބޮޑު މެޖޯރިޓީއަކާ އެކު ފޭދޫ ރައްޔިތުން ނިންމި ނިންމުމަށް ގިނަ ބަޔަކު ތައުރީފްކުރި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނަ ދަނޑިވަޅުގައި މުއިއްޒު އަންނަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތް ކުރައްވައި އައު ވައުދުތަކެއް ވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox