ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހަތަރު ބޭފުޅަކު މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.
އެންއައިސީއަށް އެ ބޭފުޅުން އައްޔަނުކުރީ ރައްޔިތުންގެ މަޖިލީހަށް އެބޭފުޅުން އައްޔަން ކުރަން ފާސްކޮށްފައިވާތީ އެވެ. އެ އެންމެންގެ ނަން ވެސް ހުށަހެޅީ މުއިއްޒު އެވެ.
އެންއައިސީއަށް އައްޔަނުކުރެއްވި ބޭފުޅުން:
- ދަފްތަރު ނަންބަރު ރސ 1188، ޝުއައިބު އަބްދުއްރަޙްމާ
- ދަފްތަރު ނަންބަރު ރސ 12854، ޝިފާޒު އަލީ
- ދަފްތަރު ނަންބަރު ރސ 1851، އަލީ މުހައްމަދުމަނިކު
- ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް.
އެންއައިސީގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ދައުރު ހަމަވީ މިއަދު އެވެ.
ދައުރު ހަމަވި މެންބަރުންގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަނުގެ ރައީސް، ގާސިމް އަބްދުލްކަރީމް އާއި ނައިބުރައީސް، އާއިޝަތު ނިއުޝާގެ އިތުރުން މެންބަރު، އާމިނަތު ޝާދިޔާ އަދި އައްޔަނުކުރެއްވި ޝުއައިބު އަބްދުއްރަހްމާން އެވެ.
އެންއައިސީއަށް އައްޔަނުކުރެއްވި މެންބަރުންގެ ތެރޭގައި ނަގާ ވޯޓަކުން ކޮމިޝަނުގެ ރައީސާއި ނައިބްރައީސް ކަނޑައަޅާނެ އެވެ.













