ބަޖެޓު 2026: ފޮރިން މިނިސްޓްރީއަށް ދޭ 349 މިލިއަން ރުފިޔާގެ 77 ޕަސެންޓު އެމްބަސީތަކަށް

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު: އެ މިނިސްޓްރީއަށް ލިބޭ ބަޖެޓުގެ 77 ޕަސެންޓު ހަރަދުކުރަނީ އެމްބަސީތަކަށް ---- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު: އެ މިނިސްޓްރީއަށް ލިބޭ ބަޖެޓުގެ 77 ޕަސެންޓު ހަރަދުކުރަނީ އެމްބަސީތަކަށް ---- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރަށް ލަފާކޮށް މިއަދު ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ފޮރިން މިނިސްޓްރީއަށް ދޭން ނިންމާފައި އޮތް އަދަދުގެ 77 ޕަސެންޓު ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި، ހައި ކޮމިޝަންތަކާއި ކޮންސުލޭޓު އަދި މިޝަންތަކަށް ކުރާ ހަރަދު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ފޮރިން މިނިސްޓްރީއަށް ދޭން ހިމަނާފައިވަނީ ޖުމްލަ 349 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން މިނިސްޓްރީގެ ހަރަދުތަކަށް ދާނެ ކަމަށް ލަފާކޮށްފައިވަނީ 78.6 މިލިއަން ރުފިޔާ އެވެ. ބާކީ 270 މިލިއަން ރުފިޔާ އަކީ ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި، ހައި ކޮމިޝަން ތަކާއި ކޮންސުލޭޓު އަދި މިޝަންތަކަށް ކުރާ ހަރަދެވެ.

ހައި ކޮމިޝަންގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރަނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީ އަށެވެ. ދެވަނައަށް ސްރީލަންކާގައި ހުންނަ އެމްބަސީ އަދި ތިންވަނައަށް އެންމެ ބޮޑު ހަރަދެއް ކުރަނީ އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަން އަށެވެ.

އެންމެ ބޮޑު ހަރަދުކުރާ އެމްބަސީ، ހައި ކޮމިޝަން އަދި މިޝަންތައް

  1. މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީ --- 27.3 މިލިއަން ރުފިޔާ
  2. ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީ --- 21.3 މިލިއަން ރުފިޔާ
  3. ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަން --- 20.5 މިލިއަން ރުފިޔާ
  4. ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީ --- 20.2 މިލިއަން ރުފިޔާ
  5. ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީ --- 19.4 މިލިއަން ރުފިޔާ
  6. ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީ --- 13.8 މިލިއަން ރުފިޔާ
  7. ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަން --- 13.7 މިލިއަން ރުފިޔާ
  8. ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީ --- 12.6 މިލިއަން ރުފިޔާ
  9. އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަން --- 10.9 މިލިއަން ރުފިޔާ
  10. ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީ --- 10.8 މިލިއަން ރުފިޔާ

ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

އަންނަ އަހަރު 40 އަކަށް ބިލިއަން ރިކަރަންޓު ހަރަދަށް ބަޖެޓުކުރިއިރު، މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު އިންތިހާއަށް މަތިވެފައިވާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތުކުރަމުންނެވެ. ސިޔާސީ މުވައްޒަފުންގެ އަދަދަކީ 922 ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެ އަދަދު ނޫސްވެރިންނާއި އިދިކޮޅު ސިޔާސީން ގަބޫލެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox