މިނިސްޓަރެއްގެ ހައިސިއްޔަތުން ހާޒިރުވެ އެކްޓިވިސްޓެއް ގޮތަށް ޝަހީމް ވާހަކަ ދެއްކެވުމަކީ ހަޑިހުތުރުކަމެއް: ގަފޫރު

މީގެ ކުރިން އޮތް މަޖިލީހުގެ ޖަލްސާއެއްގައި ގަފޫރު ވާހަކަދައްކަވަނީ. އޭނާއަކީ މި މަޖިލީހުގައި ހުންނެވި އެންމެ ތަޖުރިބާހުރި އެއް ބަރުލަމާނު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މީގެ ކުރިން އޮތް މަޖިލީހުގެ ޖަލްސާއެއްގައި ގަފޫރު ވާހަކަދައްކަވަނީ. އޭނާއަކީ މި މަޖިލީހުގައި ހުންނެވި އެންމެ ތަޖުރިބާހުރި އެއް ބަރުލަމާނު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މަޖިލީހަށް ވަޑައިގެން، ޖަވާބު ދެއްވީ މިނިސްޓަރަކު އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ގޮތަށްވުރެ ހަޑިހުތުރުކޮށް ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ ޝަހީމްއަކީ އޭނާ ވަރަށް އިހުތިރާމު ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ތަޅުމުގައި މިއަދު ޝަހީމް އަމަލު ކުރެއްވީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ގަފޫރު ވިދާޅުވި އެވެ.

"މަގާމުގެ ހައިސިއްޔަތުން ގާނޫނީ ޒިންމާއެއް އަދާކުރަން މިނިސްޓަރު ވަޑައިގެން، މިނިސްޓަރަކަށް ޕީއެންސީގެ އެކްޓިވިސްޓެއް ގޮތަކަށް މެންބަރުންނަށް ޖަވާބު ދިނުމަކީ އެއީ މިނިސްޓަރެެއްގެ ގޮތުން ބަލާއިރު ކުޑަކޮށް ހަޑިހުތުރުކަމެއް،" ގަފޫރު ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ހިނގައިދިޔަ ފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ނުހިނގާނެ ފަދަ ގޮތަކަށް ކަންކަން ތަރުތީބު ކޮށްދެއްވުމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް، އަހުމަދު ނާޒިމްގެ އަރިހުން ވެސް ގަފޫރު އެދިވަޑައިގެންނެވި އެވެ.

މަޖިލީހުގެ ތަޅުން މިއަދު ހޫނުވީ މިދިޔަ ސަރުކާރުން ބަޔަކާ ހަވާލު ކޮށްގެން ހިތަދޫގައި އަޅަން ފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބު އޮޅުންފިލުވުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލް ސުވާލު ކުރެއްވުމުން ރުޅި އިސްކުރައްވައި ޝަހީމް ޖަވާބުދެއްވުމުންނެވެ.

ނާޒިލް ސުވާލު ކުރެއްވީ އެ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތީ އެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީފައި ނުވާތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ އެވެ. ނާޒިލް އެދިވަޑައިގެންނެވީ އެކަމުގެ ހަގީގަތް ސާފުކޮށްދެއްވުމަށެވެ.

ނާޒިލްގެ އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ އެ މަސައްކަތް ކުރާ ކުންފުންޏަށް ފައިސާ ނުދޭ ކަމަށް ބުނާ ވާހަކައަކީ މުޅީން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

"އެ މިސްކިތް ނުވަތަ އެ ސެންޓަރު ހަވާލު ކޮށްފައިވާ ކުންފުންޏަށް އެއްވެސް ބިލަކަށް ފައިސާ ނުދައްކައެއް ނޯންނާނެ، ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ، ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ، ކެޕޭސިޓީ ނެތް ފަރާތްތަކާ މަސައްކަތް ހަވާލު ކުރީމާ މަސައްކަތް ލަސްވަމުން ދަނީ،" ޝަހީމް ވިދާޅުވި އެވެ.

އެ ޖަވާބާއެކު މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަން ފެށްޓެވުމުން ޝަހީމް ވަނީ ރުޅި އިސްކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ޝަހީމް ވިދާޅުވީ ސުވާލު ކުރުމަށްފަހު ޖަވާބު އަޑުއެހުމުގެ ގާބިލުކަން މެންބަރުންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށެވެ.

"ހުރިހާ ފައިސާއެއް އަޅުގަނޑުމެން ދެއްކީ، އަޅުގަނޑުމެން މިނިސްޓްރީއާ ހަވާލުވިއިރު ވެސް 50 މިލިއަން ރުފިޔާ ނުދައްކައި އޮތް، އިއްޒަތްތެރި މެންބަރު، އަޑު އައްސަވާ ޖަވާބު ސުވާލު ކުރައްވާފައި، ސުވާލުގެ ޖަވާބު އަޑުއެހުމުގެ ގާބިލުކަން ހުންނަންޖެހޭނެ އިއްޒަތްތެރި މެންބަރު، 50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާފައި ދިޔައީ، ލަދުގަންނަން ޖެހޭނެ ސުވާލުކުރަން،" ރުޅި އިސްކުރައްވައި އަޑުހަރުކޮށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އެހެން ވިދާޅުވުމާއެކު މަޖިލީހުގެ ތަޅު އިންތިހާއަށް ހޫނުވެ ބައެއް މެންބަރުން ކޮޅަށް ތެދުވެ އަޑުގަދަ ކުރަން ފެށި އެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ވެސް ބަދަލު ކުރެވުނެ އެވެ.

މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ރިޔާސަތުން އަންގަމުންދިޔަ އެވެ. އެއަށްފަހު ރިޔާސަތުން ވަނީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަހީމް އަމަލު ކުރެއްވި ގޮތާ ބެހޭގޮތުން މަޖިލީހުގެ ރިޔާސަތުން މިއަދު އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭގެ ބަދަލުގައި ނާޒިމް ވަނީ މިނިސްޓަރުން ކޮންމެ ޖަވާބެއް ދެއްވި ނަމަވެސް އެކަމަށް އިހުތިރާމު ކުރުމަށް މެންބަރުންނަށް ނަސޭހަތްތެރިވެފަ އެވެ.

"ވަޒީރުން މަޖިލީހަށް އެ ވަޑައިގަންނަވަނީ ވަޒީރުން ގާނޫނީ ގޮތުން އަދާކުރައްވަން ޖެހޭ ޒިންމާއެއް އަދާ ކުރެއްވުމަށް، އެހެންވީމާ އެ ޒިންމާ އަދާކުރައްވަން އެ ބޭފުޅުން ވަޑައިގެންނެވީމާ އެކަމަށް ފަހި މާހައުލެއް މި ގޭގައި އަޅުގަނޑުމެން ދެމެހެއްޓުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް، އަޅުގަނޑުމެންގެ ވާޖިބެއް،" ނާޒިމް ވިދާޅުވި އެވެ.

"މިނިސްޓަރު ކޮންމެ ޖަވާބެއް ދެއްވިކަމަށްވިޔަސް އެ ޖަވާބު އަޑުއެހުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ހުންނަންވާނެ، އަޅުގަނޑުމެންނަށް އިހުތިރާމު ލިބޭނީ އަޅުގަނޑުމެން އިހުތިރާމު ދީގެން."

މިއަދު މަޖިލިސް ތަޅުން ހޫނުވި ވަގުތު އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހިމް ފަލާހުގެ މައިކު ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ހަލާކުކޮށްލި ކަމަށްބުނެ އެ މައްސަލަ ސުލޫކީ ކޮމިޓީއަށް ވެސް ވަނީ ރިޔާސަތުން ފޮނުވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން ނާޒިމް ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު ފަލާހުގެ މޭޒުކޮޅުގައި ހަރުކޮށްފައި ހުންނަ މައިކު ބަދަލު ކުރުމަށްދާ ހަރަދު އެކަމުގައި ޒިންމާވާންޖެހޭ މީހަކު ދައްކަވަންޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox