ފަލާހުގެ މައިކު ޝަމްހީދު ހަލާކުކޮށްލި ކަމަށް ބުނެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވައިފި

ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު މަޖިލީހުގައި މިއަދު ރުންކުރުކޮށް ޖަވާބުދެއްވުމުން ތަޅުން ހޫނުވި ވަގުތު އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހިމް ފަލާހުގެ މައިކު ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ހަލާކުކޮށްލި ކަމަށްބުނެ އެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ދިއްގަރު ދާއިރާގެ މެންބަރު، އަހުމަދު ނާޒިމް ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު ފަލާހުގެ މޭޒުކޮޅުގައި ހަރުކޮށްފައި ހުންނަ މައިކު ބަދަލު ކުރުމަށްދާ ހަރަދު އެކަމުގައި ޒިންމާވާންޖެހޭ މީހަކު ދައްކަވަންޖެހޭނެ ކަމަށެވެ.

"އިނގުރައިދޫ ދާއިރާގެ މެންބަރުގެ މޭޒުކޮޅުގައި ހަރުކުރެވިފައިވާ މައިކު ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދުއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި އެ މައިކު ވަނީ ހަލާކުވެފައި، އެހެންވީމާ އެ މައިކު ރިޕްލޭސް ކުރަންޖެހޭތީ އެކަމުގެ އަގު ޖެހޭނެ އެކަން ހިނގައިދިޔަ ގޮތެއް ބަލާފައި ދައްކަވަން، އެހެންވީމާ އެ މައްސަލަ އަޅުގަނޑު ސުލޫކާ ބެހޭ ކޮމިޓީއަށް މި ފޮނުވަނީ،" ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުން މިއަދު ހޫނުވީ މިދިޔަ ސަރުކާރުން ބަޔަކާ ހަވާލު ކޮށްގެން ހިތަދޫގައި އަޅަން ފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބު އޮޅުންފިލުވުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލް ސުވާލު ކުރެއްވުމުން ރުޅި އިސްކުރައްވައި ޝަހީމް ޖަވާބުދެއްވުމުންނެވެ.

ސުވާލު ކުރެއްވީ އެ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތީ އެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީފައި ނުވާތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ އެވެ. ނާޒިލް އެދިވަޑައިގެންނެވީ އެކަމުގެ ހަގީގަތް ސާފުކޮށްދެއްވުމަށެވެ.

ނާޒިލްގެ އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ އެ މަސައްކަތް ކުރާ ކުންފުންޏަށް ފައިސާ ނުދޭ ކަމަށް ބުނާ ވާހަކައަކީ މުޅީން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

"އެ މިސްކިތް ނުވަތަ އެ ސެންޓަރު ހަވާލު ކޮށްފައިވާ ކުންފުންޏަށް އެއްވެސް ބިލަކަށް ފައިސާ ނުދައްކައެއް ނޯންނާނެ، ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ، ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ، ކެޕޭސިޓީ ނެތް ފަރާތްތަކާ މަސައްކަތް ހަވާލު ކުރީމާ މަސައްކަތް ލަސްވަމުން ދަނީ،" ޝަހީމް ވިދާޅުވި އެވެ.

އެ ޖަވާބާއެކު މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަން ފެށްޓެވުމުން ޝަހީމް ވަނީ ރުޅި އިސްކުރައްވައި ވާހަކަދައްކަވައިފަ އެވެ. ޝަހީމް ވިދާޅުވީ ސުވާލު ކުރުމަށްފަހު ޖަވާބު އަޑުއެހުމުގެ ގާބިލުކަން މެންބަރުންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށެވެ.

"ހުރިހާ ފައިސާއެއް އަޅުގަނޑުމެން ދެއްކީ، އަޅުގަނޑުމެން މިނިސްޓްރީއާ ހަވާލުވިއިރު ވެސް 50 މިލިއަން ރުފިޔާ ނުދައްކައި އޮތް، އިއްޒަތްތެރި މެންބަރު، އަޑު އައްސަވާ ޖަވާބު ސުވާލު ކުރައްވާފައި، ސުވާލުގެ ޖަވާބު އަޑުއެހުމުގެ ގާބިލުކަން ހުންނަންޖެހޭނެ އިއްޒަތްތެރި މެންބަރު، 50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާފައި ދިޔައީ، ލަދުގަންނަން ޖެހޭނެ ސުވާލުކުރަން،" ރުޅި އިސްކުރައްވައި އަޑުހަރުކޮށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އެހެން ވިދާޅުވުމާއެކު މަޖިލީހުގެ ތަޅު އިންތިހާއަށް ހޫނުވެ ބައެއް މެންބަރުން ކޮޅަށް ތެދުވެ އަޑުގަދަ ކުރަން ފެށި އެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ވެސް ބަދަލު ކުރެވުނެ އެވެ.

މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ރިޔާސަތުން އަންގަމުންދިޔަ އެވެ. އެއަށްފަހު ރިޔާސަތުން ވަނީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުން ވަނީ ޝަހީމް ދިފާއުކުރައްވައި ވާހަކަދައްކަވައިފަ އެވެ. ނާޒިމް ވިދާޅުވީ މަޖިލީހަށް ވަޑައިގަންނަވައި މިނިސްޓަރަކު ކޮންމެ ޖަވާބެއްދެއްވި ނަމަވެސް އެ ޖަވާބު އަޑުއެހުމުގެ ގާބިލުކަން މެންބަރުންގެ ކިބައިގައި ހުންނާންޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox