މަސްދަރު ހާމަކުރާ އަމުރަކަށް އެދޭތާ 24 ގަޑިއިރު ތެރޭ ހައި ކޯޓުން ގޮތް ނިންމަން ހިމަނައި ގާނޫނު ބަދަލުކުރަނީ

މި ފަހުން މީޑިއާ ކޮންޓްރޯލް ކުރަން އެކުލަވާލި ގާނޫނާއި ދެކޮޅަށް ނޫސްވެރިން ރައީސް އޮފީސް ކުރިމަތީ ކުރި މުޒާހަރާ ފުލުހުން ރޫޅާލަނީ --- ފޮޓޯ: އަދަދު

މި ފަހުން މީޑިއާ ކޮންޓްރޯލް ކުރަން އެކުލަވާލި ގާނޫނާއި ދެކޮޅަށް ނޫސްވެރިން ރައީސް އޮފީސް ކުރިމަތީ ކުރި މުޒާހަރާ ފުލުހުން ރޫޅާލަނީ --- ފޮޓޯ: އަދަދު

ހެއްކާއި ބެހޭ ގާނޫނުގެ ދަށުން ނޫސްވެރިޔަކު ލިޔާ ލިޔުމަކަށް ނުވަތަ ގެނެސްދޭ ހުށަހެޅުމަކަށް މައުލޫމާތު ދިން މަސްދަރު ހާމަކުރަން އެދި ހައި ކޯޓަށް ހުށަހަޅާ މައްސަލައާމެދު 24 ގަޑިއިރުގެ ތެރޭގައި ގޮތް ނިންމަން ޖެހޭނެހެން ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ހުށަހެޅި ބިލުގައި އަމުރަށް އެދުމުގެ ބާރު ލިބެނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް، ކުށެއްގެ ތުހުމަތު ކުރެވޭ، ނުވަތަ ދައުވާ ލިބޭ ފަރާތަށެވެ.

އެފަދައިން އަމުރަށް އެދޭތާ 24 ގަޑިއިރުގެ ތެރޭ ހައި ކޯޓުން އެކަމާމެދު ގޮތެއް ނިންމަން ޖެހެ އެވެ. މަސްދަރު ހާމަކުރަން ޖެހޭ މަގުސަދާއި މައުލޫމާތު ބޭނުންވަނީ ކޮން ކުށަކާއި ގުޅިގެންކަން އަދި މައުލޫމާތު ހާމަކުރަން ޖެހެނީ ކޮން ފަރާތަކަށްކަން އައު އިސްލާހުގެ ދަށުން ނެރޭ އަމުރުގައި ހިމަނަންޖެހެ އެވެ.

Advertisement

ހައި ކޯޓުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އަމުރުކޮށްފިނަމަ، އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ލިބެނީ އެންމެ 10 ދުވަހުގެ މުއްދަތެކެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގައި ހެއްކާއި ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަން އެންގޭ ހާލަތްތައް ވަނީ އިތުރުކޮށްފަ އެވެ. އަދި، މި ގާނޫނާއި ބެހޭގޮތުން ނޫސްވެރިން މީގެ ކުރިން ފާޅުކުރި ކަންބޮޑުވުންތަކަށް މި އިސްލާހުން ހައްލެއް ނުލިބެ އެވެ.

ސްލާހާއެކު ނޫސްވެރިންގެ މައްސަލަ ހާމަކުރަން އެންގޭ ހާލަތްތައް:

  • ޓެރަރިޒަމުގެ ކުށް
  • ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަ ކުރުން
  • ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
  • ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް
  • ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުން ލިބޭނެ ފަދަ އަމަލުތައް
  • އަދި، އެ ނޫން ވެސް ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލެއް އެކުލެވޭ ކުށް

އެމްޑީޕީ ސަރުކާރުގައި ހެއްކާއި ބެހޭ ގާނޫނު އެކުލަވާލި އިރު ނޫސްވެރިންނާއި ޖަމިއްޔާތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ ގައުމީ ސަލާމަތް މާނަކޮށްފައި ނެތުމުންނެވެ. އަލަށް ހުށަހެޅި އިސްލާހުގައި ވެސް ގައުމީ ސަލާމަތް މާނަކޮށްފައެއް ނުވެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މަސްދަރު ހާމަކުރަން ކޯޓުން އެންގޭހެން އޮތް މާއްދާ އިސްލާހުކޮށް، ނޫސްވެރިން ކުރިން ފާހަގަކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުންޏެވެ.

މުއިއްޒުގެ ސަރުކާރުން ނޫސްވެރިންނަށް އިތުރު ދަތިތަކެއް ކުރިމަތި ކުރުވަން އިސްލާހެއް ހުށަހަޅާފައި މިވަނީ، މިނިވަން މީޑިއާ ނެތިކޮށްލަން މިދިޔަ އޮގަސްޓު މަހު މަޖިލީހުން ބިލެއް ފާސްކޮށް، މަޖިލީހަށް ފުރިހަމަ ބާރު އޮންނަ މީޑިއާ ކޮންޓްރޯލް ކޮމިޝަނެއް އުފެއްދުމަށް ފަހު އެވެ.

މި ގާނޫނު އުވައިލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox