ހުލާސާކޮށް އިއްޔެ: ފައިސާ ޗާޕުކޮށް ރިޝްވަތު ބަހާނެ

Oct 22, 2025, 12:58 AM
ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު ކުނަހަންދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު ކުނަހަންދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ޕެންޝަން އޮފީހާއި އެމްއެމްއޭ ބައިވެރިވެގެން ހިންގާ މުއާމަލާތުގައި ޗާޕު ކުރާ ފައިސާ ސަރުކާރަށް ނަގައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒު އެ ފައިސާ ރިޝްވަތުގެ ގޮތުގައި ބައްސަވާނެ ކަމަށް އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވި އެވެ.

އިމްރާން އެ އިޝާރާތްކުރައްވާ މުއާމަލާތާކީ އެމްއެމްއޭއިން ފައިސާ ހޯދައިގެން ޕެންޝަން އޮފީހުން ގަންނަ 2.5 ބިލިއަން ރުފިޔާގެ ބޮންޑަށެވެ.

ކުރީ ސަރުކާރުގައި ހޯމް މިނިސްޓަަރަކަށް ވެސް ހުންނެވި އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ޕެންޝަން އޮފީހުގެ ބޯޑަށް ބިރުދައްކައިގެން، އެ ތަނުގެ އިންވެސްޓްމަންޓެއް ކަމަށް ދޭހަވާ ގޮތަށް މި މުއާމަލާތް ހިންގަން އުޅުނަސް، މިއީ ސަރުކާރުގެ ހިންގުމުގެ ބޭނުމަށް ފައިސާ ޗާޕުކުރުުމެވެ.

މިހެން ކަން ކުރުމުން، ޕެންޝަން ސްކީމުން ޕެންޝަންގެ ސިފަ ގެއްލި ޓެކުހެއްގެ ކުލަތައް ޖެހިގެންދާ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި މީގެ ސަބަބުން މި ސަރުކާރުގެ ޑޮލަރު މާރުކުރުމުގެ 'ދިއުޅިއެއްނުވާ' ސިޔާސަތު ފެއިލުވެފައިވާ ކަން ދޭހަކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމުން ދޭހަކޮށްދޭ އަނެއްކަމަކީ އިގުތިސޯދު ހަމަޔަކަށް އެޅުވުމަށްކަމަށް ބުނެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަންނަ ޑޮލަރު އެމްއެމްއޭ މެދުވެރިކޮށް ގަދަބާރުން ސަރުކާރަށް ނަގައިގެން ހިންގަންއުޅުނު ދިއުޅިއެއްނުވާ ސިޔާސަތު ނުހިނގާ ފޭލިވެއްޖެކަން." އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ ޓްވީޓު ނިންމާލަމުން އޭނާ ވަނީ މުއިއްޒު ވިދާޅުވެފައިވާ ގޮތާ ހިލާފަށް، ފައިސާ ޗާޕުކުރުމުން ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށެވެ. މިއީ މި ކަމާ ދެކޮޅަށް ވާހަކަ ދެއްކި އެންމެން ވެސް ފާހަގަކުރަމުން އަންނަ ނުކުތާއެކެވެ.

މިއީ ފައިސާ ޗާޕުކުރުން ކަމަށް ފަންނީ މާހިރުން ވެސް ބުނަމުން އަންނަ ދަނޑިވަޅެއްގައި މުއިއްޒު ވަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި މި ފައިސާ ބޭނުންކުރަނީ ކޮންޓްރެކްޓަރުންނަށް ނުދެއްކި ހުރި ދެ ބިލިއަން ރުފިޔާ ދައްކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު މި މުއާމަލާތުގެ އިގުތިސޯދީ ނަތީޖާއަކީ އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓު އޯވާޑްރޯ ކުރުމުން ނިކުންނަ ނަތީޖާ އެެވެ. އަދި ކޮންޓްރެކްޓަރުންނަށް މި ފައިސާ ދޫކުރުމާއެކީ މި ފައިސާ ގޮސް އިގުތިސޯދުގެ ތެރެއަށް ވަންނަ އިރު، އިގުތިސޯދުގައި ހުރި ރުފިޔާ އިތުރުވާނެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox