ބަނޑުގެ ބެކްޓީރިއާތައް، ފައިބަރު ހަކަތައަށް ބަދަލުކޮށްލަދޭ

Oct 27, 2025, 1:59 AM
ބަނޑުގެ ބެކްޓީރިއާތައް، ފައިބަރު ހަކަތައަށް ބަދަލުކޮށްލަދޭ

އިންސާނާގެ ބަނޑަކީ އަހަރެމެންގެ ހަށިގަނޑުގެ ނިސްބަތުން ބަލާއިރު އެހައި ބޮޑު ނޫނަސް ކުޑަ ގުވަނެއް ނޫނެވެ. ނަމަވެސް އެއީ ގުނައި އަދަދު ނުކުރެވޭހައި ގިނަ ދިރޭ މަހުލޫގުތަކެއް ވަޒަންވެރިއުޅޭ ބިޔަ ދުނިޔެއެކެވެ. އެތައް ބިލިއަން ނުވަތަ އެތައް ޓްރިލިއަން ބެކްޓީރިއާއަކާއި އެތައް ޓްރިލިއަން މައިކްރޯބެއް ދިރިއުޅޭ ދުނިޔެއެކެވެ.

ލޮލަށް ނުފެންނަހާ ކުދިކުދި އެ މަހްލޫގުތަކަކީ، އިންސާނާގެ ފުރާނަ ހަށިގަނޑުގައި ދަމަހައްޓައިދިނުމުގައ ވަރަށް މުހިންމު ޒިންމާތަކެއް އަދާކުރާ އެއްޗެހިތަކެކެވެ. އޭގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކީ އަހަރެމެން ކާ ތަކެތި ހަޖަމުކުރުމެވެ. އެ މުހިންމު ޒިންމާ އަދާކުރާ މައިކްރޯބްތަކުގެ ތެރޭގައި، މީތޭން ގޭސް އުފައްދާ މައިކްރޯބެއް ވެސް ހިމެނެއެވެ.

އެރިޒޯނާ ސްޓޭޓް ޔުނިވަސިޓީން ދާދި ފަހުން ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މީތޭން ގޭސް އުފައްދައިދޭ، ހަމަލޮލަށް ނުފެންނަ ކުޑަކުޑަ މަހުލޫގަކީ، އަހަރެމެން ކާ ތަކެތިން ހަށިގަނޑަށް ނަގާ ގިނަ އަދަދެއްގެ ކެލޮރީގެ މައްޗަށް ނުފޫޒު ފޯރުވައިފާނެ އެއްޗެކެވެ.

Advertisement

ބަނޑުގެ ތެރޭގައި ކާނާ ހަޖަމުކުރުމުގެ މަސައްކަތް ހިނގާ ސަރަހައްދުގައި ދިރިއުޅޭ މައިކްރޯބްތަކަށް ނުވަތަ ބެކްޓީރިއާތަކަށް ކިޔަނީ ގަޓް މައިކްރޯބިއޯމް (ބެކްޓީރިއާ، ފަންގަސް، ވައިރަސް) އެވެ. ކޮންމެ އިންސާނެއްގެ ބަނޑުގައި ވެސް މި މައިކްރޯބިއޯމްތައް ހުންނަ އިރު، ބައެއް މީހުންގެ ބަނޑު ތެރޭގައި މި ބާވަތުގެ މައިކްރޯބިއޯމްތަކުން މީތޭން ގޭސް އުފައްދަނީ ވަރަށް މަދުންނެވެ. ނަމަވެސް ބައެއް މީހުންގެ ބަނޑު ތެރޭގައި ވަރަށް ގިނައިން މީތޭން ގޭސް އުފައްދައެވެ.

ދިރާސާއިން އެނގުނު ގޮތުގައި ބަނޑުތެރޭގެ މައިކްރޯބިއޯމްތަކުން ގިނައިން މީތޭން ގޭސް އުފައްދާ މީހުންނަކީ، ގިނައިން ފައިބަރު އެކުލެވޭ ކާނާ ކެއުމުން، އެމީހުންގެ ހަށިގަނޑުގައި ގިނައިން ހަކަތަ އުފައްދައިދޭ މީހުންނެވެ. ސައެންސްވެރިން ބުނާ ގޮތުގައި، ތަފާތު މީހުން އެކައްޗެއް އެއް މިންވަރަކަށް ކެއުމުން ވެސް، އެކި މީހުންގެ ހަށިގަނޑުގައި އެކި މިންވަރަށް ކެލޮރީ އުފައްދައިދެނީ މި ސަބަބާ ހެދިއެވެ.

މި ދިރާސާގައި ބައިވެރިވި ސައެންސްވެރިން ދެކޭ ގޮތުގައި ގިނައިން ފައިބަރު އެކުލެވޭ ކާނާ ކެއުމަކީ ކޮންމެ މީހެއްގެ ހަށިގަނޑަށް ވެސް ފައިދާ ކުރަނިވި ކަމެކެވެ. އާންމު ގޮތެއްގައި ގިނަ މީހުންގެ ހަށިގަނޑުގައި ކެލޮރީ އުފައްދަނީ، ގިނަ ދުވަހަށް ރައްކާކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ތައްޔާރީ ބާވަތްތައް ކެއުމުގައި ބޭނުންކުރުމުންނެވެ. އޭގެ ތެރޭގައި ދަޅުގައި ބަންދުކުރި އެއްގަމު މަސް ފަދަ ބާވަތްތައް ހިމެނެއެވެ.

އެހެން ނަމަވެސް، ގިނައިން ފައިބަރު އެކުލެވޭ ކާނާ ކެއުމުން، ހަށިގަނޑަށް ލިބޭ ކެލޮރީގެ މިންވަރު ބިނާވަނީ، އެމީހެއްގެ ބަނޑުގައި މީތޭން ގޭސް އުފައްދައިދޭ މިންވަރެއްގެ މައްޗަށެވެ. އެހެންކަމުން، ބަނޑުގައި އުފެދޭ މީތޭން ގޭހުގެ ހަގީގަތާ ބެހޭ ގޮތުން ހޯދުނު މި އާ ހޯދުމަކީ، ކޮންމެ މީހަކަށް ވެސް އެމީހަކަށް އެންމެ އެކަށޭނަ ކާނާގެ ބާވަތްތައް ދެނެގަތުމަށް މުހިންމު ހޯދުމެކެވެ.

މި ހޯދުމުން އެނގުނު އެއް ކަމަކީ، އެއް ބާވަތެއްގެ ކާނާއެއް ކާ ދެމީހުން ވިޔަސް، އެމީހުންގެ ހަށިގަނޑަށް އެ ކާނާއިން ފައިދާ އާއި ގެއްލުން ލިބޭ މިންވަރު ތަފާތު ވެދާނެކަމެވެ. އެކަން ބިނާވަނީ ގަޓް މައިކްރޯބިއޯމްތައް އެމީހެއްގެ ބަނޑުގައި އެކުލެވޭ މިންވަރެއްގެ މައްޗަށެވެ.

ބަނޑު ތެރޭގައި މީތޭން އުފައްދައިދޭ މައިކްރޯބްއަކީ މީތާނޮޖެންސް އެވެ. މިއީ ބަނޑުގައި ހުންނަ ކާއެއްޗެހި މާފުރިހަމައަށް ހަޖަމުކޮށްދީ އަދި ކާއެއްޗެހިން ހަށިގަނޑަށް ބޭނުންވާ ހަކަތަ، މާ ފުރިހަމައަށް ނަގައިދޭ މައިކްރޯބެކެވެ. މި މައިކްރޯބްގެ މަސައްކަތަކީ، ބަނޑު ތެރޭގައި ހުންނަ ކާއެއްޗެހީގެ ތެރެއިން، ހަށިގަނޑަށް އަމިއްލައަށް ހަޖަމު ނުކުރެވޭ އެއްޗެހި ކުދިކުދިކޮށްލައި ހަޖަމުކުރުމެވެ.

މީތާނޮޖެންސް ކިޔާ މައިކްރޯބްގެ މަސައްކަތަށް ބޭނުންވާ ހަކަތަ ނުވަތަ ކާނާއަކީ ހައިޑްރޮޖަންއެވެ. ހައިޑްރޮޖަން ކައިގެން ނަޖިހުގެ ގޮތުގައި ބޭރުކުރާ އެއްޗަކީ މީތޭން ގޭހެވެ. އިންސާނާގެ ހަށިގަނޑުގެ ތެރޭގައި މީތޭން ގޭސް އުފައްދައިދޭ ހަމައެކަނި މައިކްރޯބްއަކީ މީތާނޮޖެންސް އެވެ.

އިންސާނުންގެ ހަށިގަނޑަކީ އޭގެ ޒާތުގައި މީތޭން ގޭސް އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެއް ނޫނެވެ. އެހެނެއް ކަމަކު، އިންސާނުންގެ ހަށިގަނޑުގައި މީތޭން ގޭސް އުފައްދައިދެނީ މީތާނޮޖެންސް ކިޔާ މައިކްރޯބްއެކެވެ. ގެރި ފަދަ ގިނައިން ވިނަ ކައިގެން ދިރިއުޚޭ ޖަނަވާރުގެ ބަނޑުގައި، އިންސާނުންގެ ބަނޑުތެރެއަށް ވުރެ މާ ގިނައިން މި މައިކްރޯބް ހުރެއެވެ. އެހެންކަމުން އެފަދަ ޖަނަވާރުގެ ބަނޑުގައި މީތޭން ގޭސް އުފެދޭ މިންވަރު އިންސާނުންނަށް ވުރެ އެތައް ގުނައެއް އިތުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox