ދުޅަހެޔޮ ސެލްތަކަށް ގެއްލުން ނުވެ ކެންސަރަށް ފަރުވާ ކުރެވޭނެ

Oct 21, 2025, 8:50 AM
ދުޅަހެޔޮ ސެލްތަކަށް ގެއްލުން ނުވެ ކެންސަރަށް ފަރުވާ ކުރެވޭނެ

ކެންސަރު ޖެހިފައިވާ މީހާގެ ހަށިގަނޑުގައި ހުންނަ ދުޅަހެޔޮ ސެލްތަކަށް ގެއްލުން ނުވާ ގޮތަށް، ކެންސަރު ބައްޔަށް ފަރުވާ ކުރެވިދާނެ ކަމަށް، މުޅިން އާ ދިރާސާއަކާ ހަވާލާދީ ސައެންސްވެރިން ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ފްރާންސިސް ކްރިކް އިންސްޓިޓިއުޓާއި އެމެރިކާގެ ވިވިޑިއަން ތެރަޕޫޓީކްސް ގުޅިގެން ކުރި ދިރާސާއިން އެނގުނު ގޮތުގައި ހަށިގަނޑުގައި އުފެދިފައި ހުންނަ ކެންސަރު ޓިއުމަރު ހެދިބޮޑުވުން ހުއްޓުވުމަކީ، ހަށިގަނޑުގައި ހުންނަ ދުޅަހެޔޮ ސެލްތަކަށް ގެއްލުން ނުލިބޭ ގޮތަށް ވެސް ކުރެވިދާނެ ކަމެކެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުގައި ހަށިގަނޑުގައި އުފެދިފައި ހުންނަ ޓިއުމަރުގައި ހިމެނޭ ކެންސަރު ސެލްތައް ހެދި ބޮޑުވެ ހަށިގަނޑުގެ ތެރެއަށް ފެތުރިގެން ދިއުމަށް އެ ސެލްތަކަށް ފޮނުވާ އިރުޝާދުތަކަށް ހުރަސްއަޅާ މާއްދާއެއް މިހާރު ވަނީ ދެނެގަނެވިފަ އެވެ.

ފަރުވާއެއްގެ ގޮތުގައި އެ މާއްދާ ބޭނުންކުރެވިދާނެކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމުގެ ގޮތުން، ސައެންސްވެރިން ވަނީ މީދަލުގެ ހަށިގަނޑުގައި މި މާއްދާ އަޖުމަބަލައިފަ އެވެ. ފުއްޕާމޭގެ ކެންސަރު ޓިއުމަރާއި އުރަމަތީ ކެންސަރު ޓިއުމަރު ހުރި މީދާތަކުގެ ހަށިގަނޑަށް މި މާއްދާ ފޮނުވުމުން، މި ބާވަތުގެ ކެންސަރަށް ބޭނުންކުރާ އެހެން ފަރުވާތަކުން ފެންނަ ޒާތުގެ ސައިޑް އިފެކްޓްތަކެއް ނުފެނެ އެވެ.

Advertisement

އެހެންކަމުން، ސައެންސްވެރިން މިހާރު ތައްޔާރުވަމުން އަންނަނީ އިންސާނުންގެ ހަށިގަނޑުގައި މި މާއްދާ އަޖުމަ ބެލުމަށެވެ. ސައެންސްވެރިން އުންމީދު ކުރަނީ މި އާ ހޯދުމަކީ، ކެންސަރަށް ފަރުވާ ކުރުމުގައި މިހާރަށް ވުރެ ބަރާބަރު އަދި މިހާރަށް ވުރެ ރައްކާތެރި ފަރުވާއެއް އީޖާދު ކުރެވޭނެ ކަމަށެވެ.

މި ދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނާ ގޮތުގައި އަލަށް މި ހޯދުނު ބޭސްވެރިކަމުގެ މާއްދާއަކީ، ހަށިގަނޑުގައި ހުންނަ ސެލްތައް ހެދިބޮޑުވުމަށް އަންގާ ޕްރޮޓީންތައް އުފައްދައިދޭ ޖީން ކަމަށްވާ ރެޓް ސާކޯމާ (އާރްއޭއެސް) ޖީން އާއި ޓިއުމަރު ސެލްތަކާ ގުޅުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ މާއްދާއެކެވެ.

ސެލްތައް ހެދިބޮޑުވެ ފެތުރިގަތުން ކޮންޓްރޯލުކުރުމުގައި މަރުކަޒީ ދައުރެއް އަދާކުރަނީ އާރްއޭއެސް ޖީންއެވެ. ނަމަވެސް މި ބާވަތުގެ ޖީންތަކުގެ އަސްލަށް ބަދަލުއަންނަނީ (މިއުޓޭޓްވަނީ)، އާންމު ގޮތެއްގައި ކެންސަރުގެ ފަސް ހާލަތުގެ ތެރެއިން އެއް ހާލަތުގައެވެ. އެ ގޮތުން އާރްއޭއެސް ޖީންގެ އަސްލަށް ބަދަލު އައުމުން، މިޖީންއަކީ ދާއިމީ ގޮތެއްގައި ހަރަކާތްތެރިވާ ޖީނަކަށް ބަދަލުވެ، ސެލްތައް ހެދިބޮޑުވެ ހަށިގަނޑުގެ ތެރޭގައި ގުނަވަމުން ދިޔުމުގެ އިރުޝާދުތައް، އާރްއޭއެސް ޖީނުން، ކެންސަރު ސެލްތަކަށް ދާއިމީ ގޮތެއްގައި ފޮނުވަން ފަށަ އެވެ.

ސެލްގެ އެތެރޭގައި އާރްއޭއެސް ޖީން އެކުލެވެނީ ސެލްގެ މެމްބްރޭންގައެވެ. އެހެންކަމުން، ދުޅަހެޔޮ ހާލަތުގައި ހުންނަ ސެލްތަކަށް ގެއްލުން ނުވާ ގޮތަށް، އެ ސެލްގެ މެމްބްރޭންގައި ހުންނަ އާރްއޭއެސް ޖީން ނުވަތަ އެ ޖީން ކޮންޓްރޯލްކުރާ އެންޒީމްގެ މަސައްކަތް ހުއްޓުވުން، މިހާތަނަށް އޮތީ އުނދަގޫ ކަމެއްގެ ގޮތުގައެވެ. އާރްއޭއެސް ޖީން ކޮންޓްރޯލްކުރާ އެންޒީމްތަކުގެ ތެރެއިން އެއް އެންޒީމަކީ ފޮސްފޮއިނޮސްޓީޑް 3-ކިނޭސް (PI3K) އެވެ.

ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ވަކި ހަމައެއްގައި ހިފަހެއްޓުމަށް އިންސުލީންގެ އެހީގައި މަސައްކަތް ކޮށްދެނީ ވެސް މި (PI3K) އެންޒީމެވެ. އެހެންކަމުން، މި އެންޒީމްގެ ހަރަކާތް މުޅިން ހުއްޓުވައި އޭތި ވާކޮށްލައިފިއްޔާ، ލޭގައި ހަކުރު އެކުލެވޭ މިންވަރު މާ ބޮޑަށް މަތިވެގެން ހިނގައިދާނެ އެވެ.

ސައިންސް ޖާނަލްގައި މި މަހުގެ 9 ވަނަ ދުވަހު ޝާއިއުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެތޯ އަޖުމަބެލުމުގެ ގޮތުން، ދިރާސާކުރި ޓީމުން އަލަށް އުފެއްދި ބޭހަކީ، އާރްއޭއެސް ޖީން އާއި (PI3K) އެންޒީމްގެ ހަރަކާތްތައް ހުއްޓުމަކަށް ގެނުވާނެ އެއްޗެއްކަން ލެބޯޓްރީ ތަހުލީލުތަކުން ވަނީ ކަށަވަރުވެފައެވެ. މިބޭސް ބޭނުންކުރުމުން، ކެންސަރު ސެލް ހަރަކާތްތެރި ކުރުވުމަށް އާރްއޭއެސް ޖީން އާއި (PI3K) އެންޒީމް ކުރާ މަސައްކަތް ހުއްޓުމަކަށް އައި ނަމަވެސް، (PI3K) އެންޒީމް އަދާކުރާ އެހެން މަސްއޫލިއްޔަތުތައް ބަރާބަރަށް އަދާކުރެއެވެ.

މިކަން ސައެންސްވެރިންނަށް ކަށަވަރުވީ، ލެބޯޓްރީގައި މީދަލަށް މި ބޭސް ދީގެން ހެދި ޓެސްޓުތަކުންނެވެ. މީދަލުގެ ހަށިގަނޑުގައި، އާރްއޭއެސް މިއުޓޭޓްވެފައިވާ، ފުއްޕާމޭގެ ޓިއުމަރެއް ހުއްޓެވެ. މި ބޭސް ދިނުމުން ޓިއުމަރު އިތުރަށް ހެދިބޮޑުވުން ހުއްޓުނެވެ. ނަމަވެސް މީދަލުގެ ލޭގައި ހަކުރު އެކުލެވޭ މިންވަރު އެއްވެސް ވަރަކަށް މައްޗަކަށް ނުދެއެވެ.

މި ކާމިޔާބާއެކު ސައެންސްވެރިން މިހާރު ތައްޔާރުވަމުން އަންނަނީ، އިންސާނުންގެ ހަށިގަނޑުގައި މި ބޭސް އަޖުމަ ބެލުމަށެވެ. އެކަމަށް ހިތުން ރުހުމުން އެއްބަސްވާ މީހުންގެ ހަށިގަނޑުގައި މި ބޭސް ބޭނުންކޮށްގެން ކާމިޔާބުވެއްޖެ ނަމަ، އެއީ ކެންސަރު ބަލީގައި އުޅޭ އެތައް ހާސް ބަޔަކަށް ލިބޭނެ ވަރަށް އުފާވެރި ހަބަރަކަށް ވާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox